އަންކިތު ބަންޔާލް --
އިންޑިއާގެ ހަރިޔާނާ ލަވަކިޔުންތެރިޔާ އަދި ޔޫޓިއުބާ އަންކިތު ބަލްޔާން މަރާލި ކަމަށް ތުހުމަތު ކުރާ ދެމީހުން އުއްތަރްޕްރަދޭޝް ފުލުހުންގެ ހަމަލާތަކުގައި މަރުވެއްޖެ އެވެ.
އަންކިތު މަތާލީ މިމަހުގެ 26 ވަނަ ދުވަހު އިރު އޮއްސުނު ވަގުތު ޖިމުން ނުކުމެގެން ކާރަށް އެރި ވަގުތު ބަޑީގެ ހަމަލާތަކެއްގައި އެވެ. މި މައްސަލައިގަ ފުލުހުން ސީސީ ޓީވީ ފުޓޭޖުތައް ބަލައި ހަމަލާދިން ދެމީހުން ހޯދުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ.
އުއްތަރް ޕްރަދޭޝް ފުލުހުން މީޑީއާގައި ބުނީ އެ ދެމީހުން މަރުވީ މަގުމަތިން އެ މީހުން ހުއްޓުވަން އުޅުމުން ފުލުހުންނަށް ބަޑިން ހަމަލާދޭން ފެށުމުން އަމިއްލަ ދިފާއުގައި ފުލުހުން ބަދަލު ކުރި ބަޑީގެ ހަމަލާތަކުގައި ކަމަށެވެ. މި ހާދިސާގައި އެ ދެމީހުން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އެމީހުން ދިން ހަމަލާތަކުގައި ދެ ފުލުހެއްގެ ގަޔަށް ވަޒަން އެރިކަމަށް ބުނެފައިވެ އެވެ. މި މައްސަލައިގަ ފުލުހުން ތުހުމަތު ކުރީ 22 އަހަރުގެ މޯހިތު ކިޔާ މީހަކަށާއި 24 އަހަރުގެ ސުމިތަށެވެ.
ފުލުހުންނަށް އެމީހުން ފެނިގެން ހަމަލާ ބަދަލު ކުރި އިރު އަންކިތުގެ މަރުގެ މައްސަލައިގަ އެމީހުން ހޯދައިދޭ މީހަކަށް 50،000 ރުފޕީސްގެ އިނާމެއް ފުލުހުން އޮތީ ހުށަހަޅާފައި އެވެ.
ފުލުހުން ބުނީ ތުހުމަތުކުރެވޭ ދެ މީހުން ކައިރިން ތިން ބަޑިއާއި ކެލިބާ .30 ގެ 10 ވަޒަނާއި ނުވަ ހުސް ވަޒަން ކެޕްސޫލާއި ސައިކަލަކާއި ދަބަހަކާއި މޯބައިލް ފޯނަކާއި 5000 ރުޕީސް ފެނިފައިވާ ކަމަށެވެ. މޯހިތުގެ މައްޗަށް ހަރިޔާނާގައި 14 ޖިނާއީ މައްސަލައެއް ރެކޯޑް ކުރެވިފައިވާ އިރު ސުމިތުގެ މައްޗަށް އެއް މައްސަލައެއް ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އުއްތަރު ޕްރަދޭޝްގައި މިފަދަ "އެންކައުންޓާ" ހާދިސާތަކުގައި ތުހުމަތުވާ މީހުން ފުލުހުންގެ ބަޑީގެ ހަމަލާތަކުގައި މަރުވާ އަދަދު މިފަހަކަށް އައިސް ގިނަ އެވެ. މި މައްސަލައިފގަ ކަމާ ބެހޭ ފަރާތްތަކުން ބުނަނީ މި ބާވަތުގެ ހާދިސާތައް ގިނައިން ހިނގަނީ އަމިއްލަ ދިފާއުގައި ކަމަށާއި މިއީ ކުށާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ބައެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް