ހޮޅުދޫގައި މެއަށް ވަޅި ހަރައި ޒަހަމްކޮށްލި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ

އާދީއްތަ ދުވަހުގެރޭ ނ.ހޮޅުދޫގައި މެއަށް ވަޅި ހަރައި ޒަހަމްކޮށްލި އުމުރުން ދުވަސްވީ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވެފައިވަނީ ފަރުވާ ދެމުން ދަނިކޮޅު އުނގޫފާރު ރީޖަނަލް ހ...

18 Nov 2015 | 17:35

އާދީއްތަ ދުވަހުގެރޭ ނ.ހޮޅުދޫގައި މެއަށް ވަޅި ހަރައި ޒަހަމްކޮށްލި އުމުރުން ދުވަސްވީ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މިރޭ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވެފައިވަނީ ފަރުވާ ދެމުން ދަނިކޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ނިޔާވީ މިރޭ އިރާކޮޅު ވަގުތެއްގަ އެވެ.

ނިޔާވި މީހާގެ މެއަށް ވަޅިން ހަމަލާ ދިންމީހާ ވަނީ އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެ ފުލުހުންނާ ހަވާލުވެފަ އެވެ. އޭނާގެ ބަންދުގެ މުއްދަތަށް މިހާރު ވަނީ 15 ދުވަސް ޖަހާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް