| ފުރަތަމަ ބައި | ދެވަނަ ބައި | ތިންވަނަ ބައި | ހަތަރުވަނަ ބައި | ފަސްވަނަ ބައި | ހަވަނަ ބައި | ހަތްވަނަ ބައި | އަށްވަނަ ބައި |
އެއީ މާލެ މީހުން ވައްތަރު.. ދެދުވަހަށް ރަށަކަށް އެރިޔަސް ބޭނުންކޮއްލަން އެރަށަކުން އަންހެނެއް ގެންގުޅޭނެ..އެވަރު ތާރާ މެންކަހަލަ ބޮލެއްނެތް މީހުންނަށް ނުވިސްނެނީ..
އެފިރިހެނާ ބޭނުންވާވަރު ވީމަ އެދިޔައީ... ދެންނާންނާނެ...ދެން އަހަރެމެން ދެމީހުންގެ މެދަށް އެއްވެސް ހުރަހެއްނެތް ...
އަހަރެން ދެން މިވާހަކަ ނިޔާޒްއާ ދައްކާކަށް ބޭނުމެއްނޫން .. ތާރާ ރުހުމުގައި އަހަރެންނާ އިންނާނެ'..ސަލާމް ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ.
**
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ތަމަންގެ ދިރިއުޅުމަށްވެސް ވަރަށް ބޮޑު ބަދަލުތަކެއްއައެވެ
ތަމަންގެ ހަޔާތުން ނުލިބުނު މަންމައެއްގެ ލޯބި ފަޒްލާގެ ފަރާތުން އެންމެ ފުރިހަމަ ގޮތުގައި ލިބެމުން ދިޔައެވެ.
އަރުކަންއާއި އާރިންވެސް އަމިއްލަ ކޮއްކޮއެއްދެކެވާ ލޯބި ތަމަންދެކެވެއެވެ.ތަމަންއާއި އެކު ގޭތެރެއަށް އާ ދިރުމެއް އައިއްސިކަން ނާޒިމްއަށްވެސް އެނގުނެވެ..
ފަޒްލާއަކީ ޒަމާނީ ފެޝަންތަކައް ލޯބިކުރާ މީހެއްކަމުން ފަޒްލާއަށް ތަމަންގެ ހެދުންއެޅުން ކަމަކު ނުދިޔައެވެ. ރުފިޔާއަށް ބެލުމެއްނެތި އެންމެ ޒަމާނީ ހެދުންތަކާއި މޭކަޕްއިން އަލަމާރިއާއި ޑްރެސިންގްޓޭބަލް މަތި ފުރާލިއިރު ފައިވާން ހަރުވެސްވަނީ އެކިކުލަ ކުލައި ފައިވާންތަކުންފުރާލާފައެވެ.
އަބަދު ހުޅިޖަހާފައިއޮންނަ މަޑުމުށިކުލައަށްދާ ރީތި ބުޅިއިސްތަށިގަނޑު ފަންކޮއްލީ ފަޒްލާއަށް އެގޮތަށް ރީތިވުމުންނެވެ..
ރަށުގައި އުޅުންއިރު ތާރާކައިރީ ބޮޑާހާކަން ކެރުނަސް ފަޒްލާގެ ކުރިމަތީގައި އެކަމާދެކޮޅުހަދާކަން ތަމަންއަކަށް ނުކެރުނެވެ.
**
ރޭނގަނޑު ދިހައެއް ޖެހުމުން ނިޔާޒް ކޮޓަރިއަށް ވަނުމުން ތާރާވެސް ކޮޓަރިއަށް ވަދެ ނިދާއެއްޗެހި ބަދަލްކޮއްލައިގެން ފާހާނާއިން ނިކުތްއިރު ވައިބާއިން މެސެޖެއް އައިސްއޮތެވެ. އަވަސްކޮއްލާފައި މެސެޖް ހުޅުވާލީ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮއްލަމުންނެވެ.
ކިތަންމެ ދުރުގައިހުއްޓަސް ދުނިޔެއަށް އައިސްފައިވާ ތަރައްގީއާއި ތަހުޒީބުން އެހާދުރުގައިހުރި ކޮއްކޮއާއި ވާހަކަދައްކާކަށް ތާރާއަށް އުނދަގޫ ކަމަކަށް ނުވިއެވެ.
ރާއްޖެއާއި އެމެރިކާއާއި ނުވަ ގަޑިއިރުގެ ތަފާތެއް ހުރުމުން ތާޜާ ނިދަން ކޮޓަރިއަށް ވަންނައިރު އަދި ތަމަންމެންނަށް ހުންނަނީ މެންދުރުފަސްވެ ހަވީރުވުމާ ގާތްވެފައެވެ.
ކޮންމެ ކަމެއް ކުރަން އިނދެފައިވެސް ތަމަން އެގަޑިއަށް ތާރާއަށް ވަގުތުދޭނެއެވެ. ދުރުގައި ހުއްޓަސް އެދެމެދުގައި ކުޑަވެސް ދުރުކަމެއް އުފެދޭކަށް ދެބެންވެސް ބޭނުމެއްނުވެއެވެ. ތާރާއަށް އެގޭތެރޭގެ ކަންތައްތަކާއި ފަޒްލާ ތަމަންއަށް ބަހައްޓާ ދަރިއެއްފަދަ ގާތްގުޅުމުން ތާރާގެ ހުރިހާ ހިތާމަތައް ފިލާ ދިޔަ ކަހަލައެވެ.
އުންމީދު ކުރެވެމުން ދިޔައީ ލޯބިވާ ކޮއްކޮއާއި އެކު އުފާވެރި ދިރިއުޅުމެއް ލިބޭނެ ދުވަހަކަށެވެ.
އެދުވަހަކައްޓަކާ މިހާރުވެސް އެހިތް ކެއްތެރިކަމެއްނެތި އިންތިޒާރުކުރެވެއެވެ.
ދުނިޔެ އެކިދުވަހު ދައްކާ އެކިކުލައަށް ކެތްތެރިވެއްޖެ ނަމަ އެމީހެއްގެ ހަޔާތް އުޖާލާވެގެންދާނެއެވެ.
ސާފް ރީތި ދުވަސްތަކަކަށްފަހު ބަނަ ދުވަސްތަކެއް އަންނަ ފަދައިން އުފާވެރިދުވަސް ތަކަކަށްފަހު ހިތާމަވެރިދުވަސްތަކެއް އާދައެވެ.
އުފާވެރިކަމާއި މަޖަލުގައި އާއިލާމީހުންނާ ރައްޓެހިންނާއެކު އުޅުމައްފަހު އެމީހެއް ދުރަށްދިއުމުން ލިބޭ ވޭން އެންމެ ރަގަޅައް އެނގޭނެ އެކަކީ ގައިމުވެސް ތާރާކަން ޔަގީނެވެ.
ދުވަސްތައް ފާއިތުވަމުންދާ ބާރުމިނުގައި ތާރާގެ ހަޔާތައްވެސް އެކިދުވަހު ދައްކަނީ އެކިކުލައެވެ.
ކެތްތެރިވާން ކިތަންމެ މަސައްކަތެއް ކުރިޔަސް ދުނިޔޭގެ އިމްތިހާނައް ތާރާއަށް ކެތްކުރަން ދަތިވާފަހަރުއާދެއެވެ.
ޝަބާއާއި ޔަޒާންއަށް އިތުރަށް ކިޔަވައިދިނުމައްޓަކާ އެމީހުންގެ މައިންބައިފައިން ދިރިއުޅުން މާލެ ބަދަލު ކުރަން ނިންމާ ޔަޒާންއާއި އައިޒާގެ ކައިވެނިވެސް ކުއްލިގޮތަކަށް ކުރެވުނެވެ.
ޗުއްޓީ ނިމެން ދެތިންދުވަހައްވެފައިހުއްޓައި ޝަބާ ތާރާއާއި ވަކިވެގެން ދިޔައީ އިތުރު އެކަނިވެރިކަމެއް ތާރާގެ ހަޔާތައްދީފައެވެ.
ވަށައިގެން އެކަނިވެރިކަމުގެ އަދިރިން ތާރާގެ ހަޔާތް ބަނަވަމުން ދިޔައިރު އެއަނދިރިކަން އަލިކަމައް ބަދަލްކުރެވޭތޯ މާކިން ކެނޑި ނޭޅި މަސައްކަތްކުރަމުން ދެއެވެ.
މާކިންގެ އާއިލާގެރުހުމާއެކު ކައިވެންޏައް ބޭނުންވާ ހުރިހާއެއްޗެއް ގަނެ އެންމެ ފަހުގެ ތައްޔާރީތައް ދެމީހުން ކުރަމުން ދިޔައިރު އެއިން އެއްވެސް ކަމެއް ސަލާމްއަށް ރޭކާވެސް ނުލައެވެ.
ތުންފަތްމަތިން ނުފިލާހުންނަ ހިނިތުންވުމުން އޭނާއާއި ތާރާގެ ގުޅުމަށް އެއްވެސް މީހެއްގެ އުނދަގޫ ދެން ނުފޯރާނޭ ބުނާކަހަލައެވެ.
**
ދުވަސްތައް ފާއިތުވަމުންދާއިރު ދޮންތައާއި ބައްޕަގެ އުންމީދުތައް ފުރިހަމަ ކޮއްދިނުމަށްޓަކާ ތަމަން ކިޔެވުމައިގެން ކުރިއަށް ދެއެވެ.
ގޭތެރޭގެ މާހައުލުން ތަމަންއަށް އެއްވެސް ކަމެއް ދަތިވިޔަނުދީ ފަޒްލާގެ ދެމަފިރިން ކެނޑިނޭޅި މަސައްކަތް ކުރަންމުންދިޔައެވެ.
އަރުކަންއާއި އާރިންގެ ފަރާތުން ކިޔެވުމަށްލިބެމުންދިޔަ އެއްބާރުލުމުން ތަމަންއަށް ކިޔެވުމަށް އެތައްފަސޭހައެއް ވެގެންދިޔައެވެ.
އެނދުކައިރީގައި ހުރި ސައިޑްޓޭބަލް މަތީ ބާއްވާފައި އޮތް ފޯނު އެލާމް ވާން ފެށުމުން ތަމަން ކަންނެއްކަމާއެކު ލޯހުޅުވާލިއެވެ.ނިދީގެ އަސަރުވި ބަރު އެސްފިޔަތައް ހުޅުވަންބޭނުން ނުވިޔަސް އޭނާއަށް ތެދުވަން މަޖުބޫރުވިއެވެ.
ސަބަބަކީ އޭނަގެ ބައްޕައާއި ދޮންތަ ދީފައިވާ ތަރުބިއްޔަތުގެ ސަބަބުން އެންމެ ނަމާދެއްވެސް ވައްޓާލަން ބޭނުން ނުވާތީއެވެ.
ފޯނުގެ އެލާމް އޮފްކޮށްލުމައްފަހު ކަންނެތް ގޮތަކައް އެނދުންތެދުވެ ފާހާނާއާ ދިމާއަށް ހިނގައިގަތެވެ،
ފާހާނާއިން ނިކުމެ ފަތިސްނަމާދު ކޮއްލައިގެން ތަމަންދިޔައީ ބެލްކަންޏަށް ނިކުންނަންހުރި ދޮރާ ދިމާލަށެވެ. ދޮރުގައި ދަމާފައިވާ ފަރުދާ އެއްފަރާތް ކޮއްލުމައްފަހު ދޮރުފަތް ދަމާލާ ތަމަން ބެލްކަންޏަށް ނިކުތެވެ.
ފަތިހުގެ އެހިތްގައިމުވަގުތުގައި މުޅި ޖައްވު އެއްވަސްވެފައިވަނީ މާތަކުގެ މީރުވަހުންނެވެ. އެވަހުން ހަށިގަނޑަށް އާރޯކަމެއް ލިބުނުކަހަލައެވެ އިރުކޮޅަކު އެހެން ހުރުމަށްފަހު ތަމަން ތިރިއަށްދާން ހިނގައިގަތެވެ.
ބަދިގެއަށް ވަދެ އަމިއްލައަށް ކޮފީ ތައްޓެއްހަދާލީ މޯނީ ހޭލާގަޑި އަދި ނުޖެހޭތީއެވެ.
ކަމެއް ބޭނުންވެއްޖެ ނަމަ މޯނީއަށް ގޮވަން ފަޒްލާ ބުނެފައިއޮތަސް އެވަރު ކުޑަ ކަމެއްކޮއްލަން މޯނީއަށް އުދަގޫ ކުރަން ތަމަން ބޭނުންނުވީއެވެ.
ކޮފީތަށި ހިފައިގެން ތަމަން ކޮތަރިއަށް ވަދެ ބެލްކަނީގައި ބަހައްޓާފައިވާ ކުޑަމޭޒްމަތީ ކޮފީތަށި ބަހައްޓާފައި ކައިރީ ހުރި ގޮނޑީގައި އިށީނީ އަދިރިކަން ފިލާ ދުނިޔެމަތި އަލިވެގެން އަންނަވަގުތު އެމަންޒަރު އަބަދުވެސް ބަލާ ހިތްވާތީއެވެ.
**
ބަދިގެތެރޭގައި ހެދުނުގެ ނާސްތާ ތައްޔާރުކުރަމުން ދިޔަ ތާރާ ވިސްނަމުން ދިޔައީ މާދަން މާކިން ކައިވެނިކުރަން އެރަށައް އައުމުގެ ކުރިން ނިޔާޒްއާއި އެވާހަކަ ދެއްކުމަށެވެ.
މޭޒްމަތީގައި ބާއްވާފައިވާ ފޯން ރިންގްވާންފެށުމުން ތާރާ ފޯންބަލާލިއެވެ. މާކިންގެ ކޯލަކައްވުމުން އަވަސް އަވަހައް ނަގާ ކަންފަތުގައި ޖައްސާލިއެވެ.
"މިހާރު ބުނެފިންތަ؟ އެހާ އިރު ކޮށްފަ މިގުޅީ.... ދިއުމުގެ ކުރިން ބައްޕަ ގަބޫލުތޯ ބަލަން އަހަރެން ބޭނުން"..މާކިން ރޭގައި ފޯންބޭއްވީ މިއަދު ބައްޕައާއި އެވާހަކަ ދައްކަން ތާރާގެ ގާތު ބުނެފައެވެ އެހެންވެ މާކިންބުނެލިއެވެ.
'އަދި ނުދައްކަން..އެކަމަކު މިއަދު ބުނާނަން ..އަހަރެންވެސް ބޭނުންވަނީ އަވަހަށް ކައިވެނިކުރެވެން... ތާރާ އެހެން ބުނި އަޑުން ބަދިގެއަށް ވަންނަން އައި ސަލާމްގެ ފިޔަވަޅު ބިމުގައި ތަތްވިކަހަލައެވެ.
މޫނުމަތިން ވަގުތުން ދާހިތްލަންފެށިއެވެ.
ދެމީހުންގެ ގުޅުން ކެޑުނީކަމަށް ވިސްނައިގެން ހަމަޖެހިގެން ތާރާގާތު އެވާހަކަ ދައްކަން ހުއްޓައި ކަންފަތަށް އެއިވުން ހަބަރުން ސަލާމްއަށް ތެޅިގަނެވުނެވެ.
ތާރާ ފޯން ކަނޑާލަންދެން އިރުކޮޅަކު ބޭރުގައިހުރުމަށްފަހު ސަލާމްއެތެރެއަށް ވަނެވެ..
އަހަރެން ތާޜާގާތު ވާހަކައެއް ދައްކަންވެފަ އެބައޮތް.. ސަލާމް ހިތްހާސްވެފަ ހުރިވަރުން ހަމަ ޖެހިގެން ވާހަކަ ދައްކާކަށް ފަސޭހައެއްނުވިއެވެ.
ސަލމް އެހެން ބުނުމުން ތާރާ ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.
.އަހަރެން ދައްކަން އުޅޭ ވާހަކަ ދެއްކީމަ ތާރާ އަހަރެންނާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެސް ވެދާނެ.. އެކަމަކު އިތުރައް ދެން އަހަރެން މިވާހަކަ ނުދައްކާ ލަސްކުރާކަށް ބޭނުމެއް ނޫން.. އަހަރެން މިހުރިހާ ނިންމުމެއް މި ނިންމަނީ ތާރާމެންނައ ވިސްނާފަ..
މިއަދުވެސް އަހަރެން ތާރާމެންނަށް ވަމުންދާ އެހީތައް ހުއްޓާލައިފިއްޔާ ތާރާމެން ތިބޭނީ ވަންނާނެ ގެދޮރެއްނެތި މަގުމަތި ވެފަކަން އަހަރެންނަށް ޔަގީން..
ތާރާއަށް ވެސް އެނގޭނެ އެންމެ ފަހުން ނިޔާޒްގެ ފަރުވާއަށް ބޭރައްދިޔައީވެސް އަހަރެންގެ އަތުން ވަރައް ބޮޑު އެއްޗެއްނަގައިގެންކަން ... އެގޮތައް ރުފިޔާ ނަގާފަ މިހާރު އަހަރެންނައް ދޭންވެފަ ހުރި ރުފިޔާ ދެލައްކައަށްވުރެ ގިނަވާނެ... އެކަމަކު އެއިން އެއްވެސް ރުފިޔާއެއް އަބުރާ ދޭށޭވެސް އަހަރެން ނުބުނަން.. އަހަރެން އެހާވެސް ރަގަޅައް ތިއާއިލާއަށް ބަލައިގެން މިއުޅުނީ... އަހަރެން މީހަކާވެސް ނީދެ މިހުރިހާ ދުވަހުވެސް މިހުރީ އަހަރެން ގޮއްސިއްޔާ ނިޔާޒްއަށް ރަގަޅައް ބަލާނެ މީހެއް ނުހުންނާނެކަން އެނގޭތީ.. އަހަރެން ދުވަހަކުވެސް ތިއާއިލާއަށް ދެރަގޮތެއް ވާންނޭދޭތީ.. އަހަރެންނަށް އެނގޭ ތާރާ މެން މީހުންނާ އިނދެވުނީމަ އަހަރެންގެ ބޭނުމެއް ނޯންނާނެ ކަން .. އެކަމަކު އަހަރެން ބަލާހެން ނިޔާޒްއަށް އަޅާލާނެ އިތުރު މީހެއް ނުވާނެ... ސަލާމް ވާހަކަ ދައްކަމުން ދިޔައިރު ތާރާހުރީ ވާނުވާ ނޭގޭ ކަހަލަ ގޮތަކައް އެއްވެސް އެއްޗެއް ނުބުނެ ސަލާމްއަށް ބަލާށެވެ.
އަހަރެން އެއްވެސް ކަމަކައް ތާރާއަށް މަޖުބޫރު ކުރުވާކަށް ބޭނުމެއްނުން ... އަހަރެން މި ހުރިހާ ނިންމުމެއް މިނިންމަނީ ހަމަ ނިޔާޒްއަށްވެސް ރަގަޅަކަށް... ތާރާގަބޫލް ނަމަ އަހަރެން މުޅިއުމުރައް ނިޔާޒްބަލައިދޭން މިހުރީ ތައްޔާރަށް.. އޭރައް އަހަރެން އަތުންނަގާފައިވާ އެއްވެސް ރުފިޔާއެއްވެސް އަހަރެން ބޭނުމެއްނޫން.. އަހަރެން ހަމައެކަނި ބޭނުންވަނީ ތާރާ....
ސަލާމްގެ ފަހު ޖުމްލަ ތާރާގެ ކަންފަތާ ހިސާބައް އައީ ހޮނގުގުރިއެއްގެ ގޮތުގައެވެ.
ދެލޯބޮޑުވެ އަނގަ މަތީ އަތްއެޅުނީ މިހުރިހާދުވަހު ބޭބެއެއްގެ ގޮތަށްބެލި މީހާ އޭނާއާއި ދޭތެރޭ ދެކޭގޮތް އެނގުމުންނެވެ.
ތާރާ ވިސްނާލަބަލަ ތިގޮތަށް ރަށަށް އަރާ މީހުންނަށް އިތުބާރު ކުރާކަށް ނުވާނެ.. އަހަރެންނަށް ވަރަށް ރަގަޅައް އެނގޭ މީހެއްތި މާކިންއަކީ ،،،"ކޮންމެ އަންހެނަކާހެދިވެސް އޭނަ އެހެން އުޅެފަ ފަހުވަގުތު ފިލާނެ..
ހުއްޓާލާ ... މާކިންއަކީ ތިހީކުރާކަހަލަ މީހެއްނޫން .. އަހަރެން މާކިން ނޫން މީހަކާ ނީންނާނަން.. މާކިން އަހަރެންނަކަށްވެސް އަހަރެންގެ އާއިލާއަކަށްވެސް ދެރަގޮތެއް ނުހަދާނެއެވެ.
އަހަރެން ގަބޫލް އަހަރެންގެ ބައްޕަ ފަރުވާއަށް ބޭބެ އަތުން ލާރިނެގިކަން..އެކަމަކު އޭގެ މާނައަކީ އަހަރެން މާކިން ދޫކޮއްލާ އެހެންމީހަކާ އިންނާށެކޭ ނޫން .... އަހަރެން ދެކުނީ ތީ އަހަރެންގެ އެއްބަޑުއެއްބަފާ ބޭބެ އެއްގޮތުގަ... އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން އަހަރެންނާދޭތެރޭ ތިކަހަކަ ގޮތަކައް ދެކިފާނެކަމަކަށްވެސް....
އަހަރެންގެ ހަށިގަނޑުގައި ނޭވާ ހިނގާހާ ހިދަކު މާކިންނޫންމީހަކާ ނީންނާނަން.. އެންމެންނަށް އިހުތިރާމް ކުރާ ތާރާގެ އަޑުގައި މިހާރުވަނީ ހަރުކަށިކަމެކެވެ.
ތީ ތާރާގެ ނިންމުން ކަމުގައި ވަންޏާ އަހަރެންވެސް ހަޔާތުންދުވަސްތައް ބޭކާރުކޮއްލާކަށް ބޭނުމެއްނޫން ދެދުވަސް ތެރޭ އަހަރެން މިތަން ދޫކޮއްފަ ދާނަން އޭގެ ކުރިން އަހަރެން އަތުން ދިޔަ ހަރަދު އަހަރެން ބޭނުން...ސަލާމް އެހެން ބުނެ ބާރު ބާރައް ބަދިގެއިންނިކުމެގެން ދިޔައެވެ. އޭރު އެމޫނުމަތިން ސަލާމް ރުޅިއައިސް ހުރިވަރު ބަލައިލާ މީހަކައް ވިއްޔާ އެނގޭނެއެވެ.
ސަލާމްގެވާހަކަތަކުން ތާރާގެ ހިތް ރޮއްވާލައިފިއެވެ. އެލާރި ހޯދާނެގޮތަކާއި މެދުވެސް ވިސްނަން ތާރާއަށް މަޖުބޫރުވެއްޖެއެވެ. މާކިންގާތު އެވާހަކަ ބުނާނެ ގޮތެއްވެސް އޭނާއަށް ނޭގެއެވެ.
އިތުރުގޮތެއްވެސް މިވަގުތު ތާރާއަށް ނެތެވެ. ކޮންމެ ކަމެއް ޖެހިގެން ބުނަންވެސް މާކިން ނޫން އިތުރު އެއްވެސްމީހެއް އޭނަގެ ހަޔާތުގައި ނެތެވެ،..
ގޭތެރެއިން ނިޔާޒް ތާރާއަށް ގޮވާއަޑަށް ސިހިފައި ތާރާއަށް ފުންމައިގެން ތެދުވެވުނެވެ. ސަލާމް ދިޔައިން ސުރެ އެއްވެސްކަމެއް ނުވެ އިދެވުނީ އެވެ. ސިންކް ކައިރިއަށް ގޮސް މޫނުގައި ފެންކޮޅެއް އުގުޅާލީ ރޮއިފައި ހުރިކަން ނިޔާޒްއަށް އަންގަން ބޭނުންނުވާތީއެވެ.
ހާދައިރެއް މިއަދު ބައްޕަ ވަރަށް ބަނޑުހައިވެއްޖެ.. ނިޔާޒް ގަޑިއަށް ބަލައިލަމުން ބުންޏެވެ.
ދިހައެއްޖެހީދޯ ބައްޕާ..މިއަންނަނީ އިނގޭ ރޮށި މޮޑެގެން ކޮއްކޮއާ ވާހަކަ ދައްކަން އިނީމަ ހަދާންނެތުނީ.. ތާރާ ގަސްތުގައި ނިޔާޒްއަށްދޮގެއްހެދީ ސަލާމްއާއި ދެމެދު ދެކެވުނުވާހަކަ ނިޔާޒްއަށް ސިއްރުކުރަންވެގެންނެވެ.
އެވާހަކަ އެނގި ބައްޕަ ހިތާމަކުރަން ތާރާ ބޭނުންނުވިއެވެ. މިވީ ދުވަސްކޮޅު ތެރޭގައި ސަލާމް ފަރާތުން ތަފާތުކަމެއް ތާރާއަށްފާހަގަވިއެވެ. އެބެލުމުގައި ހުންނަ ގޮތާއި ގިނަވަގުތު ތާރާ ފެންނަ ހިސާބުގައި ސަލާމް އުޅެން ފެށުމުން ތާރާއަށް އުދަގޫތަކެއް ވާންފެށިއެވެ.
އެއީ ކުށްހީއެއް ކަމަށް ހީކޮށްލާ ތާރާ އެކަމާ ވިސްނަން ބޭނުންނުވީ ބައްޕައަށް އޭނަ ބަހައްޓާ ގާތްކަމުގެ ސަބަބުންނެވެ.
ނަމަވެސްމިއަދު ތާރާ ސަލާމްއާއި ދޭތެރޭ ދެކޭގޮތް ބަދަލްވެއްޖެއެވެ." "އެއްވެސް މީހެއް އެދުމެއްނެތި ހިލޭ ސާބަހަށް އެހެން ނޫޅޭނެކަން އަހަރެންނައް ވިސްނާލެވުންނަމަ...
އެންމެ ވަގުތު ކޮޅެއްވެސް މަޑުކުރުމެއްނެތި ބައްޕައަށް ސައި ދިނުމައްފަހު ތާރާ ކޮޓަރިއަށް ވަދެ މާކިންއަށް ގުޅިއެވެ.ތާރާގެ އަޑު ޖެހުމާއެކު އެއަޑުގައި ތަފާތުކަމެއް ހުރިކަން މާކިން ނަގައިގަތެވެ.
ބުނަންނުކެރި ހުރެފައިވެސް މާކިން މާވަރައް ކިޔަންފެށުމުން ތާރާ މިއަދު ކަންތައް ވީގޮތް މާކިންއަށް ކިޔައިދިނެވެ.ހަމައެކަނި ނުބުނީ ސަލާމް އޭނައާއި އިންނަން ބޭނުންވި ވާހަކައެވެ. އެވާހަކަ ބުނާނެހާ ހިތްވަރުވެސް ތާރާއަށް ނުލިބުނީއެވެ.
އަހަރެންއަށް އޭރުވެސް ހީވިއޭ އެކަހަލަ އެއްޗެއް ... އޭނައަށް ދޭންވާ ލާރި މާދަން އޭނައާ ހަވާލް ކުރާނަން.އެކަމާ އެހާ ބޮޑަށް ނުވިސްނާތި . ތާރާގެ ވާހަކަ ނިމުމުން މާކިން ބުނެލިއެވެ.
މާކިންގެ ލޯބި ބަސްތަކުން އެހުރިހާކަމެއް ހަދާންނައްތުވާލައިފިއެވެ.
ގޭ ދޮރުމަތީ ދެކޮޅަށް ހިނގަ ހިނގަ ހުރި ސަލާމްގެ ފޯނު ރިންގްވާން ފެށުމާއެކު ނަގާ ކަންފަތުގައި ޖެއްސިއެވެ..އެކޮޅުން އެއްޗެއް ބުނުމުގެ ކުރިން ސަލާމްބޭނުން ހުރިހާ ވާހަކައެއް ދައްކާ ނިންމާލިއެވެ.
މިކަން ފަނިވިޔަ ނުދޭތި އަހަރެން މިފޮނުވާލަނީ އޭނަގެ ފޮޓޯއަކާ ހުރިހާ މައުލޫމާތެއް...ސަލާމް އެހެން ބުނެ ފޯން ކަނޑާލިއިރު މޫނުމަތީ ހިނިތުންވުމެއްހުއްޓެވެ.
ނުނިމޭ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް