ރަންބީރަކީ ޑައެޓު ކުރުމުގަ "ބަސްނާހާ" މީހެއް ކަމަށް އޭނާގެ ނިއުޓްރިޝަނިސްޓް ބުނެފި

23 Nov 2026 | 10:25
ރަންބީރާއި އޭނާގެ ނިއުޓްރިޝަނިސްޓް ޕޫޖާ މަޚީޖާ --

ރަންބީރާއި އޭނާގެ ނިއުޓްރިޝަނިސްޓް ޕޫޖާ މަޚީޖާ --

ބޮލީވުޑް ތަރި ރަންބީރު ކަޕޫރު ފުރަތަމަ ޑައިޓް ކުރަން ފެށިއިރު ކެއުމުގެ ވައްޓަފާޅި ބަދަލުކުރުމުގައި ދަތިތަކާ ކުރިމަތިވި ކަމަށް ސެލެބްރިޓީ ނިއުޓްރިޝަނިސްޓް ޕޫޖާ މަޚީޖާ ބުނެފި އެވެ.

މީޑިއާގައި ދިން އިންޓަވިއުއެއްގެ ތެރެއިން ދެއްކި ވާހަކައެއްގައި ޕޫޖާ ކިޔައިދިން ގޮތުގައި، ރަންބީރު އެންމެ ލޯބިކުރާ ކެއުންތަކުގެ ތެރޭގައި ހިމެނޭ މަޓަން ކެއުން ހުއްޓައިލުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމެކެވެ. ޕޫޖާ ބުއިމަށް އިރުޝާދު ދިން ތަރުކާރީ ޖޫހަކީ ވެސް ރަންބީރު ނުރުހޭ އެއްޗެއް ކަމަށް ޕޫޖާ ބުންޏެވެ.

Advertisement

ޕޫޖާ ބުނީ ޑައެޓް ފެށި ފުރަތަމަ ދުވަސް ކޮޅު މަޓަން ކެއުން ހުއްޓާލަން ތަކުރާރުކޮށް އަންގަން ޖެހުމުން އެކަން ނުކުރެވޭނެ ކަމަށް ރަންބީރު ބުނި ކަމަށެވެ. އެކަމަށް ދެކޮޅު ހެދިޔަސް ރަންބީރުގެ މަންމަ ނީތޫ ކަޕޫރު ފަހުން ބުނި ގޮތުގައި އެ ޖޫސް ރަންބީރުގެ ކޮންމެ ދުވަހެއްގެ ކެއުމުގެ ބައެއް ކަމުގައި ހެދިއެވެ.

ޕޫޖާ ތައްޔާރުކުރި ތަރުކާރީ ޖޫހަކީ ތިން ކުލައެއްގެ ތަރުކާރީ — ކެރެޓާއި ބީޓާއި ސްޕިނެޗާއި ބެލް ޕެޕާ ފަދަ ބާވަތްތައް — ބްލެންޑަރަށް ލައި ފެން އެއްކޮށްގެން ތައްޔާރުކުރާ ބުއިމެކެވެ. ފުރާނައިލުމަށް ފަހު ފައިބަރުގެ ދެބައިކުޅަ އެއްބައި އަނބުރައި ބުއިމަށް އެޅުމާ އެކު، ލުނބޯ ހުތާއި ކަޅު ލޮނު ކޮޅެއް އެއްކުރާ ކަމަށް ޕޫޖާ ބުންޏެވެ. ރަހަ މީރު ނޫން ކަމަށް އޭނާ ވެސް އެއްބަސްވިއެވެ.

ރަންބީރު މީގެ ކުރިން މީޑިއާގައި ބުނީ ކެއުމުގައި "99 އިންސައްތަ" އަކީ ގޭގައި ތައްޔާރުކުރާ ކެއުން ކަމަށެވެ. ކުޅޭ ކެރެކްޓާއާ ގުޅޭ ގޮތަށް ޑައެޓް ބަދަލުކުރި ނަމަވެސް ގޭ ކެއުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ދޫކޮށްނުލެވޭނެ ކަމަށް ރަންބީރު ގަބޫލުކުރާ އެއްޗަކީ ކޮންމެ ރެއެއްގައި ކާ ޗޮކްލެޓް ކޮޅެވެ. ޗީޒް ކޭކަކީ ވެސް އޭނާ ޑައެޓް "މުގުރައިލާ" ހިތްވާ ބާވަތެއް ކަމަށާއި، ޗީޓް މީލެއް ބޭނުންވެއްޖެ ނަމަ ގިނައިން އޯޑަރުކުރަނީ ޗައިނީޒް ކެއުން ނުވަތަ ޕިއްޒާ ކަމަށް ރަންބީރު ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް