އިމްރާން ހާޝިމީއަށް ސްވައިން ފްލޫ ޖެހި ޝޯއެއް ފަސް ކުރަން ޖެހިއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝިމީ ސްވައިން ފްލޫ ޕޮޒިޓިވްވެ އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ހަމަޖެހިފައި އޮތް ޝޯ ފަސްކޮށްފި އެވެ. އޭނާ ބަލިވާން ފެށީ ރާންޗީ ސިޓީއަށް ކުރި މަސައްކަތު ދަތުރެއްގެ...

30 Aug 2026 | 04:41
އިމްރާން ހާޝިމީ --

އިމްރާން ހާޝިމީ --

ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝިމީ ސްވައިން ފްލޫ ޕޮޒިޓިވްވެ އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ހަމަޖެހިފައި އޮތް ޝޯ ފަސްކޮށްފި އެވެ.

އޭނާ ބަލިވާން ފެށީ ރާންޗީ ސިޓީއަށް ކުރި މަސައްކަތު ދަތުރެއްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސްވައިން ފްލޫ ޖެހިފައި ހުރިކަން އެނގުނީ މާބޮޑަށް ބަލިވެ ހާލު ދެރަވާން ފެށުމުން ހެދި ޓެސްޓުތަކުން ކަމަށް ބުނެފައިވެ އެވެ.

ޑޮކްޓަރުން ވަނީ އޭނާ އަރާމު ކުރުމަށް ލަފާ ދީފައި އެވެ. ބެންގަލޫރުގެ ޝޯ ފަސް ކުރަން ޖެހުނީ ޑޮކްޓަރުން އަރާުމު ކުރުމަށް ލަފާ ދިނުމުން ކަމަށާއި މިހާރު އެ ޝޯ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސްވައިން ފުލޫ ޖެހުނުކަން އިމްރާން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް ޝޯ ފަސްކުރިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރި އެވެ. އަދި ޓިކެޓު ގަނެފައިވާ ފަރާތްތަކަށް އެ ޓީކެޓު އާ ތާރީހުގައި ބާއްވާ ޝޯގައި ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ.

ގާތްގަނޑަކަށް ދެ އަހަރަށްފަހު އިމްރާން ސްޓޭޖް ޕާފޯމެންސްތަކަށް އެނބުރި އައުމަށް ތައްޔާރުވަމުން ދިޔައީ ބެންގަލޫރާއި ހައިދަރާބާދުގައި ބޮލީވުޑް ޝޯތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމައެހެންމެ އިމްރާންގެ އެންމެ ފަހުގެ ފިލްމް އަވާރާޕަން 2 ބޮކްސް އޮފީހުގައި 200 ކުރޯޑު ރުޕީސް އިން މައްޗަށް ފާހަގަ ހުރަސްކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވެއެވެ. ނިތިން ކައްކަރު ޑައިރެކްޓްކޮށް ވިޝެޝް ފިލްމްސް ޕްރޮޑިއުސްކުރި މި ފިލްމުގައި ދީޝާ ޕާޓަނީ އާއި ޝަބާނާ އާޒްމީ ފަދަ ތަރިންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް