| ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި | ނުވަވަނަ ބައި |
ގޭ ދޮރުމަތީ ދެކޮޅަށް ހިނގަ ހިނގާ ހުރި ސަލާމްގެ ފޯނު ރިންގުވާން ފެށުމާއެކު ނަގާ ކަންފަތުގައި ޖެހިއެވެ. އެކޮޅުން އެއްޗެއް ބުނުމުގެ ކުރިން ސަލާމް ބޭނުން ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ.
މިކަން ފަނިވިޔަ ނުދޭތި އަހަރެން މިފޮނުވާލަނީ އޭނަގެ ފޮޓޯއަކާ ހުރިހާ މައުލޫމާތެއް. ސަލާމް އެހެން ބުނެ ފޯން ކަނޑާލިއިރު މޫނުމަތީ ހިނިތުންވުމެއް ހުއްޓެވެ.
އެނބުރި ގޭތެރެއަށް ވަން އިރު ކުރިން އެ މޫނުމަތިން ފެންނަން ހުރި ހިތްހަމަ ނުޖެހުން ފެންނާކަށް ނެތެވެ.
ދެފަރާތް ހޯދާ ބަލައިލުމަށްފަހު ތާރާ ގޭތެރެއިން ފެންނަން ނެތުމުން ސަލާމް އައިސް ނިޔާޒްގާތު އިށީނެވެ.
ނިޔާޒް.. !! ނިޔާޒް ދެލޯ މަރާލައިގެން އޮތުމުން ސަލާމް ގޮވާލިއެވެ.
ވާހަކައެއްދައްކާލަން ކަމަށް،،، ނިޔާޒް ލޯހުޅުވާލުމާއެކު ސަލާމް ބުނެލިއެވެ.
ކަމެއްވީތަ.. ބުނޭ އަވަހަށް ،، ނިޔާޒް ބުނެލިއެވެ.
ނިޔާޒްއަށް ވެސް އެނގޭނެ އަހަރެން ނިޔާޒްއާއި ދޭތެރޭ ވިސްނާވަރު.. އެކަމަކު އަހަރެންގެ އުމުރުވެސް މިދަނީ މީހަކާވެސް އިންނަންޖެހޭނެ.. އެކަމަކު އަހަރެން ހިތެއްނޭދޭ ނިޔާޒް ތިހާލަށް ދޫކޮށްލާފަ ދާކައް...
އަހަރެން ހާދަ ވިސްނަމޭ މިކަމާ..ނިޔާޒަށް ނޭނގޭނެ އަހަރެން މިކަމާ ވިސްނާ ވަރު.. އަހަރެން ދެކެނީ ތީ އަހަރެންގެ އުފަން ބައްޕަގެ ގޮތުގަ،، އަހަރެން ބައްޕަވެސް އަހަންނަށް ނިޔާޒް އެހީ ވި ވަރަށް އެއްވެސް ކަމަކުން އެހީ ވެފަ ނޯންނާނެ..
މިރަށު އެންމެން އަހަރެން އަރުވާލީ ކުޑަކުއްޖެއްގެ މައްސަލާގައިކަން އެގުމުން އަހަންނަށް ނަފުރަތު ކުރިވަރުވެސް ހަދާނެއް ނުނެތޭ،، އެދުވަހުވެސް އެންމެން އަހަރެން ބާކީ ކޮއްލި އިރު އަހަންނަށް އެހީވީ ހަމައެކަނި ނިޔާޒް.
އެހެންވީމަ ނިޔާޒް ތިހާލުގައި އޮއްވަ އަހަރެން ނިޔާޒް ދޫކޮށްލާނީ ކިހިނެއް؟ ސަލާމް އެހެން ބުނެ ލޮލުން ކަރުނަ ފޮހެލާގޮތަށް ލޯފޮހެލިއެވެ..
ނިޔާޒްގެ އަނގައިން ސަލާމް ބޭނުންވާކަހަލަ ޖަވާބެއް ލިބޭތޯ އިރުކޮޅަކު މަޑުކޮށްލިއެވެ.
މިއަދު ސަލާމް ގޮސްފިނަމަ އަހަންނަށް ވަރަށް އުދަގޫވާނެ،.. ސަލާމް ގޮސްފިއްޔާ ތާރާ ކިހިނެއް އަހަރެން ބަލާނީ. މީހަކަށް ލާރި ދީގެން ވެސް މިވަގުތު އަހަރެންނަށް ނެތްވާކަށް،،.. އެކަމަކު އަހަރެންނަށް އެނގޭ މުޅިއުމުރު ސަލާމްއަށްވެސް އަހަރެންގެ ހިދުމަތުގަ މީހަކާ ނީދެ ނުހުރެވޭނެކަންވެސް..
ނިޔާޒް އެހެން ބުނިއިރު އޭނަ ވިސްނަމުންދިޔައީ ސަލާމް ގޮއްސިއްޔާ ވާނެގޮތަކާ ދޭތެރޭއެވެ.
ދަޑިގަޑެއްގެ އެހީގައިވިޔަސް ހިނގާލާފައި ފާހާނާއާ ހިސާބަށް ދެވޭނަމަވެސް މީހެއްގެ އެހީއާއި ނުލާ އުޅެވިދާނެއެވެ. ނަމަވެސް މީހެއްގެ އެހީއާއި ނުލާ ފަރާތަކައްވެސް ނިޔާޒްއަށް ޖެހިލެވެން ވެސް ނެތެވެ.
ވިސްނި ވަރަކަށް ނިޔާޒް ބޮލައް ބަރުވާގޮތްވާންފެށިއެވެ.
އަހަރެން .. އަހަރެން ނިޔާޒް ގަބޫލުނަމަ މުޅި އުމުރަށް ނިޔާޒް ގާތު މަޑުކޮއްފާނަން ..އެއީ އަހަންނަށްވެސް ލިބޭ އުފަލެއް ..ނިޔާޒް ގަބޫލުނަމަ އަހަރެން ތާރާ...
ސަލާމް އެހެން ބުނެ ހުއްޓާލީ ނިޔާޒް ސަލާމްގެ މޫނަށް ބަލަހައްޓައިގެން އޮތް ގޮތުންނެވެ.
މީ ކޮންމެހެން އަހަރެން ތާރާ ބޭނުންވެގެންނެއްނޫން.. ހަމައެކަނި ނިޔާޒްއަށް އެހީވެވެން މުޅިއުމުރަށް އަހަރެންނަށް ހުރެވެން އޮތްގޮތްވީމަ..
އަހަރެންގެ މިވާހަކައާ ނިޔާޒް ހިތްހަމަ ނުޖެހޭނަމަ މީ އަހަރެން ނުދައްކާ ވާހަކައެއް.. އެއްވެސް ހާލެއްގަ އަހަރެންދެކެ ނިޔާޒް ހިތްހަމަ ނުޖެހޭކަށް ބޭނުމެއްނޫން.. ސަލާމް ބުނެލިއެވެ.
މިކަމާ ނިޔާޒް ގަބޫލު ނޫންނަމަ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭ އަހަރެން އެބުރި ދާން ބޭނުން..ނިޔާޒް އެއްވެސް އެއްޗެއް ނުބުނުމުން އަނެއްކާވެސް ސަލާމް ބުނެލިއެވެ.
އަހަރެން ތިކަމާ ވިސްނާނަން... ނިޔާޒް އެހެންބުނެ ލޯމަރާލިއެވެ. ބޮލުގެ ރިހުންގަދަވެ ތާރާއާއި ދޭތެރޭ ނިޔާޒްއަށްވިސްނެން ފެށުނެވެ.
ސަލާމް ދިއުމުން އޭނަ އުޅެންޖެހޭނެ ހާލަށްވެސް ވިސްނަންޖެހިއްޖެއެވެ. އަނެއްކޮޅުން ދެލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅެވެ.
އެންމެ ކުރީއްސުރެވެސް ނިޔާޒްއަކީ އެއްވެސް ދަރިއަކަށް ކައިވެނި ކުރަން މަޖުބޫރު ކުރުވާނެ ބަފައެއްނޫނެވެ.
ތާރާގެ ގޮތްވެސް އެންމެ ރަގަޅަށް އެނގޭނެ އެކަކީވެސް އޭނާއެވެ.ކިތަންމެ ކުރަން ބޭނުން ނުވާކަމެއްވެސް އޭނަ ބުނެފިނަމަ އެއްވެސް ފަސްޖެހުމެއްނެތި ތާރާ ކުރާނެކަންވެސް ނިޔާޒަށް އެނގެއެވެ.
އެކަމަކު އެދަރިފުޅު މުޅިއުމުރަށް އޭގެ ހިތާމަ ކުރާއިރު ނިޔާޒަށް ވަކި ކެތްވާނީ ކިހިނެއްހެއްޔެވެ.
ކިތަންމެ ވަރަކަށް ވިސްނިޔަސް ނިޔާޒަށް އެއްވެސް ކޮޅެއް ނުފެނުނެވެ. އެއްކޮޅުން އެންމެ ލޯބިވާ ދަރިފުޅެވެ. އަނެއް ކޮޅުން އެމީހެއްގެ އެހީއާއި ނުލާ އެއްވެސް ކަމެއް ކުރެވެން ނެތް މީހާއެވެ.
ސީމާ،! ކީއްވެ ތިހެން ކަންތައް ތިކުރީ އަހަރެން އެކުދިންގެ މުސްތަގުބަލާދޭތެރޭ ވިސްނާ ވިސްނާ ވަރުބަލިވެއްޖެ،، އަހަރެން ހެޔޮހާލުގަ ހުރިނަމަ އަހަރެންގެ އެއްވެސް މައްސަލައެއްނެތް އަހަރެންނައް ސީމާ ކޮންމެ ގޮތެއް ހެދިޔަސް"އަހަރެން އެކުދިންގެ އެއްވެސް ކަމެއް ސީމާއަށް ނުޖެއްސީމުސް:'އަހަރެން ކިހިނެއް ހަދާނީވެސް ، ރެއާ ދުވާލު ތާރާއުޅޭގޮތް ފެނުމުންވެސް ދެރަވެގެން ހިތްފަޅައިގެންދާވަރުވޭ އަބަދު ކޮންމެސް މަސަތްކަތެއްގަ އެންމެ ވަގުތުކޮޅެއްވެސް ހުއްޓި ނުހުރޭ،،އަހަރެން ހިތަށް ހާދައަސަރެއް ކުރޭ...އަހަރެންނައް އެނގޭ އެދަރިފުޅު ނުބުންޔަސް އެދަރިފުޅު ހިތާމަ ކުރާވަރު،، ކަންކަމާ ވިސްނާ ވަރު،،
އަނެއްކާ އަހަރެން އެދަރިފުޅަށް އިތުރު ހިތްދަތި ކަމެއްދޭން އޭނަ ނުރުހޭ މީހަކާ ކައިވެނި ކުރަން މަޖުބޫރު ކުރުވަންވީތަ...ނޫން ނޫން އަހަރެން އެވަރު ބޮޑު ނިންމުމެއް ނުނިންމާނަން،،، ވިސްނިވަރަކަށް ނިޔާޒްގެ މޭގައި ތޫނު ތަދެއް އުފެދެން ފެށިއެވެ.
ނުރޯން ކިތަންމެ މަސަތްކަތެއް ކުރިޔަސް ނިޔާޒަށް ކެތެއް ނުވިއެވެ.
**
އިރު އޮއްސެމުންދިޔަވަގުތު ދުނިޔެ މައްޗަށް އަރުވަމުން ދިޔަކުލަތަކުން ބަލާ ފޫހިނުވާފަދައެވެ.މާލެއާއި ހުޅުމާލެ ގުޅުވާލާފައިވާ ބުރިޖު ހުރަސްކޮށް މާކިންއާއި އޭނަގެ އެންމެގާތް އެކުވެރިޔާ ނާއިކު މިސްރާބުޖެހީ ހުޅުމާލޭގައި ނާއިކުގެ ބައްޕަ އެންމެފަހުން ހުޅުވި ހޮޓެލްއާއި ދިމާއަށެވެ.
ސައިކަލް ޕާކް ކޮށްލުމައްފަހު ދެއެކުވެރިން އެހޮޓެލްގެ އެންމެ ތިރީގައިވާ ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެން އައި އިރު އެތައް އަންހެން ކުދިންނެއްގެ ނަޒަރު އެދެމީހުންނަށް ހުއްޓެމުންދިޔައެވެ ..
އިސްކޮޅާއި ހަށިގަނޑު ދެމީހުންގެ ވެސް އެއްވަރަކަށް ހުރި އިރު ޖިމަށްގޮސް ވަރަށް ރަގަޅަށް ހަށިގަނޑަށް ބަލައިގެން އުޅޭ ދެމީހުންކަން ކޮންމެ މީހަކައްވެސް އެނގޭނެއެވެ
ހެދުން އެޅުމުގައިވެސް ދެމީހުންގެ އެއްގޮތް ކަމެއް ހުރިއިރު ބައެއްރައްޓެހިން އެދެމީހުންގެ މޫނުމަތީ އެއްވަރައް ކޮށާލާފައިވާ ތުނބުޅިން ދެމީހުން ވައްތަރު ކަމަށްވެސް ބުނެއެވެ..
ގިނަ އަންހެން ކުދިންނައް މާކިންގެ އެންމެ އަޅައިގަންނަ ސިފަޔަކީ ލޮލުގައިވާ އަލި މުށިކުލައަށްދާ ކަޅިއާއި، އެއްވަރަށް ކޮށާލާފައިވާ ތުނބުޅިއެވެ. .
ހަމައެގޮތަށް މާކިންގެ އެންމެ ގާތް އެކުވެރިޔާ ނާއިކު ރީތިކަމަށް ތައުރީފު ނޮކޮށްލާ އަންހެން ކުއްޖެއް ނުހުންނާނެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކެކެވެ. ހީލާއިރު ކޮލައް އެޅޭ އަޑިކޮޅުން ނާއިކު އަކީ އަންހެން ކުދިން މޮޔަވާވަރުގެ ޒުވާނެކެވެ.
ހާދަ އަވަސް އަރުވާލާފަ މެރީ ކުރަން ތިއުޅޭނީ... ޔަގީނުންވެސް އަހަންނަށް އެނގޭ ތި އަނހެންކުއްޖާ ވަރަށް ރީތިވާނެކަން..ނާއިކް ވަރަށް ހިނިއައިސް ބުނެލިއެވެ. ވަރަށް ބޮޑު ތެދެއް ތިބުނީ.. މި ނޫނީ ބޭރުފުށާ އެތެރެފުށް ރީތި ކުއްޖަކާ ދިމައެއް ނުވޭ.. އެހެންޏާ ފެންނަނީ ހުސް ބޭރުފުށް ރީތި ކުދިން...
އަހަންނަށް ދުވަހަކުވެސް ހިތަކަށް ނާރާ ފަންސަވީސް އަހަރުގަ އަހަރެން މީހަކާ އިންނާނެއެކޭ،،، ތެދެއް ބުނަން އަހަރެން އެމަންޖެ ގެއްލިދާނެތީ ވަރަށް ބިރުގަނޭ،، އެހެންވެ މިހާ އަވަހަށް ނިންމާލަން މިއުޅެނީ... މާކިން ބުނެލިއެވެ.
އަހަރެންވެސް ބޭނުން މެރީ ކުރާއިރު ހުންނަން އެކަމަކު މިދުވަސް ކޮޅު ދެވެން ނެތީ ވަރަށް ބުރަ ދުވަސްކޮޅެއްމީ..މިކޮޅުގަ ކުރާ ގޮތަށް ނިންމި ނަމަ ދޯ.. ނާއިކުބުނެލިއެވެ.
އޯކޭވާނެ... އެކަމަކު ޗުއްޓީއެއް ނަގައިން ޖައްސާލައްޗޭ.. އަހަރެން ދިރިއުޅުން ތާޜާ ބުނާދުވަހެއް ވަންދެން އެކޮޅަށް ބަދަލު ކޮއްލަން މިވިސްނަނީ... މަންމަ ވެސް ފުރަތަމަ މިކަމާ ގަބޫލެއްނުވި އަހަރެން އެކޮޅަށް ބަދަލުވާތީ އެކަމަކު އަހަރެން މިކަމަށް ބޭނުން ވެފަ ހުރިވަރުން މަންމަ ދެކޮޅު ހަދަން ބޭނުންނުވީ...މިހާރު މަންމަވެސް ބައްޕަވެސް ދާގޮތަށް އޮތީ ކައިވެންޏަށް ... މަންމަމެން ރުހުމުގަ މިކަންވާގޮތްވީމަ އަހަރެންވެސް ވަރަށް ހިތްހަމަޖެހިއްޖެ.. މާކިން ބުނެލިއެވެ.
އަހަރެންނައް ކޮންދުވަހަކުންބާ ދޯ އަހަރެން ހިތްކިޔާކަހަލަ މަންޖެއެއް ފެންނާނީ.... ނާއިކު އެހެން ބުނެ ހޭންފެށިއެވެ.
ތިދުވަސް އަންނާނެބާ.. މިހާރުވެސް ކިތައް ކުދިންތަ މޮޔަވެގެން އެދުވަނީ.. މާކިންވެސް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
އަހަރެންވެސް ބޭނުންވަނީ މާކިންއަށް ލިބުންކަހަލަ އެތެރެވެސް ރީތި ކުއްޖެއް... މިހާރު އެދުވާ ކުދިން ތެރޭ އަހަރެން ހިތްކިޔާކަހަލަ އެއްވެސް ކުއްޖެއްނެތް..ހެހެހެ.. ނާއިކު ހީލަމުން ބުނެލިއެވެ..
އެކަހަލަ ވާހަކަ ތަކުގައި ތިބެފައި ދެމީހުން ރެސްޓޯރެންޓުން ނިކުމެގެން އައިސް ސައިކަލަށް އެރިއެވެ.
ނާއިކު ދުއްވަން ކުރިއަށް އެރިއިރު މާކިން ފަހަތަށް އެރި އިރު އެމީހުންނަށް ބަލަން ކާރެއްގައި ދެމީހަކު ތިއްބެވެ.
ސައިކަލް ސްޓާޓްކޮއްލުމާއެކު މާކިން ހަމަޖެހިލި އިރު އެމީހުންގެ ފަހަތުގައި އޮތް ކާރުވެސް ދުއްވާލިއެވެ..
**
ރޭގަނޑު ކެއުމުގެ ކަންތައް ނިމުމުން ތާރާ ނިދަން ކޮޓަރިއަށް ވަނުމުގެ ކުރިން އާދައިގެ މަތިން ބައްޕަ ކައިރިއަށް ވަނެވެ.
ބައްޕާ!! ތާޜާ ނިޔާޒްކައިރީ އެނދުގައި އިށީނދެ ނިޔާޒް ބޮލުގައި ފިރުމާލަމުން ގޮވާލިއެވެ.
އަނެއްފަރާތައް މޫނު އަބުރައިލައިގެން އޮތް ނިޔާޒްއަށް ކަމެއްވާކަން ދެނެގަންނާކަށް ތާރާއަށް ވަގުތުކޮޅެއްވެސް ނުނެގިއެވެ.
ބައްޕާ!! ކިހިނެއްވަނީ.. ބައްޕާ ބުނެބަލަ.. ތާޜާ ބާރަށް ރޮއިގަންނަމުން ބުނެލިއެވެ.
މޭގައި ހުރި ރިހުން ގަދަވެ ނިޔާޒްއަށްވަމުން ދިޔަ އުދަގުލުން އެވަގުތު ވާޙަކަ ދައްކާކަށްވެސް ނިޔާޒަށް ފަސޭހައެއް ނުވިއެވެ.
ދުވެފައި ތާޜާ ބޭރައް ނިކުތީ ސަލާމް ހޯދާށެވެ. ގޭދޮރުމަތީ ފޯނެއްގައި ހުރި ސަލާމަށް ތާރާ ގޮވާލުމާއެކު ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަން އެނގުނެއެވެ. ދުވެފައި ތާޜާއާ ދިމާލައް ސަލާމްއަށްވެސް އާދެވުނީ ކިހިނެއްކަމެއްވެސް ނޭގުނެވެ.
ތާޜާއާއި ސަލާމްވެގެން ކުޑައިރުކޮޅެއް ތެރޭގައި ނިޔާޒް ހޮސްޕިޓަލަށް ގެނެވި އެޑްމިޓްކުރެވުނެވެ.
"ކޮންމެސް ކަމަކާ ބައްޕަ އެބަ ވިސްނާ ވަރަށް ބޮޑަށް ' އެހެންޏާ ޓެސްޓްތައް ހަދާ ޕްރެޝާ ޗެކް ކުރާއިރު މިފަހަރުހާ ބޮޑަށް ޕްރެޝާ ވެސް މަތިވެފައެއް ނެތް".. މިކަހަލަ ދަޑިވަޅެއްގައި އެހާބޮޑަށް ވިސްނިޔަ ނުދީ"..ޑޮކްޓާރ ވާހަކަ ދައްކަމުން ދިޔައިރު ތާރާ ވިސްނަމުން ދިޔައެވެ. އެވަރަށް ކުއްލިއަކަށް ބައްޕަ ވިސްނަންޖެހޭވަރުގެ ވީ ކޮންކަމެއްބާއެވެ.... އަނެއްކާ ސަލާމް......
ތާރާގެ ހިތަށް އެހެން އެރުމާއެކު ޑޮކްޓަރު ކޮޓަރިން ނިކުމެގެން އައިސް ވޯޑަށް ވަނެވެ. ބައްޕާ !! ކޮންކަމަކާ ބައްޕަ ތިވިސްނަނީ ޑޮކްޓަރ ބުނި ބައްޕަ މާބޮޑަށް ކަމަކާ ވިސްނަނީއޭ... ބައްޕަ އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެ،، އަހަރެން ދުނިޔޭގަ ހުއްޓަ ދުވަހަކުވެސް ބައްޕައަށާ ކޮއްކޮއަށް ދެރަގޮތެއްވިޔަކަ ނުދޭނަން.. ބައްޕަ ތިގޮތަށް ވިސްނަނިކޮށް ބައްޕައަށް ގޮތެއް ވެއްޖާ އަހަރެން މުޅި ދުނިޔެއަށް ގިނަވާނެ .. އަހަންނަށް މިހެންވެސް މިއުޅެވެނީ ބައްޕަ އަހަރެން ކުރިމަތިން ފެންނަން ހުންނާތި..
ތާރާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އަމިއްލަ ހާލަތާމެދު ވިސްނުނެވެ.
ދަރިފުޅާ ބައްޕަ ނުވިސްނަމޭ ކުއްލިއަކަށް މެއަށް ތަދެއްއެރީ.. ތިކަހަލަ ދަރިއަކު ލިބިފަ ހުރި އެއްވެސް ބައްޕައެއް ވިސްނާކަށް ނުޖެހޭނެ... ތީ ބައްޕަގެ ނަސީބް.. ނިޔާޒް ބުނެލިއެވެ.
ތާރާ ލޯފޮހެލަމުން ބޭރަށް ނިކުންނަން ހނގައިގަތީ ސަލާމް އެތާ ފެންނަން ނެތުމުންނެވެ..
ދޮރުމައްޗަށް ނިކުތް އިރު ސަލާމް ފުންނޭވާއެއް ދޫކޮއްލަމުން ތާރާއާ ދިމާއަށް އަންނަނީއެވެ.
ސަލާމް ބައްޕަ ގާތު އެވާހަކަ ދެއްކީތަ؟ ތާޜާ އެހެން ބުނެލުމާއެކު ސަލާމް ހުރި ފިޔަވަޅުމަތީ ހުއްޓުނެވެ..
ކިހިނެއްވީ؟ އަހަރެން ނުބުނަން.. ސަލާމް އެހެންބުނެ ހިނގައިގަންނަން އުޅުނެވެ..
މަޑުކުރޭ އަހަންނަށް އެނގޭ ބައްޕަ އެވަރަށް އެވިސްނަނީ އެހެންވެކަން ..ރަގަޅަށް ބުނޭ.. ތާރާ އަޑަށް ބާޜުލަމުންބުނެލިއެވެ.
އާން އަހަރެން ބުނިން .. އެއީ ކޮންމެހެން އަހަރެން ތާޜާ ބޭނުންވެގެންނެއް ނޫން ނިޔާޒްއާ ދޭތެރޭ ވިސްނާތީ .. ސަލާމް އެހެން ބުނެ މަޑޫކުރުމެއްނެތި އެތެރެއަށް ހިނގައިގަތެވެ..
ތާރާއަށް އެތެރެއަށް ވަންނާނެހާ ހިތްވަރެއް ނުލިބުނެ ސަލާމްގެ ވާހަކައިން ނިޔާޒް ނިންމާނެ ގޮތަކާދޭތެރޭވެސް ވިސްނަން ޖެހިއްޖެއެވެ.
***
ހުޅުމާލޭއިން މާލެއަށް ދެވެން އޮތް ބޮޑުމަގަށް މީހުންތައް އެއްވަމުންދިޔައެވެ.. މަގުމަތީގައި ލޭގެ ކޯރެއްހެދެމުންދިޔައިރު އެސަރަހައްދައް އެއްވަމުން ދިޔަ މީހުންގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ..
ދުއްވަން އިންކުއްޖާގެ ހޭވެރި ކަމެއްނެއް... ފަހަތުގަ އިން ކުއްޖާ ވިއްސައިގެން ގޮސް މާދުރައް ޖެހުނީ އެކުއްޖާގެ މިހާރުވެސް ފުރާނަނެއްކަމަށް ވަނީ.. ބަޔަކު ގަސްތުގަ ކުރިކަމެކޭވެސް އެބަކިޔާ،، އެ ކާރުގަ ތިބި ދެކުދިން ވަގުތުން ފިލައިފި..
އެއްވަމުންދިޔަ މީހުންގަނޑުގެ ތެރެއިން މީހެއް ބުނެލިއެވެ.
**
ނިޔާޒްގެ ގަޔައް ގުޅާފައިވާ އައިވީފުޅި ހުސްވުމުން ހޮސްޕިޓަލްއިން ދޫކޮއްލުމުން ތާރާ އަށް ގެއަށް އާދެވުނު އިރު ނުވައެއްޖަހަނީއެވެ.
ގެއަށް އާދެވުމާއެކު މިއަދު ހެނދުނު ސަލާމްދެއްކި ވާހަކަ މާކިން ގާތު ދެއްކިފަހުން އެންމެ ފަހަރަކުވެސް މާކިން ތާރާގެ ފޯނަށް ގުޅާފައި ނެތުމުން ތާރާއަށް ވިސްނާލެވުނެވެ. އަވަސް އަވަސްކޮއްލާ މާކިންގެ ނަންބަރައް ދެފަހަރު ގުޅާލިއެވެ. ކޮންމެފަހަރަކުވެސް އިވެނީ އެ ނަންބަރު ނިއްވާލާފައި ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގައިވާ ވާހަކައެވެ.
ކެއުމުގެ ކަންތައް ނިންމާލާފައި ތާރާ ކޮޓަރިއަށް ވަދެވެސް ތަކުރާރުކޮށް މާކިންގެ ނަންބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އިވެނީ އެއް ވާހަކައެކެވެ.
މާދަން އަންނަން މާ ބުރަކޮށް އުޅުނީމަ ނިދުނީ ކަމަށް ބަލާ ތާރާވެސް ހިތްހަމަ ޖައްސާލެވޭތޯ މަސަތްކަތް ކުރިއެވެ. ނަމަވެސް މިއަދު ހިނގާދިޔަ ކަންތަކާއި ވިސްނި ތާރާއަށް ނިދުނުއިރު ދަންދެބައިވެއްޖެއެވެ.
**.
އާދުވަހަކަށް އިރު އަރައިގެން ގޮސް އިރުއޮއްސުން އިރުވެސް މާކިންގެ ހަބަރެއް ނުވިއެވެ. ތަކުރާރުކޮށް މާކިންގެ ފޯނަށް ތާރާއަށްގުޅުނު ވަރުވެސް ނޭގެއެވެ. އޭރުއްސުރެ މާކިންގެ ފޯނު އޮންނަނީ ނިވާލާފައެވެ.
ނުނިމޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް