ރާއްޖެ އައިސް ނައިޖީރިޔާގެ ސިވިލް ސާވަންޓުންނަށް ޖޯކު ޖެހި ނުފޫޒަރުގެ މައްސަލަ ބޮޑުވެ އެ ޤައުމުގެ އެންމެ ބޮޑު ޓީވީ ޗެނަލްގައި ޕެނަލް ޑިސްކަޝަނެއް

ނައިޖީރިއާގެ މަޝްހޫރު ޓިކްޓޮކް ސްޓްރީމަރު ޕެލާ، ލޯބިވެރިޔާ ޖާވިސްއާ އެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން، ނައިޖީރިއާގެ ސިވިލް ސާވަންޓުންނަށް ރާއްޖެ އާދެވޭ ވަރު ނުވާނެ ކަމަށް ބުނެ ދެއްކި ވާހަކަތައް ބ...

17 Apr 2026 | 15:33
N/A

N/A

ނައިޖީރިއާގެ މަޝްހޫރު ޓިކްޓޮކް ސްޓްރީމަރު ޕެލާ، ލޯބިވެރިޔާ ޖާވިސްއާ އެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން، ނައިޖީރިއާގެ ސިވިލް ސާވަންޓުންނަށް ރާއްޖެ އާދެވޭ ވަރު ނުވާނެ ކަމަށް ބުނެ ދެއްކި ވާހަކަތައް ބޮޑު މައްސަލައަކަށް ވެއްޖެއެވެ.

ހަމްޒަތު ހަބީބް އަދެލާޖާ ނުވަތަ ޕެލާ ބުނީ ރާއްޖެ ދަތުރަށް 30 މިލިއަން ނައިރާ (ގާތްގަނޑަކަށް 18,000 ޑޮލަރު) ހޭދަކުރި ކަމަށާއި، ރާއްޖެ ވަނުމަށް 10,000 ޑޮލަރު ކޭޝްގެ ގޮތުގައި ދައްކަން ޖެހުނު ކަމަށެވެ. އޭނާ ބުނީ ރާއްޖެއަކީ ސިވިލް ސާވަންޓުންނަށް އާދެވޭ ވަރުގެ ތަނެއް ނޫން ކަމަށާއި، އައިސްފި ނަމަ ބަނގުރޫޓުވާނެ ކަމަށެވެ.

މި ވާހަކަތައް ނައިޖީރިއާގެ ސޯޝަލް މީޑިއާގައި ހޫނުވެ، އެ ޤައުމުގެ ޓީވީ ޗެނަލް ޓީވީސީ ނިއުސް އިން ޕެނަލް ޑިސްކަޝަނެއް ބާއްވައި ޕެލާގެ ވާހަކަތައް ކުށްވެރިކޮށްފައިވެއެވެ. ޕެނަލިސްޓުން ސިފަކުރީ އެ ވާހަކަތަކަކީ ސިވިލް ސާވަންޓުންގެ ކަރާމާތަށް ކުރި ފުރައްސާރައެއް ކަމަށެވެ. އެ ޕެނަލްގެ ފީމެލް ޕެނަލިސްޓެއް ބުނީ ޕެލާ ވިސްނައިނުލައި ވާހަކަ ދައްކާ ކަމަށާއި، އެ ޤައުމުގެ ލޯކަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބަދަލުގައި ބޭރު ޤައުމެއް ޕްރޮމޯޓް ކުރީ ކަމަށެވެ. ފިރިހެން ޕެނަލިސްޓެއް ބުނީ ނައިޖީރިއާގެ ގިނަ ސިވިލް ސާވަންޓުންނަކީ ތަނަވަސް ބައެއް ކަމަށާއި، އެ ދަތުރު 10 ފަހަރު ކުރެވޭ ވަރުގެ ސިވިލް ސާވަންޓުން ވެސް އުޅޭ ކަމަށެވެ.

ޕެލާ ވަނީ ޓީވީސީ ނިއުސް އަށް ރައްދުދީ، އެ ޓީވީ ސްޓޭޝަން ގަނެލާނެ ކަމަށާއި، ފާޑުކީ ޕެނަލިސްޓު ވަޒީފާއިން ވަކިކުރާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން ނައިޖީރިއާގެ އެހެން ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ ކާޓާ އީފީ ވެސް ޕެލާއަށް ފާޑުކިޔައި، މަންމަ ބަހައްޓާފައި ލޯބިވެރިޔާ ރާއްޖެ ގެންދިޔައީ ކީއްވެތޯ ސުވާލު އުފައްދާފައިވެއެވެ.

ޕެލާ އަކީ ނައިޖީރިއާގައި ބޮޑު ފޭން ބޭސް އެއް އޮންނަ ޓިކްޓޮކް ސެލެބްރިޓީއެކެވެ. އޭނާގެ ލޯބިވެރިޔާ ޖާވިސް ވެސް ސޯޝަލް މީޑިއާ އިންފްލުއެންސަރެކެވެ. ދެ މީހުން ރާއްޖެ އައީ މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް