ނާއިކު ދިޔަފަހުން ތަމަންއަށް އެކަނިވެރިކަން މާބޮޑަށް އިހުސާސް ކުރެވެން ފެށުނެވެ. ގިނަވަގުތު އަރުކަންއާއި އެކު ހޭދަ ކުރާއިރުވެސް ކުރިން ދެމީހުން ދިމާވުމުން ހުންނަ މަޖާކަން މިހާރު ނުހުންނަ ކަން އަރުކަންއަށްވެސް ފާހަގަވިއެވެ.
މަސަތްކަތުގައި ކިތަންމެ ބުރަކޮއް އުޅުނު ކަމުގައި ވިޔަސް ނާއިކުގެ ފަރާތުން ތަމަންއަށް ބަރާބަރައް ވަގުތުދެއެވެ.
ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން ދިޔައެވެ.
**
ހެދުނު ސައި ބުއި ގޮތައް ނާއިކު މާވަރަކަށް ގުޅަން ފެށުމުން މާކިން ތާރާގާތު އެބަ އަންނަންކަމަށް ބުނެ ބޭރައް ނިކުތެވެ.
ސައިކަލް ނާއިކު އުޅޭ ހޮޓެލް ކައިރީ ޕާކް ކޮއްލުމައްފަހު މާކިން އެތެރެއަށް ވަނެވެ. އޭރު މާކިންގެ އިންތިޒާރުގައި ނާއިކު ހޮޓެލް ތިރީބައިގައި ހުރި ރެސްޓޯރެންޓް މޭޒެއްގެ ދޮށުގައި ފޯނު އަތަށް ލައިގެން ވަރަށް ހިނިއައިސް އިނެވެ.
ކިހިނެއްވީ...، !! މާ ބޮޑުވާހަކައެއް ދައްކަންށޭ ބުނީމަ މިއައީ އިނގޭ...، މިއަދު މެންދުރު ފަހު ހަނީ މޫނައް ނައްޓާލަން ވެގެން މިއުޅެނީ..، އެހެންވެ ވަރަށް ބިޒީ ކޮށް މިއުޅޭނީ..، މާކިން ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ބުނެލިއެވެ.
މިފަހަރު ހާދަ ދުވަހެއްގަ އެކޮޅުގަ އުޅެފަ ތިއައީ..، އަހަރެން ވަރަށް ގުޅިން..، މާކިން އަނެއްކާވެސް ބުނެލިއެވެ.
ތިވާހަކަ ދައްކަންށޭ މިވަރުން މިގެނައީވެސް..،
އަހަރެންނައް ކަމުދާ މަންޖެއެއް ފެނިއްޖެ..، މާކް ބުނިހެން ހުރިހާ ކަމެއް ފުރިހަމަ ހަމަ...، އަހަރެންނަށް އޭނަގެ އެއްވެސް އުނިކަމެއް ނުފެނުނު..، ހާދަ ރީއްޗޭ..، ރީތިކަމާ އެއްވަރަށް އަހުލާގްވެސް ...، ނާއިކު ތަމަން މަތިން ހަދާން ކޮއްލަމުންބުނެލިއެވެ.
ހުވާ...، ދައްކާލަބަ ތިމަންޖެ ބަލާލަން ފޮޓޯއެއް ނެއްތަ ؟ މާކިން ވަރައް ސީރިއަސް ވެލާފައި ބުނެލިއެވެ.
އުނހު އުނހު...، އަހަރެންވެސް އަހަރެންގެ މަންޖެ މާކްއަކަށް ނުދައްކާނަން..، މެރީ ކޮއްގެން ވަން އިޔާ ވީއިރު އަހަރެންގެ ބެސްޓްފްރެންޑްގެ އަންހެނުން އަހަރެންނައް ނުދައްކާ..،އެހެން ވީމަ އަހަރެންވެސް އަހަރެންގެ ގާލްއެއް ނުދައްކާނަން..، ނާއިކު ހިނި ގަނޑެއް ޖަހާލަމުން ބުނެލިއެވެ.
އޯކޭ އޯކޭ..، އެހެން ވިއްޔާ އެމަންޖެ ގެ ނަން ބުނެލަދީބަލަ..، އަހަރެންގެ ވައިފްގެ ނަން ބުނީމެއްނު..، މާކިންވެސް ހުނުމުގައި ބައިވެރިވެލަމުން ބުނެލިއެވެ.
އަހަރެން ކިޔަނީ ޕަރީ..، ނާއިކު އިތުރައް މަޖާވެލަމުން ބުނެލިއެވެ.
ހެހެހެ...،އަސްލު ކިޔަނީ އާޝާ..، އަހަރެން ލޯބިން ކިޔަނީ ޕަރީ..، އެމަންޖެ ހަމަ ޕަރީއެއްހާ ރީތި..، ހެހެހެ..، ނާއިކު އެހެން ބުނެ ހީލިއެވެ.
ހޫމް ރީތި ނަމެއް ..، ކޮންމެސް ދުވަހަކުން ބައްދަލް ކޮއްދޭނެކަމަށް މިބަލަނީ..، މާކިން ބުނެލިއެވެ.
ރާއްޖެ ކުއްޖެއްތަ އަނެއްކަ..، މާކިން ނަމައް ވިސްނާލަމުން ބުނެލިއެވެ.
އާން ރާއްޖެ ކުއްޖެއް ދޮންތަ މެންގޭ ކިޔަވަން ހުންނަނީ..، ކޮންމެވެސް ރަށެއްގެ ކުއްޖެއް..، އަހަރެންނައް އޭނަގެ އެއްވެސް އެއްޗެއް އަދި އެހާ ބޮޑަކައް ނޭނގެ..، ދެން އަނެއްހެން ބުނަންޏާ އަސްލު އަހަރެން އެހާ ބަލާކަށްވެސް ބޭނުމެއްނޫން..،އަހަރެންނައް އެނގެނީ އޭނަގެ މަންމައެއް ބައްޕައެއް ނެތްކަން ..، އެހެންވީމަ އޭނަގެ ރަށާ އޭނަގެ އާއިލާއާ ބެލުމުގެ އެހާބޮޑު ބޭނުމެއްވެސް ނެއްތާ ދޯ...، އަހަރެންނާ މެރީ ކުރީމަ އަހަރެންގެ މީހަކަށްވީތާ..، އަނެއްކަ ފެމެލީގަ އެއްވެސް މީހެއްނެތީމަ އަހަރެމެންގެ ލައިފަށް އެއްވެސްމީހެއްގެ އުދަގުލެއް ނުފޯރާނެންނު... ..، އޭނަގެ ކިޔެވުމުގެ ހުރިހާ ކަމެއްވެސް ކޮއްދެނީ ދޮންތަމެން ..، ހަމައެކަކުވެސް އޭނަގެ ނެތް...، ނާއިކު ބުނެލިއެވެ
އެހެންތަ؟ ތިކަހަލަ ކުދިން މާ ރަގަޅުވާނެ..، މާކިން ބުނެލިއެވެ.
ހޫމް ދެން ބުނެބަލަ ގޮސް ކޮންއިރަކުން އަންނާނީ..، އެވަރުން މިއަދު މިގެނައީވެސް މިވާހަކަ ދައްކަން ..، އަހަރެންވެސް ވަރަށް އަވަހަށް ރަސްދުއަށް ފުރަން މިއުޅެނީ..، މި ދެތިން އަހަރު ވަރަށް ބިޒީ ކޮށް ދެންދާނީ...،ރަސްދޫގަ އަޅާ ހޮޓެލް ހަމަ ނިމޭއިރައް މާފުށީގަ ހޮޓެލެއް އަޅަން ބައްޕަ ކިޔަނީ..، އެހެންވެ ދެން އުޅެންޖެހޭނީ އެކަންތައް ނިމެންދެން މިހެން..،
ނާއިކު ބުނެލިއެވެ.
ދެން އެކޮޅަށް ޖައްސާ ނުލަނީތަ ތި މަސަތްކަތްތައް ނިމެންދެން..، މާކިން ނާއިކުއަށް ބަލައިލަމުން ބުނެލިއެވެ.
ކިތަންމެ ބިޒީވިޔަސް އެއްދުވަހައް ވިޔަސް އަހަރެންނަށް އޭނަ ކައިރިއަށް ނުގޮސް ދެން ނުހުރެވޭނެ..، ނާއިކު އެހެން ބުނެލުމުން މާކިން ދިމާކޮއްލާ ކަހަލަ ގޮތަކައް ހޭން ފެށިއެވެ.
މޭޒްމަތީ ބާއްވާފައިވާ މާކިންގެ ފޯން ރިނގްވާން ފެށިއަޑައް ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކައް ފޯނަށް ބަލާލިއެވެ.
ގުޅަނީ ތާރާ ކަން އެނގުމުން މާކިން އަވަސް އަވަހައް ފޯންނަގާ ކަންފަތުގައި ޖައްސާލިއެވެ.
ލަސްވީދޯ..، މި ނިކް މާބޮޑު ވާހަކައެއް ފަށައިގެން ނުދެވިގެން މިއުޅެނީ..، މިހާރު މިދަނީ އިނގޭ..، މާކިން އެހެން ބުނެ ފޯނު ކަނޑާލިއެވެ.
ހޫމް އަވަހަށްދޭ..، ތާރާ ގުޅުމުން ނާއިކު ދިމާކޮއްލާ ގޮތައް ބުނެލިއެވެ.
އާން މިހާރު އެގާރަ ޖަހަނީނު ދޭއް ޖަހާއިރު އެއާޕޯޓަށް ދާންޖެހޭ ..، ހިނގާ ދަމާދޯ..، މާކިން އެހެން ބުނެ ގޮނޑިން ތެދުވުމުން ނާއިކުވެސް ފަހަތުން ތެދުވިއެވެ.
ކިހާ ދުވަހެއް އެކޮޅުގަ ވާނެ؟ ނާއިކު މާކިންއާއި އެކު އެތަނުން ނިކުންނަމުން ބުނެލިއެވެ.
ޓޫ ވީކްސް ވަރު ވާނީ.،..، މާކިން ބުނެލިއެވެ.
އައިސް އަހަރެންނަށް ހަބަރެއްވައްޗޭ..، ނާއިކު އެހެންބުނެލުމުން މާކިން ބޯޖަހާލަމުން ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ.
**
ހުލުލޭ އެއާޕޯޓަށް އާދެވުމާއެކު މުނާއާއި ރަނާ ފޭބުމުން ފަހަތުން ތާރާވެސް ފައިބަމުން ހޭންޑްބޭގު ކޮނޑުގައި އަޅުވާލިއެވެ.
ޑްރައިވަރު ސީޓްއާ ޖެހިގެން އިން ސީޓްގައި އިން މާކިންވެސް ފައިބާ ޑްރައިވަރާއެކު ފޮށި ޑިކީއިން ނެގިއެވެ.
އޭރު މާވިންއާއި އެކު މާކިންގެ ބައްޕަވެސް ސައިކަލްގައި އައިސް މަޑުކޮއްލީއެވެ.
އެންމެން އެކުގައި ހިނގައި ގަތް އިރު ތާރާ މާކިންއަތުގައި ހިފާލިއެވެ. އެތެރެއަށް ވަދެގެން ދިޔައިރު އެކި ދިމަ ދިމާލައް ތާރާ ނަޒަރު ހިންގަމުން ދިޔައެވެ.
ދުވަހަކުވެސް ނާންނަ ތަނަކަށް ވުމުން އެތަނަށް ވަދުންއިރުވެސް ތާރާގެ ހިތް ބިރުގަންނަ ކަހަލަ ގޮތެއްވެއެވެ.
މާކިންއާއި އެކު ޗެކިންއަށް ވަންނަން ދިޔައިރު އެތާ ބޮޑު ކިއު އެއް އޮތުމުން އެ ކިއުގައި މަޑުކޮއްލި އިރު މުނާ ތާރާ ގާތު މަޑުކޮއްލިއެވެ.
އަދިވެސް ބިރުންތަ ތިހިރީ؟ ހެދުނު ތާރާ އެހެން ބުނުމުން މުނާ ބުނެލިއެވެ.
ހިތް ބިރުގަނެފައި ހުއްޓަސް ތާރާ އެކަން ފޮރުވަން ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލިއެވެ.
ދަރިފުޅުމެން ބަލައިގެން އުޅޭތި އިނގޭ ؟ ކިއުގައި ތިބި އެންމެން ވަދެ މާކިންމެންނާ ޖެހުމުން މުނާ ބުނެލިއެވެ.
ތާރާއާއި މާކިން މަންމަ މެންނާ ސަލާމް ކުރުމައްފަހު އެތެރެއަށް ވަނެވެ.
ކީއްވެ މަންމަމެން ނައީ؟ އެތެރެއަށް ވަދެގެން ދިޔައިރު އޭގެން އެއްވެސް މިހެއް ނުވަނުމުން ތާރާ ބުނެލިއެވެ.
މިތަނައް ވަދެވޭނީ ހަމައެކަނި ފުރާ މީހުންނަށް ..، އިތުރު މީހަކަށް ނުވަދެވޭނެ،..، އެހެންވެ..، މާކިން ބުނެލިއެވެ.
ޗެކިންނިމި ބޯޑިންއަށް ގޮވާލަންދެން މާކިން އެއާޕޯޓްގެ އެކި ތަންތަން ތާރާއަށް ދައްކަން ފެށިއެވެ.
އާދެބަ ..، ހިނގަމުންގޮސް ކުއްލިއަކައް މާކިން ހުއްޓިލަމުން ބުނެލިއެވެ.
ރީތިތަ މީތި؟ ފޮއްޓެއްގެ މަތީ ބައިންދާލާފައި އިން ހުދު އެސްތަކަކުން ޖަރީކޮއްފައި އިން އަނގޮޓި އަތަށް ނަގަމުން މާކިން ބުނެލިއެވެ.
މީތި ވަރަށް ގުޅޭނެ ބޭބީއާ..، މާކިން އެހެން ބުނެ ތާރާގެ އިނގިލީގައި އަޅުވާލިއެވެ.
އިނގިއްޔަށް ހެޔޮވަރަށް އިން އަނގޮޓި ތާރާއަށް ވެސް ވަރަށް ކަމުދިޔައެވެ.
އެކަމަކު އޭގެ ކުރިން ތާރާ އޭގެ އަގުއަހާލިއެވެ.
މާކިންއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮއް އެތާ ހުއްޓިލައިގެން ހުރި އަންހެން ކުއްޖާ އަގު ބުނެލިއެވެ.
ތްރީ ހަންޑްރެޑް ޑޮލާސް.، އެކުއްޖާ އެހެން ބުނެލުމާއެކު ތާރާ އެއީ ކިހާވަރެއްތޯ ސުވާލު ކޮއްލިއެވެ.
ފޯ ތައުސެންޑް ފައިވް ހަންޑްރެޑް" އެއަންހެން ކުއްޖާ ހިނިތުން ވެލަމުން ބުނެލިއެވެ.
އެކުއްޖާ އެހެން ބުނެލުމާއެކު ތާރާ މާކިންއަށް ބަލާލީ އެހާ އަގުބޮޑު އެއްޗެއް ބޭނުމެއް ނޫނޭ ބުނާކަހަލަ ގޮތަކަށެވެ.
އަހަރެންނަށް ވަރަށް ރީތި..، މާކިން އެހެން ބުނެލުމުން އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ތާރާ ހުރީ މާކިން އެއަށް ރުފިޔާ ދައްކާނިމެންދެންނެވެ.
ކީއްވެ އެހާ އަގުބޮޑު އެއްޗެއް ތިގަތީ ..، ތާރާ ތަންކޮޅެއް ދުރައް ދެވުމާއެކު ބުނެލިއެވެ.
އެހާ އަގުބޮޑެއް ނޫނެންނު..، އަހަރެންގެ ވައިފްއަށް ގަނެދޭ އެއްވެސް އެއްޗެއް އަހަރެންނަށް އަގުބޮޑެއް ނުވާނެ..، މާކިން އެހެން ބުނެލުމުން ތާރާއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. މާކިން އެހެން ބުނުމުން ހިތަށް ބުނެދޭންނޭގޭކަހަލަ ހިތްހަމަ ޖެހުމެއް ލިބުނެވެ.
ހާދަ ލަހޭ ...، ގޮނޑީގައި އިށީންދެ އިންނަތާ ބައި ގަޑިއިރައް ވުރެ ގިނައިރުވުމުން ތާރާ ބުނެލިއެވެ.
ދެން އެހާ އިރެއް ނުވާނެ.. މާކިން ތާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ބޯޑިންއަށް ގޮވާލުމާއެކު މާކިން ތާރާ އަތުގައި ހިފައިގެން ކުރިޔައް ހިނގައިގަތެވެ،
ބޯޓް ފެނުމާއެކު ތާރާ މެޔައް ފިނިވާ ގޮތްވިއެވެ. ތާރާއަށް ވެފަ ހުރިގޮތް ފެނުމުން މާކިން ތާރާގެ އަތުގައި ހިފާލިއެވެ.
ކިހިނެއްވެފަ؟ މާކިންއަށް ހުރިހާއެއްޗެއް އެނގި ހުރެ އަހާލިއެވެ.
ނުކެރޭނެ އަރާކަށް..، ވަރަށް ބިރުގަނޭ..، ތާރާ ބުނެލިއެވެ.
އަހަރެން ހުއްޓަވެސް ބިރުގަނޭތަ؟ އަހަރެން އަބަދުވެސް ބޭބީއާ އެންމެ ގާތުގައި ހުންނާނަން..، މާކިން އެހެން ބުނެލުމުން ތާރާ ހިނިތުން ވެލިއެވެ.
ސީޓްގައި އިށީނދެލުމާއެކު މާކިން ތާރާއަށް ސޭފްޓީ ބެލްޓްއެޅުމައް އެހީތެރިވެދިނެވެ. ކެބިންކުރޫ އެއް ފްލައިޓް އެހީއަށް އެދޭނެގޮތް ފަސިންޖަރުންނައް ކިޔައިދިން އިރު ތާރާ އިނީ އެއަޑުއަހާށެވެ.
ތާރާއަށް އިނދެވުނީ ކުޑަދޮރާ ކައިރި ސީޓްކަމުން ދޮރުން ބޭރައް ބަލާލިއެވެ.
ކުޑައިރުކޮޅަކުން ބޯޓް ނައްޓާލުމާއެކު ތާރާ ބިރުން ދެލޯ މަރާލިއެވެ. މާކިންގެ އަތުގައި ތާރާ ހިފަހައްޓާލާފައިވާލެއް ބާރުކަމުން މާކިންއަށް ތާރާ ބިރުގަނެފަ އިންވަރު އެނގުނެވެ.
**
ދައްތާ ހާދަ ވަރަކައް ކާއެއްޗެހި ހަދާ ދުވަހެއް ؟ ހެދުނު ހޭލެވުމާއެކު ތަމަން ކޮޓަރިން ނިކުމެގެން އައިސް ކާބަޔައް ވަދުން އިރު ފަޒްލާ މޯނާއާއި އެކު މާ އަތްމަތި ހަލުވި ކޮއްލައިގެން އުޅޭތަން ފެނުމުން ތަމަން ބުނެލިއެވެ.
އާން މިއުޅެނީ ދައްތަގެ ދަރިއެއްކަހަލަ ކުއްޖެއް އަންނާތީ..، ފަޒްލާ އެހެން ބުނެލުމުން ތަމަން ހިތް އަވަސްވީ ނާއިކު އަންނަނީ ކަމަށް ހީކޮށެވެ.
ހާދަ އަވަހަކަށް؟ ކުރީ ދުވަހު އެއްނު ދިޔައީ..، ތަމަން އެހެން ބުނެ ފަޒްލާގެ ޖަވާބަކައް އިންތިޒާރު ކުރި ނޭވާ ހިފަހައްޓައިލައިގެން ހުރެއެވެ.
އާން އޭނަ ހިތަށް އެރުން އޮންނާނީ؟ ފަޒްލާއަށް ތަމަން އެދައްކަނީ ނާއިކު ވާހަކަކަން އެނގުމުން އެހެން ބުނެލީ ވާހަކަ އޮޅުވާ ލުމަށެވެ.
ކޮންއެއްޗެއް ލައިގެން ތިހުރީ؟ ދޭ ބަލަ ރީތިވެލައިގެން އަންނަން ..، ފަޒްލާ އެހެން ބުނެލުމުން ތަމަން ލައިފައިވާ ކަކުލާ ހިސާބައް އަންނަ ސޯޓަށާއި ކަޅު ޓީޝާޓައް ބަލާލިއެވެ.
އެހެންޏާ ނާއިކު އުޅެއިރު އޭނަ އެގޮތައް ހުއްޓަސް ދުވަހަކުވެސް އެހެން ނުބުނެއެވެ. ތަމަން އިރުކޮޅަކު ވިސްނަން ހުރެފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އަލަމާރިން ނެގި ރަތްކުލައިގެ ޓޮޕާއި އައިސް ބުލޫ ޖިންސެއް ލުމައްފަހު އިސްތަށިގަނޑު މައްޗައް ފުނާ އަޅާލުމައްފަހު ވޫލްކޮޅެއް ޖަހާލިއެވެ.
ލޯގަނޑުން މޫނު ބަލާލުމައްފަހު ތުންފަތުގައި ލިޕް ގުލޯޒްކޮޅެއް ހާކާލުމައްފަހު ތިރިއަށް ފޭބިއެވެ.
ދުރު ދަތުރަކައްފަހު ރަންވޭގައި ބޯޓް ޖެއްސުމާއެކު ތާރާއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ.
އޭރު އެމީހުންގެ އިންތިޒާރުގައި ބޭރުގައި އަރުކަން ކާރު ޕާކްކޮއްލައިގެން އޮތެވެ.
މާކިންގެ އަތުގައި ހިފާލައިގެން ނިކުމެގެންއަންނަ ތާރާ ފެނުމާއެކު އަރުކަންއަށް ތާރާއެނގުނެވެ.
އެއީ ތާރާގެ ސިފަޔާ ތަމަންއާ ވަރަށްބޮޑަށްވެސް ވައްތަރު ވުމުންނެވެ.
އަރުކަންއަކީ ކާކު ކަން ތާރާއަށް ނާންގާ މާކިންއާ އަރުކަން ވާހަކަ ދެއްކިއެވެ. ހިނގާ ދަމާ..، އަރުކަން އެހެން ބުނުމާއެކު ތާރާ މާކިންއަށް ބަލާލިއެވެ. އަދި ކަންފަތް ދޮށުގައި ސިއްރެއް ބުނެލާގޮތައް އެއީ ދިވެއްސެއްތޯ އަހާޅިއެވެ.
ހޫމް އަހަރެންގެ ފުރެންޑެއް..، ތާރާ އެހެން ބުނެލި އަޑު އިވުމާއިކު އަރުކަން ކައިރިއަށް ލާނެއް ހިންޏެއް އައެވެ.
ތާރާއަށް އޭނައަކީ ކާކުކަން އެނގުމުން އުޅޭނެ ގޮތް އެގުމުން ވަކިން ހިނިއައެވެ. ކާރަށް އަރާ ހަމަޖެހިލުމާއެކު އަރުކަން ކާރު ދުއްވާލިއެވެ.
ތިންގަޑިއިރުގެ ދަތުރަކައްފަހު މާކިންއާއި ތާރާއަށް އެމީހުންގެ މަންޒިލާ ހަމައަށް އާދެވިއްޖެއެވެ.
އަރުކަން ފޮށި ޑިކީއިން ނެގުމުން މާކިން ފޮށީގައި ހިފާ އެތެރެއަށް ހިނގައި ގަތް އިރު ތާރާވެސް ގޭތެރޭގެ ރީތިކަމައް ބަލަމުން މާކިންއާއި އެކު އެތެރެއަށް ވަނުމައް ހިނގައިގަތެވެ.
ތަނުގެ ރިތިކަން ފެނުމުން ތާރާއަށް އަނގަ ލައްޕާލަންވެސް ހަދާންނެތެވެ.
ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑު އިވުމުން ސޯފާގައި އިނދެފައި ތަމަން ތެދުވެ އެދިމާލައް ހިނގައިގަތެވެ. ނާއިކު ދެކިލާ ހިތުން ކެތްމަދުވެފަ ހުރުމުން ތަމަންއަށް އެހިސާބަށް ދެވުނީވެސް ތަންކޮޅެއް ބާރަށެވެ.ދޮރުން ނިކުންނަން އައި ތަމަންއަށް ދޮރުން ވަންނަން އައި ތާރާ ފެނުމުން
.ވީގޮތްވެސް ނޭގުނެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް