ކަރިޝްމާގެ ކުރީގެ ފިރިމީހާގެ މުދާ ބެހުމުގަ އެއްބަސްވުމަށް ނާދެވި ގޯހުން ގޯހަށް!

27 Nov 2026 | 09:38
ސަންޖޭ ކަޕޫރުގެ އަންހެނުން ޕްރިޔާ އާއި މަންމަ ރާނީ އާއި އެކުގައި --

ސަންޖޭ ކަޕޫރުގެ އަންހެނުން ޕްރިޔާ އާއި މަންމަ ރާނީ އާއި އެކުގައި --

ބޮލީވުޑް ތަރި ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރުގެ މުދަލާ ގުޅޭ ޢާއިލީ ޓްރަސްޓް މައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުގެ މެޑިއޭޝަން ނިމުމަކަށް ގެނެސް، މައި މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ހަދައިފިއެވެ.

ސަންޖޭގެ މަންމަ ރާނީ ކަޕޫރާއި ސަންޖޭގެ އަންހެނުން ޕްރިޔާ ކަޕޫރާ ދެމެދު 15 ބައްދަލުވުމެއް ބާއްވައިގެން ވެސް އެއްބަސްވުމަކާ ހަމައަށް ނާދެވުނު ކަމަށް ސުޕްރީމް ކޯޓުން ފާހަގަ ކުރިކަމަށް ރިޕޯޓުތައް ބުނެ ޢެވެ

Advertisement

.ރާނީގެ ވަކީލު ބުނެފައިވާ ގޮތުގައި ހަ މަސް ދުވަސް ވީ އިރުވެސް ކައުންޓާ ޕްރޮޕޯޒަލެއް ނުލިބެއެވެ. ޕްރިޔާގެ ވަކީލު ބުނެފައި ވަނީ ގުޅިފައިވާ ބައްދަލުވުމެއްގެ މެދުތެރެއިން ރާނީ ނިކުތީ ކަމަށެވެ.

ޓްރަސްޓުގެ މުދާ ބެހުމާ ގުޅޭ ގޮތުން ވެސް ދެ ފަރާތުގެ ވިސްނުން ތަފާތެވެ. ރާނީގެ ފަރާތުން ބުނީ އޭނާގެ ޙިއްޞާގެ އަގު 6،000 ކްރޯޑް ރުޕީޒް ކަމަށެވެ. ކަރިޝްމާ ކަޕޫރުގެ ދަރީން 24 އިން 26 އިންސައްތައިގެ ޙިއްޞާއެއް ހޯދުމަށް އެދިފައިވެއެވެ. ޕްރިޔާގެ ފަރާތުން ބުނެފައި ވަނީ ޓްރަސްޓުގެ 60 އިންސައްތަ ޕްރިޔާއަށް ލިބެން ޖެހޭ ކަމަށާއި ބާކީ 40 އިންސައްތަ ސަންޖޭގެ ދަރީންނަށް ދާން ޖެހޭ ކަމަށެވެ.

ކޯޓުން ދެ ފަރާތަށް ވެސް ލިބެން އޮތް ހައްލާ މެދު ހަމަހަމަ ވިސްނުމެއް ގެންގުޅުމަށް އެދުނު ނަމަވެސް، މެޑިއޭޝަން ބަންދުކޮށް އެ މައްސަލައިގެ ޝަރީޢަތް ކޯޓުގައި ކުރިއަށް ގެންދެވޭނެ ގޮތް ހެދިއެވެ.

މީގެ ކުރިން ރާނީ ވަނީ މި ޢާއިލީ މައްސަލައާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކައިފައެވެ. ރާނީ ބުނީ މައްސަލައިގެ ސަބަބުން ވަރަށް ހިތުގައި ޖެހޭ ކަމަށެވެ. އާއިލީ މުދަލާއި ވިޔަފާރިއަކީ އޭނާގެ ފިރިމީބާ ދުނިޔޭގައި ހުރި އިރު ބިނާކޮށްފައިވާ ތަކެތި ކަމަށް ބުންޏެވެ.

އެތައް ޢަހަރެއްގައި ފިރިމީހާ ކުރި މަސައްކަތުގައި އޭނާގެ ބައިވެރިވުން އޮންނާނެ ކަމަށާއި އެކަން އެނގެނީ ޢާއިލީ ޓްރަސްޓް ފިރިމީހާ އޭނާއަށް ދީފައި އޮތުމުން ކަމަށް ބުންޏެވެ.

ރާނީ ތުހުމަތުކުރި ގޮތުގައި ސަންޖޭ މަރުވުމާ އެކު ޕްރިޔާ ވިޔަފާރީގެ ކޮންޓްރޯލް ނަގަން ފެށީއެވެ. "ސަންޖޭ ދިރިހުރި ނަމަ ޕްރިޔާ މި ދައުވާ ކުރާކަށް ނުކެރުނީސް" ކަމަށް ވެސް ރާނީ ބުންޏެވެ.

ޕްރިޔާ ޓްރަސްޓީގެ ގޮތުގައި ހަރަކާތްތެރިވުން ހުއްޓައިލުމަށް ރާނީ ވަނީ ރަސްމީ ނޯޓިހެއް ފޮނުވައިފައެވެ. ޓްރަސްޓުގައި ރާނީގެ ދައުރާ ދެކޮޅަށް ހުށަހަޅާ ކޮންމެ ވާހަކައެއް "ޤާނޫނީ ގޮތުން ބާޠިލު" ކަމަށް ރާނީ ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް