ރަން ޖަވާހިރު -
ސިޔާސީ މައިދާނުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި
ހަމްދާގެ ކައިވެންޏަށްފަހު އެ ލޯބީގެ "ލޯބީގެ ވާހަކަ " ލަވައެއްގެ ގޮތުގައި
ޔޫޓިއުބަށް ދޫކޮށްލައިފިއެވެ.
"ރަން ޖަވާހިރު"ގެ ނަމުން ނަންދީފައިވާ
އެ ލަވައަށް ޅެން ހަދާދީފައިވަނީ މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އެވެ. ލަވަ ރެކޯޑުކޮށްފައިވަނީ
ޝަލަބީ އަދި އަޝްފާގެ އަޑުންނެވެ.
ލަވައިގާ ފެނިގެންދަނީ ނިމިދިޔަ ހަފުތާގެ ތެރޭގައި
ކައިވެނީގެ ގޮށް ޖަހައިލި ހަމްދާއާއި އޭނާގެ ހަޔާތުގެ ބައިވެރިޔާ އުމަރެވެ.
ހަމްދާގެ ލޯބީގެ ފޮލާ ދައްކުވައިދޭ ލަވައަށް
"ރަން ޖަވާހިރު" ގެ ނަމުން ނަން ދީފައިވާއިރު ޕާލަމަންޓަރީ އިލެކްޝަންސްގެ
ދުވަސްވަރު "ގެއްލިފައިވާ ޖަވާހިރެއް" ފެނިއްޖެކަމަށް ހަމްދާ ބުނި
ބުނުންވެސް ވަރަށް ބޮޑަށް ވައިގައި ހިފައިގެންދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް