N/A
ޓޫއޮފް
އަސް ބޭންޑުން އިންޑިއާގެ 11 ވަނަ އިންޑިއަން އިންޓަނޭޝަނަލް ޑާންސް އެންޑް
މިއުޒިކް ފެސްޓިވަލުގައި ރާއްޖެ ތަމްސީލުކޮށްދީފިއެވެ.
އެ ފެސްޓިވަލްގައި
އިންޑިއާ، ކަޒަކިސްތާން، މެލޭޝިޔާ، ބުރްކީނާ ފާސޯ، ކިރްގިޒް ރިޕަބްލިކް، ރާއްޖެ،
ލުތުއޭނިއާ އަދި އުޒްބަކިސްތާނުން ހުށަހެޅުންތައް ހުށަހެޅިއެވެ. މި ފެސްޓިވަލް
ކުރިއަށް ގެންގޮސްފައިވަނީ ޖަނަވަރީ 16 އިން 18 އަށެވެ.
އިންޑިއާގެ
ނިއުދިއްލީގެ ބާންސެރާ ޕާކުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ
ޝޯގައި ޓޫ އޮފް އަސް އިން ގިނަ ހުށަހެޅުންތަކެއް ހުށަހަޅައިދިނެވެ. އެ
ހުށަހެޅުންތަކުގެ ތެރެއިން ގިނަ ލަވަތަކަކީ ހިންދީ ލަވަތަކެވެ. ދިވެހި ބައެއް
ލަވަވެސް ހުށަހަޅައިދިނެވެ. އަދި ހަމަ އެހެންމެ ބޭންޑުގެ ލީޑު ވޯކަލިސްޓް އަދުހަމް
އޭނާގެ އަމިއްލަ ހިންދީ އުފެއްދުމެއްވެސް ހުށަހަޅައިދިނެވެ.
އަދުހަމާއިމެދު
ރާއްޖޭގައި ގިނަ ކޮންޓްރޮވާސީތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ޓޫ އޮފް އަސްގެ
މި ހުށަހެޅުމުން ފެނިގެންދިޔައީ ގިނައިން އާ މޫނުތަކެކެވެ. އެ ބޭންޑުގެ
ބައިވެރިންނަކީ ތިމަންނާގެ "ބެކްބޯން" ކަމަށްވެސް އަދުހަމް އޯޑިއަންސާ
މުހާތަބުކޮށް ވާހަކަތައްކަމުން ބުނެއެވެ.
އަދުހަމް
އެ ޝޯގައި ހުށަހަޅައިދިން ލަވަތަކުގެ ތެރޭގައި "މޭރަ މުލްކު މޭރަދޭޝް"، "ވަންދޭ
މާތަރަމް" ފަދަ ހިންދީ ލަވަތައް ހިމެނެއެވެ. އަދި "ކަޑަބޮށް ކަޑަބޮށް"
ފަދަ ދިވެހި ލަވަތައްވެސް ހިމެނެއެވެ.
ޝޯ ކުރިއަށްދިޔައިރު
އޯޑިއަންސާ ވާހަކަ ދައްކަމުން އަދުހަމް ދެއްކި އިތުރު ބައެއް ވާހަކަތަކަށް
ބަލާއިރު އަދުހަމްގެ ކާމިޔާބީގެ ސިއްރަކީ އިންޑިއާ ކަމުގައި ބުނެފައިވެއެވެ.
މީގެ
އިތުރުން ބޭންޑްގެ ޑްރަމަރ ޝަމްރޫހަށް އިޝާރާތްކޮށް "ޓޫ އޮފް އަސް" އަކީ
ޝަމްރޫހް އާއި އަދުހަމް އާއި ދެމީހުން ކުޑައިރު ދުށް ހުވަފެނެއް ކަމަށްވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް