ގޮދަން ފުށް ލޮޓެއްގައި ހަރު އެތިކޮޅުތަކެއް ހުރުމުން ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އިލްތިމާސް ކޮށްފި

އެސްޓީއޯގެ ގޮދަން ފުށުގެ (ލޮޓް ނަންބަރު 2015348) ގައި އޭގެ އަސްލު ޒާތުގައި ހުރެގެން ނުވާނެ ފަދަ ހަރު އެތިކޮޅުތަކެއް އެބަ ހުރި ކަމަށާއި މިކަން ފާހަގަ ކުރެއްވިއްޖެނަމަ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް މ...

16 Nov 2015 | 13:33

އެސްޓީއޯގެ ގޮދަން ފުށުގެ (ލޮޓް ނަންބަރު 2015348) ގައި އޭގެ އަސްލު ޒާތުގައި ހުރެގެން ނުވާނެ ފަދަ ހަރު އެތިކޮޅުތަކެއް އެބަ ހުރި ކަމަށާއި މިކަން ފާހަގަ ކުރެއްވިއްޖެނަމަ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އިލްސތިމާސް ކޮށްފި އެވެ.

އެފްޑީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ގޮދަން ފުށުން ހަރުކޮށް ހެފޭ އެއްޗެއް ހުރިކަމަށް ބުނެ ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން ގޮދަން ފުށުގެ ސާމްޕަލް ނަގައި އޭގެ ތަހުލީލްތައް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ކުރި ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުން ގޮދަށް ފުށުގެ (ލޮޓް ނަމްބަރު 2015348) ގައި އޭގެ އަސްލު ޒާތުގައި ހުރެގެން ނުވާނެ ފަދަ ހަރު އެތިކޮޅުތަކެއް ހުރިކަމަށް ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ.

"އޭގެ އަސްލު ޒާތުގައި ހުރެގެން ނުވާނެފަދަ ހަރު އެތިކޮޅުތަކެއް ހުރިކަމަށް ވަނީ ކަށަވަރު ކުރެވިފައި" އެފްޑީއޭގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ފުށުގައި މިފަދަ މައްސަލައެއް ހުރިކަން ފާހަގަ ކުރެވިއްޖެނަމަ އެފުށް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް