ބޮޑު މަރާމާތަކަށް ފަހު ޝާހްރުކްގެ އާއިލާ ގެއަށް ބަދަލުވާން ތައްޔާރުވަނީ!

ބޮލީވުޑްގެ ކިންގް ޝާހްރުކް ހާންގެ އާއިލީ ގެ މަންނަތުގެ ބޮޑު މަރާމާތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެ ގޭގެ މަރާމާތުގެ މަސައްކަތްތަކަށް ޖާގަ ދިނުމަށް ޝާހްރުކާއި އ...

26 Aug 2026 | 04:50
ޝާހްރުކް ހާން --

ޝާހްރުކް ހާން --

ބޮލީވުޑްގެ ކިންގް ޝާހްރުކް ހާންގެ އާއިލީ ގެ މަންނަތުގެ ބޮޑު މަރާމާތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ގޭގެ މަރާމާތުގެ މަސައްކަތްތަކަށް ޖާގަ ދިނުމަށް ޝާހްރުކާއި އަންހެނުން ގޯރީ އަދި ތިން ދަރިން އެހެން ތަނަކަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

މަރާމާތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ގެންދިޔަ ނަމަވެސް ބައެއް ގާނޫނީ މައްސަލަތައް ބައެއް ފަރާތްތަކުން ނެގުމުން މަސައްކަތަށް މަޑު ޖެހުން އައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހުރިހާ މަސައްކަތެއް ނިމި އަންނަ ޑިސެމްބަރު މަހު އާއިލާ އެގެއަށް ބަދަލުވާނެ އެވެ. އެ ގެއަށް ގެންނަ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ގޯތި ތެރޭގައި ހުންނަ ހަ ފަންގިފިލާގެ އެނެކްސް ބިލްޑިންގަކަށް އިތުރު ދެ ފަންގިފިލާ އިތުރު ކުރުން ހިމެނެ އެވެ.

އެ ގޭގެ މަރާމާތަށް ފަސް ކްރޯޑަށްވުރެ ގިނަ ރުޕީސް ހަރަދުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޝާރުކްގެ އަގުބޮޑު ގެ ހުންނަނީ މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ބަންދްރާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް