ވައްކަމުގެ މައްސަލައަކާއި ގުޅިގެން އިއްޔެ ހޯދަން އިއުލާނުކުރި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހޯދަން އިއުލާނުކުރި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށާއި ހައްޔަރުކޮށްފައިވަނީ އެ ދެމީހުންގެ ތެރެއިން ރ. ހުޅުދުއްފާރު، އާސްމާންވިލާ، އައްޔޫބު އާދަމް، 23އ ކަމަށެވެ.
މި މައްސަލައިގާ ފުލުހުން ދެން ހޯދަމުން އަންނަނީ ހއ ތަކަންދޫ، އެރޯމާ، މުހައްމަދު މިރާޝް، 22 އ އެވެ. ފުލުހުން ބުނީ މިރާސްއަކީ ކުރިންވެސް ހޯދަން އިއުލާނުކޮށް ނުހޯދިފައިވާ މީހެއް ކަމަށާއި މިރާސްއާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް