ބޮނީ ކަޅު ކޮފީ ކަމަށާއި އެވެސް ހަކުރު ނާޅާ ކަމުގައި މަޝްހޫރު ކަށީގެ ޑަކުޓަރު ޔޫސުފް ޝާން ވިދާޅުވެއްޖެއެވެ.
ޝާން މިހެން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ޖަހާފައިވާ ސްޓެޓަސްއެއްގައެވެ.
އެ ސްޓެޓަސް ޖަހާފައިވަނީ އިއްޔެ މި ނޫހުގައި "ހަކުރު ނާޅާ ހަމަ އެކަނި ކަޅު ކޮފީ ބޯ މީހުން މުޅިއަކުން ހަމައެއް ނޫން: ދިރާސާ" މި ސުރުހީއާއި ގުޅުވައިގެން ކަމުގައި ބެލެވެއެވެ. ޝާންގެ މި ސްޓެޓަސް ވައިރަލްވެ ކޮމެންޓް ތަކާއެކު އެ ސްޓެޓަސް ކޮންވަޒޭޝަނަކަށް ބަދަލުވެފައިވާއިރު ކޮފީއާއި ބެހޭ ބައެއް މައުލޫމާތު އެ ކޮންވަޒޭޝަނުން މިހާރު އެބަ ލިބެއެވެ.
އެގޮތުން ބައެއް ޑަކުޓަރުން ސިނގިރޭޓް ބޯ ކަމަށާއި އެހިސާބުން ސިނގިރޭޓު ރަނގަޅުވީ ނޫންކަމަށް މީހަކު ކޮށްފައިވާ ކޮމެންޓަކަށް ރައްދު ދެއްވަމުން ޝާން ވިދާޅުވެފައިވަނީ "ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، ސިނގިރޭޓް ބުއިމަކީ ސިއްހަތަށް ނުރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް ކޮފީ އޭގެ ރަނގަޅު މިންވަރުގައި ބޯ ނަމަ އެއީ ސިއްހަތަށް ފައިދާހުރި ބުއިމެއް ކަމުގައި ޝާން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް