އިހުމާލުވާކަމަށްބުނެ ރާޅުމަރިޔަނބު ދަރިޔާ ހަވާލުވާން މިނިސްޓްރީން ދިޔައިރު އޭނާގެ ދަރިޔަކު ފިރިޔަކު ނުހުރޭ !

ރާޅުމަރިޔަނބުގެ ނަމުން މަޝްހޫރު، ދިވެހި ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ، އޭނާއަށް ދިމާވި ވަރަށް ތަފާތު ހާދިސާއެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ. ސޯޝަލް މީޑީއާއަށް އެ މަޢުލޫމާތު ހިއްސާކު...

23 Oct 2025 | 10:43
ލަވަކިޔުންތެރިޔާ ރާޅުމަރިޔަނބު -

ލަވަކިޔުންތެރިޔާ ރާޅުމަރިޔަނބު -

ރާޅުމަރިޔަނބުގެ ނަމުން މަޝްހޫރު، ދިވެހި ލަވަކިޔުންތެރިޔާ

މަރިޔަމް މައީޝާ، އޭނާއަށް ދިމާވި ވަރަށް ތަފާތު ހާދިސާއެއްގެ ވާހަކަ ސޯޝަލް

މީޑިއާގައި ހިއްސާކޮށްފިއެވެ.

ސޯޝަލް މީޑީއާއަށް އެ މަޢުލޫމާތު ހިއްސާކުރަމުން

ރާޅުމަރިޔަނބު ބުނެފައިވަނީ މިއަދު އޭނާގެ ދައްތައަކަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް

ފެމިލީ މިނިސްޓްރީން ގުޅި ކަމަށެވެ.

"އަޅުގަނޑުގެ ދެ އަހަރުގެ ދަރިއަކާ ހަވާލުވާން

މިނިސްޓްރީން އަންނަ ކަމަށް ބުނި، އެއީ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ކަމަށްވެސް

ބުނި" އެ ވާހަކަ ފަށަމުން ރާޅުމަރިޔަނބު ބުނެފައިވެއެވެ.

ވާގޮތެއް ބަލަން މިނިސްޓްރީއަށް ގުޅުމުން ބަލާލާފަ

ޚަބަރެއްވާނެ ކަމަށް ބުނުމަށްފަހު އިރުކޮޅަކުން އެ މީހުން ގެއަށް ތަހުގީގަށް

މިނިސްޓްރީގެ ޓީމަކުން ދިޔަ ކަމަށްވެސް ރާޅުމަރިޔަނބު ބުނެފައިވެއެވެ.

"މީ ވަރަށް ސީރިއަސް މައްސަލައެއް، އަހަރެންގެ

ދަރިޔަކު ނުވެސް ހުރޭ" އޭނާ ބުނެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ރާޅުމަރިޔަނބަކީ

މީހަކާ އިނދެގެން އުޅޭ ފަރާތެއްވެސް ނޫނެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީގެ ބަހެއް ހޯދައިލަން

ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް