ސާރާ، އަމްރީނާ އަދި އިބްރާހިމް (ކ) އޮރީ (ވ) --
ސޯޝަލް މީޑިއާގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އިންޑިއާގެ އޯރްހާން އަވަތުރަމާނީ ނުވަތަ އެންމެން ދަންނަ ނަމުން ނަމަ "އޮރީ"އަށް އެންމެ ބޮޑު ހިތްދަތިކަމެއް ދިނީ ބޮލީވުޑްގެ ތަރި ސާރާ އަލީ ހާންގެ މަންމަ އަމްރިތާ ސިންގް ކަމަށް ބުނެފި އެވެ.
ޕިންކް ވިލާ ނޫހަަށް ދިން އިންޓަވިއުއެއްގައި އޮރީ ބުނީ އެ ހާދިސާ ހިނގީ 2021 ވަނަ އަހަރު ކަމަށެވެ. ނަމަވެސް ކަމުގެ ހަގީގަތާއި މައްސަލަ ޖެހެން ޖެހުނު ސަބަބު އޮރީ ހާމައެއް ނުކުރެ އެވެ.
އޭނާ ބުނީ މީގެ ކުރިން އެކަހަލަ ކަމެއް ތަޖުރިބާ ނުކުރާ ކަމަށެވެ. އެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ވަރަށް އަނދިރި ދުވަސްތަކެއް ކުރިމަތިވި ކަމަށެވެ. އަމްރީތާ އޭނާ "ނަރަކައެއްގެ ތެރެއަށް ވައްޓާލީ" ކަމަށް ވެސް އޮރީ ބުންޏެވެ.
އޮރީ ބުނީ އެ ކަންތައް ގަނޑުން އަރައިގަތީ އާއިލާ އާއި ރައްޓެހިން ދިން ހިތްވަރުން ކަމަށެވެ. އަދި އެ ތަޖުރިބާގެ ސަބަބުން އެއްވެސް ކަމަކާ ހެދި ދެރަ ނުވާ މީހަކަށް ބަދަލުވި ކަމަށް އޭނާ ބުންޏެވެ.
އޮރީ އާއި ސާރާ ޢަލީ ޚާންއާ ދެމެދު ސޯޝަލް މީޑިއާގައި ނުސީދާ ހަމަލާތަކެއް ބަދަލުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮރީ ކުރިން ޝެއާކުރި ރީލެއްގައި "އަހަންނަށް އެނގޭ އެންމެ ގޯސް ނަންތަކަކީ ކޮބާ" ލިޔެ ދެން ދެއްކި ފުރޭމުގައި އަމްރީތާ، ސާރާ އަދި ޕަލަކް ޖަހާފައި ހުއްޓެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ސާރާގެ އުފަން ދުވަހު އޮރީ ހިއްސާކުރި ފޮޓޯތައް ސާރާ ބަލައިނުގަތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސާރާގެ ބޭބެ އިބްރާހީމް ޢަލީ ޚާން ވެސް ކުރިން އޮރީއާ ގާތް ގުޅުމެއް އޮތް ނަމަވެސް ފަހުން އެ ގުޅުން ކެނޑުނު ކަމަށް ބުނެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް