N/A
ބޮލީވުޑްގެ މަޝްހޫރު ތަރި ކިޔާރާ އެޑްވާނީ، ފިރިމީހާ ސިދާރްތް މަލްހޯތްރާ އަދި ދަރިފުޅާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މި ދެމެފިރިން ތިބީ ބ. އަތޮޅުގައި ހިންގާ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައެވެ.
ކިޔާރާ އާއި ސިދާރްތް ޗުއްޓީގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދާ އިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބިފައި ވަނީ ސުޝީ ތައްޔާރުކުރާ ތަން ބަލަން ހުރެ ކިޔާރާ "ބޭބީ ޝާކް" ލަވަ ކިޔާ ވީޑިއޯއަށެވެ. ސިދާރްތް ފަހަތުގައި ހެމުން ރެކޯޑް ކުރި މި ވީޑިއޯ ބެލުންތެރިންގެ ހިތްތައް ފަތަޙަކޮށް، "ކިޔާރާ ފުލް މަމާ މޯޑުގައި" ފަދަ ކޮމެންޓުތަކުން ސޯޝަލް މީޑިއާ ފުރައިލިއެވެ. މީގެ އިތުރުން ލެގޫން މައްޗަށް ހަދާފައިވާ ވޯޓާ ވިލާ އާއި އިރުއޮއްސޭ މަންޒަރުގެ ފޮޓޯތައް ވެސް ކިޔާރާ ހިއްސާކޮށްފައިވެއެވެ.
ސިދާރްތް ވެސް ވަނީ ކިޔާރާ އާ އެކު ނެގި ބިހައިންޑް ދަ ސީންސް ފޮޓޯއެއް ހިއްސާކޮށް، ރާއްޖޭގައި ޕްރޮފެޝަނަލް މަސައްކަތެއް ވެސް ކުރިއަށް ހިނގާ ކަމުގެ އިޝާރާތެއް ދީފައެވެ.
ކިޔާރާ އާއި ސިދާރްތް ކައިވެނި ކުރީ 2023 ފެބްރުއަރީގައެވެ. ފުރަތަމަ ދަރިފުޅު — އަންހެން ކުއްޖެއް — ލިބުނީ 2025 ޖޫންގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް