ޒަހީން ދޮންމަނިކު ލިޔެފައިވާ ރަންނަމާރި ވާހަކަ -
ރަންނަމާރީގެ ނަމުގައި ކުޑަކުދިންގެ އާ ވާހަކަ އެއް
ނެރެފިއެވެ.
މި ފޮތް ނެރެފައިވަނީ މިދިޔަ ބުދަ ދުވަހު ދިވެހިރާއްޖެ
އިސްލާންވީ ދުވަހާ ދިމާކޮށެވެ.
ކުޑަކުދިން ޝައުގުވެރި ވާނޭ ފަދަ ކުރެހުންތަކާއެކު ނެރެފައިވާ
24 ސަފްޙާގެ މިފޮތް ނެރެފައިވަނީ އިންސްޓަގްރާމްގައި ކުޑަކުދީންގެ ފޮތްތައް ވިއްކާ
ޕޭޖަކުންނެވެ. ކުޑަކުދިންނަށް ޚާއްސަކޮށް، ރަންނަމާރީގެ މަޝްހޫރު ވާހަކަ އައު ގޮތަކަށް
މި ފޮތުގައި ހުށަހަޅާފައިވެއެވެ. ޕީޖީ ރޭޓިންގ ދީފައިވާ މި ފޮތަކީ ހުރިހާ ކުޑަކުދިންނަށްވެސް
ކިޔަން އެކަށީގެންވާ ފޮތެކެވެ.
މި ފޮތުން، އިސްލާމްދީނާއި މީސްމީހުންނަށް ހެޔޮކޮށް
ހިތުމާއި ރަހުމަތްތެރިކަމާއި އޯގާވެރިކަމާއި ހިތްވަރުގަދަކަމުގެ މުހިންމު ފިލާވަޅުތައް ލިބިގެން ދާނެއެވެ. އަދި ރަންނަމާރީގެ ވާހަކަ ކުޑަކުދިންނާ
ހަމައަށް "ސެންސިޓިވް ތަފްޞީލެއް ނެތި" ހިއްސާކުރުމަކީ އޭނާގެ މަޤްޞަދު ކަމުގައި
ފޮތް ލިޔުނު ޒަހީން ދޮންމަނިކު ބުންޏެވެ. އަދި މި ފޮތުން ދިވެހި ތަރިކައިގެ މުހިންމު
ބައެއް ހިފަހައްޓައި، ކުޑަކުދިންގެ ބަސްކޮށާރު މުއްސަދިކޮށްދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ފޮތާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ޒަހީން
ބުނީ ފޮތުގެ ކޮންޓެންޓް ރިވިއުކޮށް ފާސްކުރުމުގައި ގިނަ ބައެއްގެ ޚިޔާލާއި އެހީ ލިބުނު
ކަމަށާއި ޚާއްސަކޮށް ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ އަދި ލިޔުންތެރިޔާ
ހަސަން ޝާކިރު މުޙައްމަދު ވެދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.
މި ފޮތުގެ އަގަކީ 115 ރުފިޔާއެވެ. ނަމަވެސް ފުރަތަމަ
100 ކަސްޓަމަރުންނަށް ޚާއްސަ އަގަކަށް 95 ރުފިޔާއަށް މިހާރު މި ފޮތް ލިބެން ހުރިއިރު،
މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދެއެވެ. ފޮތް އޯޑަރުކުރެވޭނީ ހަށަނަރަ
އިންސްޓަގްރާމް އެކައުންޓް hashanara.mv އަދި ފޭސްބުކް ޕޭޖު، hashanara.mv މެދުވެރިކޮށް ނުވަތަ
9996465 އަށް ގުޅުއްވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް