ކަރީނާގެ "ޕޫ" ކެރެކްޓާއަށް 25 އަހަރު ފުރުން ފާހަގަ ކުރަން ހަ ހާސް ޑޮލަރުގެ ހެދުމެއް ލައިފި

20 Nov 2026 | 11:29
ކަރީނާ ކަޕޫރު --

ކަރީނާ ކަޕޫރު --

ބޮލީވުޑް ފިލްމް 'ކަބީ ޚުޝީ ކަބީ ގަމް' ގައި ކަރީނާ ކަޕޫރު ކުޅުނު މަޝްހޫރު "ޕޫ" ކެރެކްޓާއަށް 25 އަހަރު ފުރުން އޭނާ ކުލަ ގަދަކޮށް ފާހަގަ ކޮށްފި އެވެ.

އެ ފިލްމަކީ ކަރީނާގެ ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރު އަދި އޭނާ އެންމެ ވިދާލި ފިލްމެވެ. އެ ކެރެކްޓާއަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އޭނަ ވަނީ ލެބަނާނުގެ ޑިޒައިނަރު އެލީ ސައާބުގެ 6,950 ޑޮލަރު އަގުހުރި ގައުނެއް ލައިގެން ނުކުމެފައި އެވެ.

Advertisement

ގައުނާ ގުޅޭ ކުލައިން އޭނާ ސްކާފެއް ކަރުގައި ދޫކޮށް އޮޅާލައި އެއް ކޮނޑުން ތިރިއަށް ފައިބާ ގޮތަށް އަޅާފައި އޮތެވެ.

ޕޫގެ ރޯލުން ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓައިލް އައިކަންގެ ގޮތުގައި ކަރީނާ ވެގެންދިޔަ އިރު އޭނާ އަދިވެސް ދައްކައިދޭން ބޭނުންވީ އޭނާގެ ގައިގަ އެ ހުނަރު ހުރިކަން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ފިލްމުގައި ކަރީނާ އާއި އެކު ފެނިގެން ދިޔައީ ރިތިކް ރޯޝަން، ޝާހްރުކް ހާން އަދި ކާޖޮލް އެވެ. އަދި އަމީތާބް ބައްޗަން އާއި ޖަޔާ ބައްޗަށްވެސް މުހިންމު ރޯލުތަކެއް ކުޅެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް