ތާރާ ސުތާރިއާ -
ބޮލީވުޑް ބަތޮލާ ތާރާ ސުތާރިއާ، ރާއްޖޭގައި ޗުއްޓީ
ހޭދަކުރަމުން އެބަ ދެއެވެ.
ތާރާގެ އިންސްޓަގްރާމް އެކައުންޓުން އެނގޭގޮތުގައި
އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް
ސްޕާގައެވެ.
ބެލެވޭގޮތުގައި ތާރާ ރާއްޖެ އައިސްފައިވަނީ އޭނާ
އުފަންދުވަސް ފާހަގަކުރުމަށެވެ.
މި މަހުގެ 19 ވާ ބުދަ ދުވަހު ތާރާއަށް 30 އަހަރު
ފުރޭނެއެވެ. ޕްރީ ބާތުޑޭ ސެލެބްރޭޝަނެއް ރޭގައިވެސް ރާއްޖޭގައި ކުރިއަށްގެންދިޔަ ކަމަށް
ތާރާގެ އިންސްޓަގްރާމް އެކައުންޓުން ދައްކައެވެ.
2019 ވަނަ އަހަރު "ސްޓޫޑަންޓް އޮފް ދަ އިޔަރ 2"
އިން ފިލްމީ ކެރިއަރު ފެށި ތާރާ މިހާތަނަށް ބޮޑު ހަ ފިލްމެއް ކުޅެފައިވެއެވެ. ހަތްވަނަ
ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ތާރާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑް
ބަތޮލު ވީރް ޕަހާޅިޔާއާއެވެ. ތާރާގެ މި ދަތުރުގައި ވީރް ޕަހާޅިޔާ ރާއްޖެ އައިކަން
ކަށަވަރެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް