ޝާހްރުކް ޚާންގެ އައު ފިލްމު "ކިންގް" ރިލީޒް ޑޭޓް ހާމަކޮށްފި

ޝާހްރުކް ޚާންގެ އައު ފިލްމު "ކިންގް" ސިނަމާގައި އަޅުވާނެ ތާރީޚް ހާމަކޮށްފިއެވެ. ދެތިން ސިކުންތުގެ ސީކުއެންސް އެކްޝަން ސީންތަކެއް ދައްކުވައިދޭ ޑޭޓް އެނައުންސްމަންޓް ވީޑިއޯއެއް ރެޑް ޗިލީސް އެންޓަޓައިންމ...

25 Jan 2026 | 14:45
N/A

N/A

ޝާހްރުކް ޚާންގެ އައު ފިލްމު "ކިންގް"

ސިނަމާގައި އަޅުވާނެ ތާރީޚް ހާމަކޮށްފިއެވެ.

ދެތިން ސިކުންތުގެ ސީކުއެންސް އެކްޝަން ސީންތަކެއް

ދައްކުވައިދޭ ޑޭޓް އެނައުންސްމަންޓް ވީޑިއޯއެއް ރެޑް ޗިލީސް އެންޓަޓައިންމަންޓުން

އިއްޔެ އާންމުކޮށްފައިވާއިރު އެ ވީޑިއޯގައި ބުނެފައިވާގޮތުގައި އެ ފިލްމު

ސިނަމާގައި އަޅުވާނެ ތާރީޚަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.

މި ފިލްމާއި ބެހޭ މާ ގިނަ ތަފުސީލުތަކެއް އަދި

ނުއެނގެއެވެ. ނަމަވެސް މިހާތަނަށް އެނގޭ މަޢުލޫމާތުތަކަށް ބަލާއިރު މި ފިލްމުގައި ޝާހްރުކް

ޚާންގެ ދަރި ސުހާނާ ޚާން އާއި ދީޕިކާ ޕާޑުކޯން އާއި އަބީޝޭކް ބައްޗަން ފެންނާނެކަން

ވަނީ ހާމަވެފައެވެ.

ސިނަމާއަށް ޝާހްރުކް ޚާން އެންމެ ފަހުން

ފެނިގެންދިޔައީ 2023 ވަނަ އަހަރު ނެރުނު ވަރުގަދަ ތިން ފިލްމަކުންނެވެ. އެއީ

ޑަންކީ އާއި ޕަޓާން އާއި ޖަވާން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް