ވަރުން ދަވަން ރާއްޖޭގައި

ބޮލީވުޑް ތަރި ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ. ވަރުން ދަވަންގެ އިންސްޓަގްރާމް ސްޓޯރީއިން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ "ދަ ރިޓްޒް ކާލްޓަން – ފަރި އައިލެންޑްސ...

16 Oct 2025 | 04:30
ވަރުން ދަވަންގެ އިންސްޓަގްރާމް ސްޓޯރީ -

ވަރުން ދަވަންގެ އިންސްޓަގްރާމް ސްޓޯރީ -

ބޮލީވުޑް ތަރި ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ

ހޭދަކުރަމުން އެބަ ދެއެވެ.

ވަރުން ދަވަންގެ އިންސްޓަގްރާމް ސްޓޯރީއިން

އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ "ދަ ރިޓްޒް ކާލްޓަން – ފަރި

އައިލެންޑްސް" ގައެވެ.

އުމުރުން 38 އަހަރުގެ ވަރުން ދަވަން އެންމެ ފަހުން

ކުޅުނު ފިލްމަކީ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ. މިހާރު ދެ

ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެއެވެ. އެއީ "ބޯޑަރު 2" އަދި

"ހޭ ޖަވާނީ ތޯ އިޝްޤް ހޯނާ ހޭ" އެވެ.

ޑިރެކްޓަރު ޑޭވިޑް ދަވަންގެ ދަރި ވަރުން ދަވަން 2010

ވަނަ އަހަރު ބޮލީވުޑް ކެރިއަރު ފެށީ ކަރަން ޖޯހަރުގެ އެސިސްޓެންޓް ޑިރެކްޓެއްގެ

ގޮތުގައެވެ. 2010 ވަނަ އަހަރު ނިކުތް "މައި ނޭމް އިޒް ޚާން" ގެ އެސިސްޓެންޓް

ޑައިރެކްޓަރަކީ ވަރުން ދަވަން އެވެ.

އެއަށްފަހު ފުރަތަމަ ފިލްމު ކަމުގައިވާ

"ސްޓޫޑަންޓް އޮފް ދަ އިޔާ" ކުޅުނީ 2012 ވަނަ އަހަރުގައެވެ.

ވަރުން ދަވަން އަކީ ބޮލީވުޑް ތަރިންގެ ތެރެއިން

އެންމެ އަގުބޮޑު އެއް ތަރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް