ރާނީ މުކަރްޖީގެ މަންމަ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ރާނީ މުކަރްޖީގެ މަންމަ ކްރިޝްނާ މުކަރްޖީ އުމުރުން 75 އަހަރުގައި މަރުވެއްޖެ އެވެ. ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން ނެރުނު ބަޔާނެއްގައި ކްރިޝްނާ މަރުވިކަން ޚަބަރު ކަށަވަ...

22 Sep 2026 | 12:19
ރާނީ މުކަރުޖީ އާއި އޭނާގެ މަންމަ --

ރާނީ މުކަރުޖީ އާއި އޭނާގެ މަންމަ --

ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ރާނީ މުކަރްޖީގެ މަންމަ ކްރިޝްނާ މުކަރްޖީ އުމުރުން 75 އަހަރުގައި މަރުވެއްޖެ އެވެ.

ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން ނެރުނު ބަޔާނެއްގައި ކްރިޝްނާ މަރުވިކަން ޚަބަރު ކަށަވަރުކޮށްދީފައިވެއެވެ. މަރުވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޢާއިލާއިން ވަނީ މި ހިތާމައިގެ ދަނޑިވަޅުގައި ޕްރައިވެސީ ދިނުމަށް އެދިފައެވެ.

ކްރިޝްނާ މުކަރްޖީ އަކީ ބެންގާލީ ފިލްމް އިންޑަސްޓްރީގެ ފަންނާނެކެވެ. އޭނާ ވަނީ ޕްލޭބެކް ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

ރާނީ ވަނީ އެކި ފަހަރު މަތިން މަންމައާ ދެމެދު އޮންނަ ގާތް ގުޅުމުގެ ވާހަކަ ހިއްސާކޮށްފައެވެ. އެކި ޢާންމު ހަރަކާތްތަކުން ކްރިޝްނާ ރާނީއާ އެކު ފެނިފައިވެއެވެ.

"ޣުލާމް ކުޗް ކުޗް ހޯތާ ހޭ" "ސާތިޔާ" "ހަމް ތުމް" އަދި "ބްލެކް" ފަދަ މަޤުބޫލު ފިލްމްތަކުން ފެނިގެން ގޮސްފައިވާ ރާނީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2026 ގައި ރިލީޒް ކުރި "މަރްދާނީ 3" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް