ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ ހއ. ތަކަންދޫ، އެރޯމާ، މުޙައްމަދު މިރާޟް (22އ) އާއި ރ. ހުޅުދުއްފާރު، އާސްމާންވިލާ، އައްޔޫބު އާދަމް (23އ) އަކީ ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ބައެއް ކަމަށެވެ. މި މީހުންގެ ތެރެއިން މުޙައްމަދު މިރާޟް ހޯދުމަށް މީގެ ކުރިންވެސް ޢާއްމުންގެ އެހީތެރިކަމަށް އެދިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް