ގެދޮރުވެރިޔާ ފްލެޓް ލިސްޓް އިޢުލާނު ކޮށްފި – ލިސްޓްގެ ލިންކްތަކާއެކު

ގެދޮރުވެރިޔާ ފްލެޓް ލިސްޓް ރިވިއު ކުރުމަށްފަހު އާ ލިސްޓް ސަރުކާރުން އިޢުލާނު ކޮށްފިއެވެ.

ގެޒެޓް ލިންކް:

https://www.gazette.gov.mv/iulaan/330304

ދެ ކޮޓަރި ފްލެޓް ލިސްޓް ފައިލް

https://storage.googleapis.com/gazette.gov.mv/docs/iulaan/217252.pdf

ތިން ކޮޓަރި ފްލެޓް ލިސްޓް ފައިލް

https://storage.googleapis.com/gazette.gov.mv/docs/iulaan/217254.pdf

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރެއްވި ގޮތުގައި ވެރިފިކޭޝަނަށްފަހު ލިސްޓް މިއަދު ހާމަކުރާއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1423 ފަރާތެކެވެ އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 ފަރާތެކެވެ.

ކުރީގެ ލިސްޓުން 2695 ފަރާތެއްގެ ފޯމު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާއިރު 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާއެކު ފްލެޓް ލިބޭ ލިސްޓުން އުނިވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

1820 ފަރާތަކަށް ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާއިރު ބާކީ ހުރި ފްލެޓްތަކަސް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ އެ ސްކީމަށް ހުޅުވާލުމުން ކުރިމަތިލި 15000 ފޯމު ރިވިއު ކުރުމަށްފަހުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފްލެޓް ލިސްޓް އިޢުލާނުކުރި އިޢުލާނުގައި މިނިސްޓްރީއިން ބުނެފައިވަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މާރިޗް 1 އިން މާރިޗް 31 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލެވިފައިވާކަމަށާއި ފޯމް ހުށަހަޅާފައިވާ ފަރާތެއް ނަމަ އެ ފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ ”ގެދޮރުވެރިންގެ ޕޯޓަލް“ މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ލިސްޓްގައިވާ ފަރާތްތަކާއި ގުޅޭ ޝަކުވާއެއް ވާނަމަ [email protected] އަށް އީމެއިލް އިން ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ޝަކުވާ ހުށަހެޅިދާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ގޮތް ހަމަޖެހިފައިވާކަމުގައިވެސް ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *