މަންޒަރެއް ކުޅުމުގެ ތެރޭގައި އައްޒަގެ އަނގަމަތި ފަޅައިގެން ގޮސްފި - ދަތުން ތަންކޮޅެއް ބިނދުނު

ދިވެހި ޑްރާމާ ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަންގެ ޝޫޓިންއެއް ކުރިއަށްދަނިކޮށް ހިނގި ހާދިސާއެއްގައި މަރިޔަމް އައްޒަ (އައްޒަ)ގެ އަނގަމަތި ފަޅައިގެންގޮސްފިއެވެ. ރޭގައި ކުރިއަށްދިޔަ ޓިކްޓޮކް ލައިވެއްގައި "ހު...

26 Oct 2025 | 00:03
އައްޒަގެ އިންސްޓަގްރާމް ސްޓޯރީތަކުން ނަގާފައިވާ މަންޒަރުތަކެއް -

އައްޒަގެ އިންސްޓަގްރާމް ސްޓޯރީތަކުން ނަގާފައިވާ މަންޒަރުތަކެއް -

ދިވެހި ޑްރާމާ ސީރީޒް "ހުވާ" ގެ ދެވަނަ

ސީޒަންގެ ޝޫޓިންއެއް ކުރިއަށްދަނިކޮށް ހިނގި ހާދިސާއެއްގައި މަރިޔަމް އައްޒަ (އައްޒަ)ގެ

އަނގަމަތި ފަޅައިގެންގޮސްފިއެވެ.

ރޭގައި ކުރިއަށްދިޔަ ޓިކްޓޮކް ލައިވެއްގައި "ހުވާ"

ގެ އެއް ޑިރެކްޓަރު ފާތިމަތު ނަހުލާ ބުނީ އެ ހާދިސާ ހިނގަން މެދުވެރިވީ ފިލްމުގެ

އެއް ކާސްޓް ކަމުގައިވާ އަހުމަދު އީސާ (އާނަންދު) ސީނެއްގައި އައްޒަ ކޮއްޕާލި

ވަގުތު އަނގަ ވަތަށް ވެއްޓިގެން ކަމަށެވެ.

"ހުވާ" ސީރީޒްގެ ފޭސްބުކް ޕޭޖްގައި އައްޒަ

އަނގަމަތި ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް

އަޕްލޯޑްކޮށްފައިވެއެވެ. އައްޒަގެ ދަތަކަށް ގެއްލުންވެފައިވާ މަންޒަރުވެސް އެ

ވީޑިއޯއިން ފެންނައިރު ރޭގެ ލައިވްގައި އެކަން ނަހުލާ ކަށަވަރުކޮށްދީފައިވެއެވެ.

ނަހުލާ ބުނެފައިވަނީ ފަރުވާ ދިނުމަށްފަހު އައްޒަ

މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް