މައްސަލަ ޖެހިފައިވާ ފުށް ބަދަލުކުރުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފި، މައާފަށްވެސް އެދެފި

އެސްޓީއޯގެ ފުށް ލޮޓެއްގައި ހުރެގެން ނުވާނެ ހަރު އެތިކޮޅުތަކެއް ހުރިކަން ކަށަވަރު ކުރެވިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވާއިރު އެ ލޮޓްގެ ފުށްބަސްތާ ބަދަލު ކުރުމުގެ ފުރުސަތ...

16 Nov 2015 | 14:16

އެސްޓީއޯގެ ފުށް ލޮޓެއްގައި ހުރެގެން ނުވާނެ ހަރު އެތިކޮޅުތަކެއް ހުރިކަން ކަށަވަރު ކުރެވިފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވާއިރު އެ ލޮޓްގެ ފުށްބަސްތާ ބަދަލު ކުރުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ނެރެފައިވާ ނުސްބަޔާނެއްގައި ބުނެފައިވަނީ އެސްޓީއޯއިން ވިއްކާފައިވާ (ލޮޓް ނަންބަރ: 2015348) ފުށުގައި މައްސަލަ ތަކެއް އުޅޭކަމަށް ލިބުނު ޝަކުވާ އާއި ގުޅިގެން، މިފުށްވަނީ ޓެސްޓް ކުރަން ފޮނުވިފައި ވާކަމަށެވެ.

"ވީމާ، މައްސަލަ އުޅޭ ކަމަށް ފާހަގަ ކުރެވޭ (ލޮޓް ނަންބަރ: 2015348) ފުށްބަސްތާ ބަދަލު ކުރުމަށް ބޭނުންފުޅުވެލައްވާނަމަ އެސްޓީއޯ ސްޓޭޕަލް ފުޑްސް އަދި ރީޖަނަލް ސޭލްސް ފިހާރަ ތަކުން މިކަން ހަމަޖެހިފައިވާ ވާހަކަ ދަންނަވަން" އެސްޓީއޯގެ ބަޔާނުގައި ވެ އެވެ.

އެސްޓީއޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް