ޑޮލީ ޕާޓޮން --
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ޑޮލީ ޕާޓަން އިއްޔެ މަރުވެއްޖެ އެވެ.
އޭނާ މަރުވިކަން ހާމަކުރީ ޑޮލީގެ ކޮއްކޮގެ ދަރިފުޅު އިންސްޓަގްރާމް މެދުވެރިކޮށެވެ. މަރުވި އިރު ޑޯލީ ޕާޓަންގެ އުމުރަކީ 80 އަހަރެވެ.
އޭނާ މަރުވިކަން ހާމަ ކުރުން ފިޔަވައި މަރުވި ސަބަބާއި އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އޭނާގެ ފިރިމީހާ މަރުވީ މިދިޔަ އަހަރު އެވެ.
ކާމިޔާބު ކެރިއަރެއްގައި އުމުރުގެ ބޮޑުބައި ހޭދަ ކުރި ޑޮލީ ބަލިވެ އުޅޭކަން ފުރަތަމަ ފަހަރަށް ހާމަ ކުރީ މިއަހަރުގެ މެއި މަހު އެވެ. އޭނާ ވަނީ ކުޑަކަމުދާ ނިޒާމުގައި ހިލަ އުފެދިގެން އެކަމަށް ފަރުވާ ހޯދަމުންދާކަން އޭރު ހާމަކޮށް ޝޯއެއް ކެންސަލްކޮށްފައި އެވެ.
އުފަން ދަރިއަކު ނެތް ޑޯލީ ވަނީ ދުނިޔޭގެ އެތައް މިލިއަން ކުޑަކުދިންނަށް މުސްތަގުބަލު ހޯދައި ދިނުމަށް މިލްކިއްޔާތުން ބޮޑު ހޭދައެއް ކޮށްފައި އެވެ. އަދި ޑޮލީވުޑްގެ ނަމުގައި މިއުޒިއަމް ޕާކެއްވެސް ހުޅުވި އެވެ.
60 އަހަރަށް ވުރެ ދިގު މިއުޒިކް ކެރިއަރެއްގައި 100 މިލިއަނަށް ވުރެ ގިނަ ރެކޯޑު އޭނާ ވިއްކާފައިވެ އެވެ. ޑޮލީ ވަނީ 11 ގްރެމީ އެވޯޑު ހާސިލު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް