ޖެސްމިންއަށް "ކަތުރޮން ކޭ ކިލާޅީ 15"ގެ ސްޓަންޓެއްގައި ހީނުކުރާ ކަމެއް ދިމާވެއްޖެ

ކަލާސް ޓީވީގެ މަޝްހޫރު ރިއާލިޓީ ޝޯ ކެތުރޮން ކޭ ކިލާޅީގެ 15 ވަނަ ސީޒަނުގައި ބަތަލާ ޖެސްމިން ބާސިން ބައިވެރިވި ބިރުވެރި ސްޓަންޓެއް ނިންމުމަށް ފަހު ހީނުކުރާ ކަހަލަ ކަމަކާ ދިމާވެއްޖެ އެވެ. ވަގުތީ ގޮތުން ހ...

18 Aug 2026 | 10:15
ޖޭސްމިން --

ޖޭސްމިން --

ކަލާސް ޓީވީގެ މަޝްހޫރު ރިއާލިޓީ ޝޯ ކެތުރޮން ކޭ ކިލާޅީގެ 15 ވަނަ ސީޒަނުގައި ބަތަލާ ޖެސްމިން ބާސިން ބައިވެރިވި ބިރުވެރި ސްޓަންޓެއް ނިންމުމަށް ފަހު ހީނުކުރާ ކަހަލަ ކަމަކާ ދިމާވެއްޖެ އެވެ.

ވަގުތީ ގޮތުން ހަނދާން ނެތުމުގެ މައްސަލައެއް ކުރިމަތިވެ ސެޓުގައި ތިބި އެންމެން ކަންބޮޑުވެއްޖެއެވެ.

"ޑައްރު ކާ ނަޔާ ދައުރު" މި ޓެގްލައިނާ އެކު އެނބުރި އައި މި ސީޒަނުގައި ބައިވެރީންގެ ޖިސްމާނީ އަދި ނަފުސާނީ ކެރިކުޅަދާނަކަން ޓެސްޓުކުރާ ގޮތަށް ފަރުމާކޮށްފައިވާ މުޅީން އައު ސްޓަންޓުތައް ހިމެނެއެވެ. ކުރިއަށް އޮތް އެޕިސޯޑުގެ "އަޗާނަކް ބަޔާނަކް" ޗެލެންޖެއްގެ ތެރެއިން ޖެސްމިންގެ ކުރިމައްޗަށް ގެންނާނެ ކަމަށް ބުނެފައިވަނީ ބޮޑުބަޑިއެއް ހިމެނޭ ނާރެހި ސްޓަންޓެކެވެ.

ބިރުގެންފައި ހުރެމެ ޖެސްމިން ހިތްވަރާ އެކު އެ ސްޓަންޓު ކާމިޔާބުކަމާ އެކީ ނިންމައިލީ ބެލުންތެރީންނާއި ކުރޫ ބަލަބަލައި ތިއްބައެވެ.

ނަމަވެސް ސްޓަންޓު ނިމުމާ އެކު ހީނުކުރާ ފަދަ ގޮތެއް މެދުވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެގަޑީގައި ޖެއްސި ސްޓަންޓާއި ކަން ހިނގައި ދިޔަ ގޮތް ވަގުތީ ގޮތުން ޖެސްމިންގެ ހަނދާނުން ފޮހެވިގެން ދިޔައީއެވެ.

މިކަމާ ގުޅިގެން ވަށައިގެން ތިބި މީހުން ވަރަށް ކަންބޮޑުވެ ޞިއްޙީ އެހީ ހޯދިއެވެ. ޑޮކްޓަރީ ފަރުވާ ލިބުމާ އެކު މަޑުމަޑުން ހަނދާންތައް އެނބުރި އައީ ސެޓުގައި ތިބި އެންމެންނަށް ހަމަޖެހުމަކަށް އައި ކަމަށްވެ އެވެ.

ކެތުރޮން ކޭ ކިލާޅީގެ 15 ވަނަ ސީޒަނުގައި ބައިވެރީން ކުރިމައްޗަށް ގެންނަ ގޮންޖެހުންތައް ކުރިއެކޭ އެއްގޮތަށް ހައިރާންކުރުވަނިވި ބޮޑެތި ސްޓަންޓުތަކާ އެކު ކުރިއަށް ދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް