ރޫޕާލީ ގަންގޫލީ ބުނީ ޗުއްޓީ ހޭދަކުރަން ރާއްޖެއަށްވުރެ އިންޑިއާގެ ގޯއާ މާ ރަނގަޅު ކަމަށް

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ރޫޕާލީ ގަންގުލީ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ރާއްޖެއަށްވުރެ އިންޑިއާގެ ގޯއާ މާ ކަމުދާ ކަމަށް ބުނެފިއެވެ. އަނުޕަމާ ސީރީޒުން މަޝްހޫރުކަން ހޯދި ރޫޕާލީ ފި...

29 Aug 2026 | 11:33
N/A

N/A

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ރޫޕާލީ ގަންގުލީ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ރާއްޖެއަށްވުރެ އިންޑިއާގެ ގޯއާ މާ ކަމުދާ ކަމަށް ބުނެފިއެވެ.

އަނުޕަމާ ސީރީޒުން މަޝްހޫރުކަން ހޯދި ރޫޕާލީ ފިރިމީހާއާއި ދަރިފުޅާއި މަންމައާ އެކު ރާއްޖެއަށް ކުރި ދަތުރުގެ ތަޖުރިބާތައް ޔޫޓިއުބް ވީލޮގެއްގައި ހިއްސާކޮށްފައިވެއެވެ. ސީޕްލޭނުގައި ކުރި ދަތުރާ މެދު ފެނުނީ ޖޯޝެއް ނަމަވެސް ހޮޓެލަށް ދެވުމާ އެކު ގައުމު މަތިން ހަނދާންވާން ފެށި ކަމަށް އެ ތަރި ބުނެފައިވެއެވެ. ދަތުރުގެ ތެރޭގައި މަންމައާ އެކު ޕޫލެއްގައި ވަގުތު ހޭދަކޮށް ފެތުން ދަސްކޮށްދޭ މަންޒަރުތައްވެސް ވީލޮގުން ފެނިފައިވެއެވެ.

ޖަނަވާރު ދެކެ ލޯބިވާ ފަންނާނެއްގެ ގޮތުގައި މަޝްހޫރު ރޫޕާލީ ފާހަގަކުރީ ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި މަގުމަތީގައި އެއްވެސް ޖަނަވާރެއް ފެނިފައި ނުވާ ކަމަށެވެ. އެކަމާ ހެދި ގޭގައި ގެންގުޅޭ ޖަނަވާރުތައް މަތިން ވަރަށް ހަނދާންވި ކަމަށް އެ ތަރި ބުނެފައިވެއެވެ.

"ރާއްޖޭގައި އުޅުނުއިރު މަގުމަތީގައި އުޅޭ އެންމެ ޖަނަވާރެއްވެސް ނުފެނޭ. އެއީ ވަރަށް ހަނދާންވާ ކަމެއް. ރާއްޖެ ރީތި އެކަމަކު އެންމެ ރަނގަޅު. އަހަރެން އިހުތިޔާރުކުރާނީ ގޯއާ. ދުނިޔޭގެ ކޮންމެ ތަނަކަށް ދިޔަޔަސް އިންޑިއާއަށް ވުރެ ރަނގަޅު ތަނެއް ނެތް. ހިންދުސްތާނަށް ވުރެ ރަނގަޅު... ބާރަތަށް ވުރެ ރަނގަޅު... އެއްވެސް ތަނެއް ނެތް. ހަމާރާ ބާރަތު މަހާން" ރޫޕާލީ ބުނެފައިވެއެވެ.

އެނބުރި ގައުމަށް ދާ ފްލައިޓަށް އެރުމާ އެކު އާއިލާ އެންމެން ގެއިން ގެންދިޔަ ތެޕްލާ ކާން ފެށި ކަމަށް ރޫޕާލީ ކިޔައިދީފައިވެއެވެ. "އިންޑިއާ މީހުން އިންޑިއާއިން ބޭރަށް ގެންދެވިދާނެ އެކަމަކު އިންޑިއާ މީހުންގެ ހިތުން އިންޑިއާ ނެރުމަކީ ވާނެ ކަމެއް ނޫން. އިށީންނައިރަށް އެންމެން ތެޕްލާ ކާން ފެށީ" ކަމަށް އެ ތަރި ބުނެފައިވެއެވެ. މީގެ އިތުރުން ހޮޓެލުގައި އިޑްލީ ޗަޓްނީ އަދި ޕޯހާ ފަދަ އިންޑިއާގެ ހެނދުނުގެ ކެއުންތައް ލިބެން ހުރުމުން ހައިރާންވި ކަމަށްވެސް ބުނެފައިވެއެވެ.

ރޫޕާލީ ފުރަތަމަ ބެލުންތެރިންގެ މެދުގައި މަގުބޫލުވީ ސާރާބާއީ ވީއެސް ސާރާބާއީ ސީރީޒްގައި މޮނީޝާ ސާރާބާއީގެ ރޯލުންނެވެ. ފަހުން ކޯވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ދެއްކި އަނުޕަމާ ސީރީޒާ އެކު ޓީވީ ބެލުންތެރިންގެ އެންމެ ފެވޭ އެއް ތަރިއަށް އެ ފަންނާނު ވެގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް