ކަރީނާ ކަޕޫރު --
މިހާރު ކުރިއަރަމުން އަންނަ ބޮލީވުޑް ތަރިންނާއި ކުރީގެ ތަރިންގެ ތެރެއިންވެސް ފިރިހެނެއް ނަމަ ހަށިގަނޑުުގެ އެބްސްތައް ދައްކަން ވަރަށް ބޮޑަށް އިސްކަން ދޭކަމަށް ބުނެ ބަތަލާ ކަރީނާ ކަޕޫރު ފާޑުކިޔައިފި އެވެ.
ކަރީނާ މީޑިއާގައި ބުނީ މިހާރަކަށް އައިސް އެކްޓު ކުރުމާއި އެކްޓު ކުރަން ދަސްކުރުމަށް ވުރެ ފިރިހެން ތަރިން އިސްކަން ދެނީ ހަށިގަނޑު ބައްޓަން ކޮށް ސިކްސް ޕެކް އެބްސް (ގޮޅި ޖެހި) ހުންނާނެހެން ހަށިގަނޑު ބެހެއްޓުމަށް ކަމަށެވެ. އޭނާ ބުނީ ހުނަރުވެރިކަމާއި މޮޅު އެކްޓަރަކަށް ވަނީ ހަށިގަނޑުން ސިކްސް ޕެކް ހެދުމުން ނޫން ކަމަށެވެ.
ކަރީނާ ބުނީ މިހާރު ފިރިހެން ތަރިން ގަމީހެއް ޓީޝާޓެއް ނުލައި ހުންނަތަން ފެނުނީމު އަމިއްލައަށްވެސް ލަދު ގަންނަ ކަމަށެވެ. އަދި ގަޔަށް އެއްޗެއް ލައިގެން ހުރުމަށާއި އެމީހަކާއި ދިމާލަށް ބަލާލެނެވެން ނެތް ކަމަށް ބުނަން ބައެއް ފަހަރު ހިތަށް އަރާ ކަމަށް އޭނާ ބުންޏެވެ.
ކަރީނާ މިހެން ބުނި އިރު އޭނާގެ ފިރިމީހާ ސައިފް އަލީ ހާން އާއި ކަރީނާގެ ދޮންދަރި އިބްރާޙިމް އަލީ ހާން އަކީވެސް ބޮލީވުޑް ތަރިންގެ ތެރެއިން ހަށިގަނޑު ބައްޓަން ކުރުމުގައި ޖިމްއަށް ގޮސް ބުރަކޮށް މަސައްކަތް ކުރާ ބައެކެވެ.
ކަރީނާގެ މި ވާހަކައާއި ގުޅިގެން ހިޔާލު ފާޅުކުރި މީހުންވެސް ވަނީ ފިރިހެން ތަރިން މިހާރު ފިލްމުގައި މޮޅު އެކްޓިންއެއް ދެއްކުމަށްވުރެ ހަށިގަނޑު ދައްކާލައި ރީތިކޮށްލުމަށް އިސްކަން ދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް