"ބްރަހްމާސްތްރާ 2" ގައި ދީޕިކާ ނުފެންނާނެކަން ކަށަވަރު ވެއްޖެ!

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން "ބްރަހްމާސްތްރާ 2" އިން ނުފެންނާނެކަން ކަށަވަރުކޮށްދީފި އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެސްޓްރާވާސް ސީރީޒްގެ ދެވަނަ ބައިގައި އަމްރޫތާގެ ރޯލް ދީޕިކާއަށް ދިނުމ...

25 Aug 2026 | 05:00
ދީޕިކާ ޕަދުކޯން --

ދީޕިކާ ޕަދުކޯން --

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން "ބްރަހްމާސްތްރާ 2" އިން ނުފެންނާނެކަން ކަށަވަރުކޮށްދީފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެސްޓްރާވާސް ސީރީޒްގެ ދެވަނަ ބައިގައި އަމްރޫތާގެ ރޯލް ދީޕިކާއަށް ދިނުމަށް އަޔާން އާއި އޭނާގެ ޓީމުން ޝައުގުވެރިވެފައިވެއެވެ. ނަމަވެސް ދީޕިކާގެ ތަރުޖަމާނު ވަނީ އެ ރިޕޯޓު ދޮގުކޮށްފައެވެ.

ތަރުޖަމާނު މީޑިއާގައި ބުނީ "ބްރަހްމާސްތްރާ 2" ގައި ދީޕިކާ ހިމެނޭ ކަމަށް ނުވަތަ އެ ޕްރޮޖެކްޓާ އެއްވެސް ގޮތަކުން ގުޅުން ހުރި ކަމަށް ފެތުރިފައިވާ ހުރިހާ ރިޕޯޓުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މި ފިލްމާއި ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތަކަށް ބަލާއިރު "ބްރަހްމާސްތްރާ"ގެ ދެވަނަ ބައިގައި ރަންބީރް ކަޕޫރް ޝިވާގެ ރޯލުން އެނބުރި އަންނާނެ ކަމަށް ބެލެވެއެވެ. ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

2022 ވަނަ އަހަރު ރިލީޒްކުރި ބްރަހްމާސްތްރާ: ޕާޓް ވަން - ޝިވާ ގައި ބާރުގަދަ އެސްޓްރާތަކާ ގުޅުން ހުރި ޒުވާނެއް ކަމުގައިވާ ޝިވާގެ ރޯލް ރަންބީރް ކުޅެފައިވާ އިރު އީޝާގެ ރޯލް އާލިއާ ބަޓް ވަނީ ކުޅެފައެވެ. އަމީތާބް ބައްޗަން އާއި ނާގާރްޖުނާ ވެސް އެ ފިލްމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

އެ ފިލްމުގެ ނިމުމުގައި ދޭވް ގެ ވާހަކައިގެ ސިއްރު ދޫކޮށްލައި ދެވަނަ ބައިގެ ވާހަކައިގެ ބިންގާ އެޅިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް