ދެތިން ފަހަރަކު ތާރާ ނިޔާޒަށް ގޮވާލުމުން ހަބަރެއް ނުވުމުން ގައިގާ ހިފާ ތަޅުވާލަމުން ތާރާ އަޑުގެ ކޮޅަށް ބައްޕައަށް ގޮވަންފެށީ ކޮންމެސް ކަމެއް ވެއްޖޭ ހިތް ބުނަން ފެށުމުންއެވެ.
އޭރު މުޅި މީހާ ބިރުން ތުރު ތުރު އަޅަނީއެވެ. ތާރާގެ ރުއިމުގެ އަޑަށް މޭޒްދޮށުގައި އިން މާކިންވެސް ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އައިސް ވަނެވެ..
ކިހިނެއްވީ؟.، ދުވެފައި އައި މާކިން އަށް ނިޔާޒް ގައިގައި ހިފާ ރޮމުން ދިޔަ ތާރާ ފެނުމާއެކު ވަރަށް ހާސްވެފަ ކަހަލަ ގޮތަކައް ބުނެލިއެވެ.
ބަލާބަލަ ..،، އަހަރެންގެ ބައްޕަ އަށް ކޮންމެސް ގޮތެއްވެއްޖެ ..، އެހެން ނޫން ނަމަ އަހަރެން މިވަރަށް ގޮވާއިރު ބައްޕަ އަހަރެންނާ އަނގައިން ނުބުނެ ނޯންނާނެ...، ތާރާ ގިސްލަމުން ވާހަކަ ދެއްކި އިރު ރަގަޅަށް އަޑުވެސް ބޭރު ނުވެއެވެ.
މާކިންއަތް އަށް ވެސް ކަންތައް ތައް ރަގަޅު ނޫން ކަން އެނގުމުން ވީ އެންމެ އަވަހަކަށް އެންބިއުލެންސް ގެނެސްގެން ވީ އެންމެ އަވަހަކަށް ނިޔާޒް ހޮސްޕިޓަލް އަށް ގެން ދެވުނެވެ.
އަވަސް ފަރުދޭބަޔައް ނިޔާޒް ވެއްދި އިރުވެސް ތާރާގެ ލޮލުން ކަރުނަ ނުހިކެއެވެ.
ޑޮކްޓަރު އެ ރޫމުން ނިކުތުމާއެކު ތާރާ ދުއްވައިގަތެވެ.
ފަހަތުން މާކިން ވެސް ގޮސް ތާރާގެ ކުރިން ޑޮކްޓަރު ގާތު މަޑުކޮއްލިއެވެ.
ޕޭޝަންޓް މިކޮޅައް ގެނެވުނު އިރުވެސް ފުރާނަ ނެތް ..، ބޮޑަށް ބެލެވެނީ ހާޓް އެޓޭކެއް ޖެހުނީ ކަމަށް...،
ޑޮކްޓަރުގެ ޖުމްލަ އަޑު އިވުމާއެކު ތާރާގެ އަނގައިން ނިކުތް އާހުގެ އަޑާއެކު މާކިން ތާރާގެ ގައިގާ ހިފެހެއްޓިއެވެ.
މިވަގުތު ތާރާގެ ހިތަށް ކުރާނެ އަސަރު މާކިން އަށް އިހުސާސް ކުރެވެއެވެ.
ތާރާގެ މޭގައި ދެއަތް އަޅާ ހުރިތަނަށް ތިރިވީ އެހަށިގަނޑުގައި ކޮޅަށް ހުންނާނެހާ ވަރު ނެތުމުންނެވެ.
މާކިން އައިސް ތާރާގެ ހަށިގަނޑުގައި ހިފާ ކޮޅަށް ނަގަމުން ގައިގައި ބައްދާލީ އެހިތާމައަށް ލުޔެއްދެވޭތޯއެވެ.
ހިތަށް ލިބިގެން ދިޔަ ވޭން ތަހަމަލް ކުރަން ދަތިވެ ތާރާގެ އަނގައި މަޑު އާހްއެއްގެ އަޑު ނިކުމެގެން ދިޔައެވެ.
ހިތަށް ލިބުނު ވޭނަށް ކެތްކުރާނެ ހާ ހިތް ވަރު ހަށިގަނޑުގައި ނެތުމުން ތާރާ އަރިއަޅާލައިގެން ގޮސް މާކިންގެ އަތްމައްޗަށް ވެއްޓުނެވެ.
ތާރާގެ ހާލަށް ހަމްދަރުދީވެ މާކިންގެ ހިތްވެސް ފަޅައިގެންދާކަހަލައެވެ.
ދުވަހަކުވެސް އެދެލޮލުން ކަރުނަ ތިއްކެއް ވެއްޓޭތަން ދެކެން ބޭނުންނުވާ އޭނަ އެންމެ ލޯބިވާ މީހާއަށްޓަކާ ހިތް ހަމްދަރުދީއިން ފުރިއްޖެއެވެ.
މާކިން އަތްމައްޗަށް ތާރާ އުފުލައިލައިގެން ގޮސް އެންމެ ކައިރީގައި ހުރި އެދުގައި ބޭއްވިއެވެ.
ކަށުކަމާކެމީގެ ކަންތައް ކުރިޔައް ދިޔައިރު މާކިން ވިސްނަމުން ދިޔައީ އެހަބަރު ތަމަންއަށް ދޭނެ ގޮތަކާ ދޭތެރޭގައެވެ.
ހޭވެރިކަން ވުމާއެކު ތާރާއަށް އޮވެވުނު ތަނާ މެދު ވިސްނާލެވުނެވެ. ވަގުތުން މަންޒަރުތައް ލޯ ކުރިމަތީ ސިފަވާން ނެގި މަދު ވަގުތު ކޮޅެކެވެ.
ބައްޕާ!! ތާރާ ބައްޕަ އަށް ގޮވަމުން އެނދުން ތެދުވެގެން ދުއްވައިގަތީ އަތަށް ގުޅާފައިވާ އައިވީވެސް އަމިއްލައަށް ނައްޓާލަމުންނެވެ.
އޭރު މާކިން ފޯނެއްގައި ހުރެފައި އަވަސް އަވަހަށް އެތެރެއަށް ދުއްވައިގަތެވެ.
ތާރާ!! ތާރާގެ ދެކޮނޑުގައި ހިފާ މާކިންގަޔާ ކައިރިކޮއްލަމުން ވަރަށް އަސަރާއެކު ބުނެލިއެވެ.
ދެން ނުރޮއިބަލަ..، ޕުލީޒް ..، މާކިން އިތުރަށް ތާރާ ގަޔާ ބޮނޑިކޮށްލަމުން ބުނެލިއެވެ.
އަހަރެން ބައްޕަ ކައިރިއަށް ގެންގޮސްދީ ..، އާދޭސް މިކުރަނީ ..،ގިސްލުމުގެ ތެރޭން ތާރާ ބުނެލިއެވެ.
ހުއްޓާލަބަ ދެން ..، ހިތްވަރު ކުރަންވާނެ މީ ކޮންމެ މިހަކައް ވެސް އަންނާނެ ދުވަހެއް..، މާކިން އިތުރަށް ތާރާ އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.
އަހަރެން ދެން ނުރޯނަން ..، އަހަރެން ބައްޕަ ކާރިއަށް ގެންގޮސްދީ ...، އަނެއްކާވެސް ތާރާ ބުނެލިއެވެ.
މާކިން ތާރާ ގަޔާ ކައިރިކޮއްލައިގެން ހިނގައި ގަތީ ހިނަވާ ގެއާދިމާލަށެވެ.
ބޭބީ ތަމީ އަށް ނާންގާ ހުންނާކަށް ނުވާނެ..، އެނގޭ ދެރަވާނެކަން އެކަމަކު ބުނަންވާނެ..، މާކިން ވަރަށް ވިސްނަން ހުރެ ބުނެލިއެވެ.
އަހަރެން ގަޔަކު ނެއް ތަމީ ކައިރީ މިވާހަކަ ބުނާހާ ހިތްވަރެއް..، ކޮއްކޮއަށް ކޮންމެ ގޮތެއްވެސް ވެދާނެ..، ދެން އޭނަ އަށް ކަމެއް ވެއްޖެއްޔާ އަހަރެންވެސް މިދުނިޔޭގަ ނުހުންނާނެ..، ތާރާ ލޮލުން ފައބަމުން ދިޔަ ކަރުނަ ފޮހެލަމުން ބުނެލިއެވެ.
ހިތްވަރު ކޮއްފައިވެސް ބުނޭ ބޭބީ..، މީ ސިއްރު ކުރެވޭނެ ކަމެއް ނޫން..، ކޮއްކޮއަށް ވިސްނައިދީ..، ނޫނީ އަހަރެން ތަމީއަށް ގުޅަންތަ؟ މާކިން ބުނެލިއެވެ.
ނޫން ..، އަހަރެން ގުޅާނަން ..، ތާރާ އެހެން ބުނުމުން މާކިން ފޯނުގައި ނަންބަރު ޖަހާލުމައްފަހު ރިންގުވާން ފެށުމުން ތާރާއަށް ދިއްލޮއްލިއެވެ،
ބޭބީ ނުރޮއި ވާހަކަ ދެއްކޭތޯ މަސަތްކަތް ކުރާތި..، އެހެންނޫނީ ތަމީ ދެރަވާނެ ..، މާކިން އެހެން ބުނެލުމުން ތާރާ ބޯޖަހާލިއެވެ.
**
އަހަރެން ހާދަ ބަލަމޭ މިތަނަށް ކޮންމެ ރެއަކު ނިކުމޭތޯ...، އެރޭ ފެނުންފަހުން ހީވަނީ އަހަރެންނާ ފިލައިން އުޅޭހެން..، ދެން ނަސިބު މިރޭވެސް ނިކުން ކަން ..،
ނާއިކް ބެލްކަންޏައް ނިކުންއިރު މިރޭ ތަމަން ބޭރު ބަލަން ރެއިލިންގްގައި އަތްއަޅުވާލައިގެން ހުރިތަން ފެނުމުން ނާއިކު އަވަސް އަވަހައް އައިސް ތަމަން ކައިރީ ހުއްޓިލަމުން ބުނެލިއެވެ.
ނާއިކުގެ އަޑު އިވުމުން ތަމަން ފަހަތަށް ބަލައިލަމުން ހިނިތުންވުމެއް ދިނެވެ.
ހީވަނީ ވަރަށް ދެރަވެފަ ހުންނަހެން އަބަދުވެސް..، ކޮންކަމަކާތަ އަބަދު ތި ވިސްނަނީ ނާއިކް ބުނެލިއެވެ.
ނުވިސްނަން..، ތަމަން ބުނެލިއެވެ.
އަހަރެންނާ ވާހަކަ ދައްކާލަން މިތާ ގޮނޑީ އިށީދެލެވިދާނެތަ؟...، ނިދިނައިސްގެން މިއުޅެނީ..، ނާއިކް އެހެން ބުނެލުމުން ތަމަން ޝަކުވާ ކުރުމެއް ނެތި ނާއިކްއާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ.
އަންނާނަން އިނގޭ ޑްރިންކެއް ހިފައިގެން ..، ތަމަންއަށް ބަލައިލަމުން ނާއިކު އެހެން ބުނެ ހިނގައިގަތެވެ.
ކުޑައިރުކޮޅަކުން ކޯކް ދެތަށި ހިފައިގެން އައިސް ތަމަން ކަރީގައި ބަހައްޓާފައި އިށީނެވެ.
ވަރައް ދުވަސް ވެއްޖެތަ މިކޮޅުގަ އުޅޭތާ؟ ނާއިކު ކޯކްތަށިން ކޯކް ކޯވަރެއް ބޯލަމުން އަހާލިއެވެ.
ވަން އިޔާވީ މިހާރު މިކޮޅުގަ އުޅޭތާ؟ ތަމަން ބުނެލިއެވެ.
ހާދަ ދުވަހެއް ވެއްޖޭ ދޯ..، އަހަރެން ވަރަށް ގިނައިން މިކޮޅަށް އައިސް އުޅެން..، މިއަހަރު ހަމަ އަންނަން އުޅެ އުޅެ ނާދެވިގެން މިއުޅުނި ބައްޕަ އާ ހޮޓެލްއެއް ހުޅުމާލޭގަ ހުޅުވަން ވެގެން އެކަމުގަ ވަރަށް ބުރަކޮށް މިއުޅުނީ...،މިހާރު އެތަން ހުޅުވާ ހުރިހާ ކަމެއް ހަމަޔަކަށް އެޅުނީމަ މިއައީ..، ނާއިކް ބުނެލިއެވެ.
ދެން ބޯލަބަލަ އެތިކޮޅެއް ..،،ވާހަކަ ދައްކަމުންވެސް ތި ތަށި ހުސްކުރެވޭނޭ...، ތަމަން ކުރިމަތީ ބެހެއްޓި ތަށިން އެންމެ އެތި ކޮޅެއްވެސް ނުބޮއި އިނުމުން ނާއިކު ބުނެލިއެވެ.
އަސްލު ވަރަށް މަޑުން އިންނަ ކުއްޖެއްހެން ހީވަނީ...، ނާއިކު ހުރިހާ ވާހަކައެއް ދެއްކި އިރުވެސް އަނގައިން ނުބުނެ އިންތަން ފެނުމުން ނާއިކު ބުނެލިއެވެ.
ރާއްޖޭގަ ވެސް ތިހާ މަޑުމައި ތިރި ތިހާ ރީތި އަންހެން ކުދިން އުޅޭ ކަން އަދި އަހަރެންނައް މިއެނގުނީ..،
ނާއިކް އެހެން ބުނެލުމުން ތަމަން ހީލަމުން އިސްޖަހާލިއެވެ.
އަހަރެންވެސް އެހާ މަޑުން އިންނަ މީހެއްނޫން މީ..، އަހަރެން ވަރައް ފިރިހެން ކުދިންނާ ވާހަކަ ނުދައްކަން.. އަރުކަން އެކަނި އަހަރެން އެގޮތައްވެސް ވާހަކަ ދައްކާ ކުއްޖަކައް އުޅޭނީ ..، ތަމަން ބުނެލިއެވެ.
އެހެންތަ ...، ތީގެ މާނަ އަކީ ޕަރީ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނެއްނޫނޭތަ؟ ނާއިކް ހިތް އަވަސްވެ ބުނެލިއެވެ.
ހޫމް...، އަހަރެން އަދި ދުވަހަކުވެސް ކުއްޖަކާ ރައްޓެހި ނުވަން..، އެކަހަލަ ގޮތަކައްވެސް ފިރިހެން ކުއްޖަކާ އަނގައިންވެސް ނުބުނަން...، ތަމަން އެހެން ބުނެލުމުން ނާއިކު އިނީ އެވާހަކަ ގަބޫލްކުރަންވެސް ދަތިވެފައެވެ.
ހަމަ އަސްލުވެސްތަ ..، އެކަމަކު ހާދަ ހީނުވޭ ..، ތިހާ ރީތި ކުއްޖެއް މިހާ ދުވަހު ކުއްޖަކާ ރައްޓެހި ނުވެ ހުންނާނެހެން..،ނާއިކު ބުނެލިއެވެ.
އަހަރެންނައް ތިކަހަލަ އެއްވެސް ކަމަކާ ވިސްނާނެ ވަގުތެއްނުވޭ.. އެއަށް ވުރެ އަހަރެން ވިސްނަން ޖެހޭ ކަންތައް ތައް ގިނަ..، އިތުރު ކަމަކާ ވިސްނާނެހާ ވަރެއް ސިކުނޑިއަކު ނެއް..، ތަމަން އެހެން ބުނެލުމުން ނާއިކު ތަމަން އަށް ބަލައިލީ ސުވާލުގެ ނަޒަރުންނެވެ.
އެންމެން އެހާ ނަސީބު ގަދައެއް ނުވާނެ..،ތަމަން ބުނެލިއެވެ.
ތިއޮއް ކުޑަ ކުޑަ އަނގައިން ހާދަ ބޮޑެތި ވާހަކަ ތަކެކޭ ތިދައްކަނީ... ހުރިހާ ކަމެއް ރަގަޅުތަ؟
ހީކޮއްލާ އަހަރެންނަކީ ޕަރީގެ ވަރައްގާތް މީހެކޭ..، ކޮންމެސް ވަރަކަށް ކަންތައްތައް ޝެއާރކޮއްލީމަ ހިތައް ތަންކޮޅެއް ފަސޭހަ ވާނެ ..،
ތަމަންއަށް ބަލަން އިނދެ ނާއިކު ބުނެލިއެވެ.
ހެލޯ.....، ނާއިކު އެހެން ބުނުމުންވެސް ތަމަން އިސްޖަހައިގެން އިނުމުން ނާއިކު ގޮވާލިއެވެ.
މަންމައާއި ބައްޕަ ރަގަޅުތަ؟ ޑޮކްޓާރ ކަން ދޯ ތިކިޔަވަނީ؟ ތަމަން އަނގައިން ނުބުނުމުން ނާއިކު ބުނެލިއެވެ.
އަހަރެންގެ މަންމައެއް ނެތް؟ އަހަރެންގެ ހުރިހާވެސް ބަޔަކީ އަހަރެންގެ ބައްޕައާ އަހަރެންގެ ދޮންތަ؟ އަހަރެން މިއަދު މިތަނަށް އައިސްވެސް މިހުރީ ހަމައެކަނި އެދެމީހުންނަށްޓަކާ...، އެދެމީހުންނައް ކަމެއް ވެއްޖާ އަހަރެންނައް ކޮންމެ ކަމެއްވެސް ވެދާނެ....، ތަމަން އެހެން ބުނެލިއިރު އެދެލޮލުން ކަރުނަ އާދެއެވެ.
އެހެންވެތަ ކުރީރޭ ރުއީ..، ނާއިކު ބުނެލިއެވެ.
އަހަރެން މިތާ އެއްއަހަރު މިހޭދަކުރީވެސް ހާދަ ކެއްކޮއްގެންނޭ...، އަހަރެން މިހާރު އެމީހުން ދެކޭ ހިތުން ކެތްވަނީކީ ނޫން...، ތަމަން ބައްޕައާއި ދޮންތަ މަތިން ހަދާންކޮށްލަމުން ބުނެލިއެވެ.
އަހަރެން ބައްޕަ ވަރަށް ބަލިވާނެ..، އަހަރެން މިތަނަށް އައިސް މިހުރީވެސް ބައްޕައަށް ފަރުވާ ކުރަންވެގެން ...، އަހަރެން ކިޔަވައިގެންގޮސް އަހަރެން ބައްޕަ އެއްކޮއް ރަގަޅު ކުރާނަން އިންޝާﷲ..،
ބައްޕަ ބަލިވީމަ މަންމަ އަހަރެމެން ދޫކޮއްލާފަ ދިޔައީ..،
ތަމަން އިތުރަށް ނާއިކުއަށް ބުނެލިއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި އެދެމެދުގައި އޮތް ބީރައްޓެހިކަން ކެޑި ދެމީހުންގެ ދޭތެރޭގައި އެތައް ވާހަކައެއް ދެކެވުނެވެ
ވާހަކާގައި ތިބި ދެމީހުން ސިހުނީ މޭޒްމަތީ ބާއްވާފައި އޮތް ތަމަންގެ ފޯން ރިންގްވާންފެށުމުންނެވެ.
ދޮންތަ...، ތަމަން ވަރައް ހިނިއައިސް އެހެން ބުނެލަމުން ފޯން ނަގާ ކަންފަތުގައި ޖަހާލިއެވެ.
ދޮންތާ ކިހިނެއްވީ؟ ކީއްވެ ތިރޮނީ...،؟ ދޮންތާ ބުނެބަލަ؟ ކަމެއްވީތަ..،؟ އަހަރެން ވަރަށް ބިރުގަނޭ އެބަ..، ފުންމައިގެން ގޮޑިން ތެދުވަމުން ތަމަން ބުނެލިއެވެ. އޭރުވެސް އެކޮޅުން ތާރާގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ.
ތަމަންއަށް ވާނުވާ ނޭގުނަސް ތާރާ އެގޮތަށށް ރޯއަޑު އިވުމުން ތަމަންއަށް ކެތެއް ނުވިއެވެ.
މަންޒަރު ބަލަން އިން ނާއިކު ތެދުވެގެން އައިސް ތަމަން އަތުގައި ހިފާލިއެވެ.
އުޅެ އުޅެ ތާރާއަށް ތަމަން ގާތު އެވާހަކަ ދައްކާނެ ހިތްވަރެއް ނުލިބުނެވެ.
ކުޑައިރުކޮޅަކުން ތާރާގެ އަތުން ފޯނުއަތުލާ މާކިން ވާހަކަ ދައްކަން ފެށިއެވެ . ދޮންތަބޭ!! ކޮންމެސް ކަމެއް ވެއްޖެ ބުނެބަލަ ...، އެހެންނޫންނަމަ ދޮންތަ އެގޮތަކަށް ނުރޯނެ....، ދޮންތަ އަށް ކަމެއް ވީތަ ؟ ބައްޕަ އަށް ކަމެއްވީތަ؟
ތަމަން އުޅޭގޮތް ބަލަން ނާއިކު ހުރި އިރު އޭނަވެސް ހުރި ވާނުވާނޭގިފައެވެ.
ތަމީ!! ތަމަންއަށް ގޮވާލަމުން ހިތްވަރު ކުރުމަށް އެތައް ނަސޭހަތެއް ދިނުމަށްފަހު ވެގެން އުޅޭގޮތް ތަމަންއަށް ކިޔައިދިނެވެ.
މާކިންގެ ވާހަކައިން ތަމަންއަށް އަޑުންއަޑުނަގާ ރޮއިގަނެވުން އިރު ހިތް ފަޅާއިގެން ދާވަރުވިއެވެ.
ހިތަށް ކެތްނުވާވަރުވުމުން ތަމަން ކައިރީ ހުރި ނާއިކުގެ ހަށިގަނޑުގައި ލައްވެލިއެވެ. ނާއިކު އެމަންޒަރު ބަލަން ހުރި އިރު އޭނަވެސް ހުރީ ތަމަން ރޯވަރުން ހިތަށް ތަދުވެފައެވެ.
ވަގުތުން އެ އަންހެން ކުއްޖާ ގެނެސް ގައިގައި ބޮނޑިކޮއްލީ މުޅިއުމުރަށް ހިމާޔަތް ދޭނަމޭ ބުނާކަލަ ގޮތަކަށެވެ..
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް