މަހޭޝް ބާބޫ އަދި ނަމްރަތާވެސް ރާއްޖޭގައި -
އިންޑިއާގެ ފިލްމީ ތަރި
މަހޭޝް ބާބޫގެ އަންހެނުން ނަމްރަތާ ސިދޯރްކަރް ރާއްޖެއައީ އެކަނި ނޫންކަން
ހާމަވެއްޖެއެވެ.
އިންޑިއާގެ ބައެއް
ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވަނީ ނަމްރަތާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސް
އުޅެނީ އެކަނި ކަމަށް ބެލެވޭ ކަމަށެވެ. އެގޮތަށް އިންޑިއާ މީޑިއާއިން ރިޕޯޓުކުރީ
ނަމްރަތާގެ އިންސްޓަގްރާމް އެއްވެސް ޕޯސްޓަކުން މަހޭޝް ބާބޫ ނުފެންނާތީއާއި މަހޭޝް
ބާބޫގެ އިންސްޓަގްރާމް އެކައުންޓްގައިވެސް ރާއްޖޭގައި އުޅޭ ކަމުގެ އިޝާރާތެއް
ފެންނަން ނެތުމުންނެވެ.
އެހެންނަމަވެސް މަހޭޝް
ބާބޫ މިހާރު ވަނީ ރާއްޖޭގައި ހުރިކަން އަންގައިދޭ ފޮޓޯއެއް އިންސްޓަގްރާމަށް
އަޕްލޯޑުކޮށްފައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޯލި ރިސޯޓުގައިކަންވެސް އެ ޕޯސްޓުން
އެނގެއެވެ.
ނަމްރަތާ އާއި މަހޭޝް ބާބޫ
ކައިވެނިކުރީ 2005 ވަނަ އަހަރުގައެވެ. ދެ ދަރިން ތިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް