ޓައިމްސް އޮފް އިންޑިއާގައި އިއްޔެގެ ތާރީހުގައި "ސްޓަޑީ: ޔޫ އަރ މޯރ ލައިކްލީ ޓުބީ ސައިކޯޕެތު އިފް ޔޫ ހޭވް ޔުއަރ ކޮފީ ބްލެކް" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުން ތަރުޖަމާކޮށް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމާއިމެދު ދެތިން ފަހަރަށް ވިސްނައިލީމެވެ. މި ދިރާސާއެއްގައި ބުނެފައި އެ އޮތް ވާހަކައެއްގެ ބޮޑު ކަމުންނެވެ.
ކޮންމެއަކަސް މި ދިރާސާއަކީ އޮސްޓްރިއާގެ ދަ ޔުނިވާސިޓީ އޮފް އިންސްބްރަކް އިން ކޮށްފައިވާ ދިރާސާއެކެވެ. އެ ޔުނިވާސިޓީގެ ރިސާޗަރުން މި ދިރާސާ ކޮށްފައިވަނީ ކޮފީއަށް ލޯބިކުރާ ހާހަކަށްވުރެ ގިނަ މީހުން މި ދިރާސާގައި ބައިވެރިކޮށްގެންނެވެ.
ދިރާސާއަށްފަހު ދިރާސާކުރި ޓީމުން ބުނެފައިވަނީ ހަކުރާއި ކިރު ނާޅާ ހަމަ އެކަނި ކަޅު ކޮފީ ބޯ މީހުންގެ ޕާސަނަލިޓީ ސައިކޯޕެތު ޕާސަނަލިޓީއަށް ފެތޭ ކަމަށެވެ. ސައިކޯޕެތުގެ ލަފްޒީ ދެ މާނައެއް އޮންނައިރު އެއް މާނައަކީ ސިކުނޑީގައި އުނިކަމެއް ހުންނަ މީހާއެވެ. އަނެއް މާނައަކީ އިޖްތިމާއީ ހަރުކަށި ހަރަކާތްތައް ގެންގުޅޭ (ވައިލެންޓް ސޯޝަލް ބިހޭވިއާ) ގެންގުޅޭ މީހާއެވެ.
ކޮފީ ހަމަ އެކަނި ކަޅުކޮށް ބުއިމާއިމެދު އެހެން ލިޔުމެއްގައި ބުނެފައިވާގޮތުގައި ކަޅު ކޮފީ ބުއިމަކީ މުޅިއަކުން ގޯސް ކަމެއް ނޭނެވެ. ކޮފީގައި ގިނަ އަދަދަކަށް އޮކްސިޑެންޓްސް ހިމެނޭއިރު އެ އޮކްސިޑެންޓްސްގެ އެހީގައި ބަލިތަކުން ދުރުކޮށްދޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ކަޅު ކޮފީގެ ސަބަބުން ނިންޖަށް ނޭދެވޭ އަސަރު ކުރާ ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް