ތާރާ ސުތާރިއާ ރާއްޖޭގައި -
ބޮލީވުޑް ބަތޮލާ، ތާރާ ސުތާރިއާ ރާއްޖޭގައި ޗުއްޓީ
ހޭދަކުރަމުން އެބަ ގެންދެއެވެ.
އޭނާގެ އިންސްޓަގްރާމް އެކައުންޓުން އެނގޭގޮތުގައި
ތާރާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޕަޓީނާ، ފަރި އައިލެންޑްސް ރިސޯޓުގައެވެ.
ތާރާ ރާއްޖެ އައީ ކޮން އިރަކު ކަމެއް ސީދާ ސާފެއް
ނޫނެވެ.
2019 ވަނަ އަހަރު "ސްޓޫޑަންޓް އޮފް ދަ އިޔާ
2" އިން ބޮލީވުޑަށް ނިކުތް ތާރާ އެންމެ ފަން ކުޅުނު ފިލްމަކީ 2023 ވަނަ
އަހަރު ކުޅުނު "އަޕުރްވާ" އެވެ.
އަންނަ އަހަރު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޮރ
ގްރޯން އަޕްސް" ކިޔާ ފިލްމެއް ކުޅުމަށް ސޮއިކޮށްފައިވެއެވެ.
އުމުރުން މިހާރު 28 އަހަރުގެ ތާރާ ލޯބީގެ ގޮތުން ގުޅިގެން
އުޅެނީ ފިލްމު "ސްކައި ފޯސް" އިން މަގުބޫލުކަން ހޯދި ވީރް ޕަހާރިޔާ
އާއިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް