ރަކުލް ހުރީ ރާއްޖޭގައި

ބޮލީވުޑް ބަތޮލާ ރަކުލް ޕްރީތު ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީތަކުން އެނގޭގޮތުގައި ރަކުލް ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޯލި މޯލްޑިވްސް ގ...

30 Nov 2025 | 01:54
ރަކުލް ޖޯލި މޯލްޑިވްސް ރިސޯޓްގައި -

ރަކުލް ޖޯލި މޯލްޑިވްސް ރިސޯޓްގައި -

ބޮލީވުޑް ބަތޮލާ ރަކުލް ޕްރީތު ސިންގް ރާއްޖޭގައި

ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީތަކުން

އެނގޭގޮތުގައި ރަކުލް ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޯލި މޯލްޑިވްސް ގައެވެ.

ރަކުލް ރާއްޖެ އައިސްފައިވަނީ ރަކުލްގެ ފިރިމީހާ،

ފިލްމު ޕްރޮޑިއުސަރ އަދި އެކްޓަރ ޖެކީ ބަގްނާނީ އާއި ބަތޮލާ މަންޗު ލަކްޝްމީ

ޕްރަސަންނަ އާއި ބަތޮލާ ޕްރަގްޔަ ޖައިސްވާލާއިއެކުގައެވެ.

އުމުރުން މިހާރު 35 އަހަރުގެ ރަކުލް ފިލްމީ ކެރިއަރ

ފެށީ 2009 ވަނަ އަހަރު ރިލީޒްކުރި ކަންނާޑީ ފިލްމެއް ކަމުގައިވާ "ގިއްލީ"

އިންނެވެ. ބޮލީވުޑް ފިލްމަކަށް ފުރަތަމަ ކުޅުނު ފިލްމަކީ 2014 ވަނަ އަހަރު

ރިލީޒްކުރި "ޔާރިޔާނ" އެވެ.

ރަކުލް ރާއްޖެ އައީ ރަހުމަތްތެރީންނާއި ޢާއިލާ މެންބަރުން ހިމެނޭހެން ބޮުޑު ގްރޫޕަކާއެކު - 

މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ރަކުލް އެންމެ

ފަހުން ފެނިގެންގޮސްފައިވަނީ މި މަހުގެ 14ގައި ސިނަމާގައި އެޅުވި "ދޭ ދޭ ޕްޔާރް

ދޭ 2" އިންނެވެ.

މިހާރުވެސް އިތުރު ދެ ފިލްމެއްގެ މަސައްކަތް

ކުރަމުން އަންނަ ރަކުލް ޖެކީ ބަގްނާނީ އާއި ކައިވެނިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ

މަހުގެ 21 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް