ގޯވިންދާ އާއި ސުނީތާ --
ބޮލީވުޑްގެ ކުރީގެ އެކްޓަރު ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ އޭނާ ސިފަކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އާންމުންގެ ކުރިމަތީގައި އެ ފަދަ ވާހަކަ ނުދެއްކުމަށް ގޯވިންދާ އިލްތިމާސްކޮށްފިއެވެ.
ގޯވިންދާ އިތުރު ގުޅުމެއް އަންހެނަކާއި ހިންގާ ކަމުގެ އަޑުތަކާއި އެކު ސުނީތާގެ ބަހުގެ ހަމަލާތައް ރައްދު ކުރަމުން ދިޔައީ ގޭތެރެއިން ބޭރުގައި ސޯޝަލް މީޑިއާގައި އެވެ. އެއާ އެކު ގޯވިންދާ މީގެ ކުރިން ސުނީތާ އަށްވުރެ އެހެން އަންހެނުން އިސްކޮށް ވާހަކަ ދައްކައި ދީފައި ހުރި އިންޓަވިއުތަކުގެ ހަބަރުތައްވެސް ނޫސްތަކުން ޖެހި އެވެ.
ފިލްމު "ރޫޕާ" ގައި ގޯވިންދާ އާއި އެކު ފެނިގެންދާނެ ބަތަލާ ކޯމަލް ރާނީ ސްވަރްންކަރާ ގުޅޭ ގޮތުން ސުނީތާ "ޝުގާ ޑެޑީ" ގެ ގޮތުގައި ގޯވިންދާ ސިފަކުރީ ދާދި ފަހުންނެވެ. އެ ކަމަށް އެކްޓަރު ދެއްކި ދިގު ވާހަކައިގައި ބުނީ ލިބޭ ހުރިހާ ފުރުސަތެއް ބޭނުން ނުކުރިޔަސް ކުރަމުން އަންނަ މަސައްކަތްތަކަށް ސުނީތާ ހުރަސް އަޅަމުންދާ ކަމަށެވެ.
ސުނީތާ އަމިއްލަ ޝޯތައް ހެދި ދުވަސްވަރު ގޯވިންދާ ގެނެސް އެހީ ހޯދި ނަމަވެސް މިހާރު ފިލްމެއް ފެށުމާ އެކީ އޭނާ ބަދުނާމުކޮށް ވިޔަފާރިއަށް ގެއްލުން ދިނުމަށް ކެނޑިނޭޅި މަސައްކަތްކުރާ ކަމަށް ގޯވިންދާ ތުހުމަތުކުރިއެވެ.
ޢުމުރުގެ ތަފާތާ ގުޅިގެން ސުނީތާ ފާހަގަކުރި ކަންކަމާ ބެހޭ ގޮތުން ގޯވިންދާ ބުނީ ޤައުމުގެ ބޮޑެތި ހުރިހާ އެކްޓަރުންވެސް ޒުވާން ބަތަލާއިންނާ އެކު މަސައްކަތްކޮށް ދެ ފަރާތަށްމެ ކާމިޔާބީ ލިބިފައިވާ ކަމަށެވެ.
"ގޯވިންދާ ބުނީ މިހާރު ޒުވާނެއްގެ ގޮތުގައި މީހުންނަށް ފެންނާކަށް އޭނާގެ އަންހެނުން ބޭނުން ނުވާ ކަމަށެވެ. ހަމައެއާ އެކު ސުނީތާގެ ފަހަތުގައި ގުރޫޕެއް އޮތް ކަމަށާއި އެ ބައެއްގެ ވާހަކަ ހާމަވެއްޖެ ނަމަ ސުނީތާއަށް ވެސް ރީތި ނަމެއް ނުލިބޭނެ ކަމަށް ގޯވިންދާ ބުންޏެވެ.
ސުނީތާ "މާ ބެހެން" ގެ ހުތުރު ބަސްތައް ގިނައިން ބޭނުންކުރާ ކަމަށް ބުނެ ގޯވިންދާ ވަކިން ކަންބޮޑުވުން ފާޅުކުރިއެވެ. ދެމީހުންގެ މި ބަހުގެ ހަމަލާތައް އަމާޒު ކުރަމުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.
ފިލްމު "ރޫޕާ" އާއި ގުޅިގެން ގޯވިންދާ އާއި ކޯމަލް މީގެ ކުރިންވެސް އެކީ ފެނިފައިވާ އިރު ހުކުރު ދުވަހު ދެ ތަރިން އެކީ ފެނި ސުނީތާ ކުރީން ދެއްކި ވާހަކަތައް އަލުން ސަމާލުކަމަށް އައިސްފައިވެއެވެ.
ފިލްމު "ރޫޕާ" އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރީ މިދިޔަ މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް