ލިލީގެ ޓްރެއިލަރ ލޯންޗުކުރަން ސޯޝަލް ސެންޓަރުގައި މިރޭ ބޮޑު ޝޯއެއް – އެންމެނަށް ވަދެވޭނެ

ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރަން ހަމަޖެހިފައިވާ ދިވެހި ފިލްމު "ލިލީ" ގެ ޓްރެއިލާ ރިލީޒްކުރަން މިރޭ ބޮޑު ޝޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ. މިރޭ 8:20 ގައި މި ހަރަކާ...

25 Oct 2025 | 11:10
މިރޭގެ ޝޯގައި ޕަފޯމް ކުރާނެ ބައެއް ފަންނާނުން -

މިރޭގެ ޝޯގައި ޕަފޯމް ކުރާނެ ބައެއް ފަންނާނުން -

ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި

ރިލީޒްކުރަން ހަމަޖެހިފައިވާ ދިވެހި ފިލްމު "ލިލީ" ގެ ޓްރެއިލާ ރިލީޒްކުރަން

މިރޭ ބޮޑު ޝޯއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މިރޭ 8:20 ގައި މި ހަރަކާތް ފަށަނީ ރެޑް ކާޕެޓުންނެވެ.

ސޯޝަލް ސެންޓަރުގައި ބާއްވާ މި ހަރަކާތުގައި އޮފިޝަލް ޓްރެއިލާގެ އިތުރުން ފިލްމުގެ

އޮފިޝަލް ޕޯސްޓަރުވެސް ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން

ބާއްވާ ހަރަކާތެރެކެވެ.

ކްރިއޭޓިވް ނެޓްވޯކުގެ ކުޑައިގެ ދަށުން ނެރޭ ފުރަތަމަ

ފިލްމުގެ ފަރާތުން މި ބާއްވަނީ މިފަދަ ބޮޑު ފުރަތަމަ ހަރަކާތެވެ. މި އިވެންޓުގައި ހޭވައްލާ

ބޮޑުބެރު ގްރޫޕުގެ އިތުރުން ޓޫއޮފްއަސް، ފާލިހު، ބަޖިއްކޮގެ އިތުރުން ނާއިވެސް ޕާފޯމް

ކުރާނެ އެވެ.

ދިވެހި ފިލްމު "ލިލީ" ގެ ޓްރެއިލާ މިހާރު

ވަނީ ބައެއް މީހުންނަށް ދައްކާލައިފަ އެވެ. ރިއެކްޝަން ވީޑިއޯގައި ފިލްމުގެ ލީޑު ތަރިން

ކަމަށްވާ އާއިޝާ އަލީ، މުހައްމަދު އިޝްފާން އަދި އަހުމަދު ޝާރިފް އަދި މަރިޔަމް ޝިމާގެ

އެކްޓިންއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. މީގެ އިތުރުން ފިލްމުގެ ސިނަމެޓޯގްރަފީއަށްވެސް

ތައުރީފުކޮށްފައިވެ އެވެ.

"ލިލީ" ގެ ޕްރޮމޯޝަނަލް މަސައްކަތްތައް މީގެ

ތިން މަހެއްހާ ދުވަސް ކުރިން ފަށާފައިވާއިރު އޮފިޝަލް ޓްރެއިލާ އާއިއެކު ފިލްމުގެ ޓިކެޓު

އާންމުކޮށް ވިއްކަން ފަށާނެކަމަށް ބެލެވެ އެވެ. މިހާރު ޓިކެޓު ބުކް ކުރުން ކުރިއަށް

ދަނީ އޮންލައިންކޮށެވެ. އެގޮތުން ފިލްމުގެ ވެބްސައިޓު

www.book.lilythemovie.com އިންނާއި ވައިބާ ނަމްބަރު 7505079 އަށް

މެސެޖު ކޮށްގެންވެސް ޓިކެޓު ބުކް ކުރެވެ އެވެ. ފިލްމުގެ ފުރަތަމަ ތިން ޝޯގެ ޓިކެޓު

މިހާރު ބުކް ކުރަމުން ދާއިރު ފުރަތަމަ ދެ ޝޯގެ ބޮޑު ބައެއް ވަނީ މިހާރު ފުލް ވެފަ އެވެ.

މިއީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގެ

އިތުރު ތަރިންގެ ތެރޭގައި މަރިޔަމް ހަލީމް، އަހުމަދު ނިމާލް، އަލީ ފާރޫގު، މުހައްމަދު

ވަހީދު، އައިޝަތު އާރިފާގެ އިތުރުން މަރިޔަމް ވަހީދާވެސް ހިމެނެ އެވެ. މިއީ މުހައްމަދު

އަރީހު ޕްރޮޑިއުސްކޮށް އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް