މިނިވަންދުވަހުގެ ރަސްމިއްޔާތުގެ މަންޒަރުން ވިޖޭއާއި ޓްރިޝާގެ ގުޅުމުގެ ޝައްކު އިތުރަށް ބޮޑުވެއްޖެ!

އިއްޔެ ފާހަގަ ކުރި އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޓަމިލް ނަޑޫގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ފެނުނު މަންޒަރާއި އެކު އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ ޗަންދްރަސޭކަރް އާއި ...

16 Aug 2026 | 11:32
ޓްރިޝާ އާއި ވިޖޭ --

ޓްރިޝާ އާއި ވިޖޭ --

އިއްޔެ ފާހަގަ ކުރި އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޓަމިލް ނަޑޫގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ފެނުނު މަންޒަރާއި އެކު އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ ޗަންދްރަސޭކަރް އާއި ޓަމަޅަ ފިލްމީ ތަރި ޓްރިޝާ ކްރިޝްނަންގެ ގުޅުމާއި މެދު އިތުރަށް ސުވާލު އުފައްދަން ފަށައިފި އެވެ.

މިފަހުން ސިޔާސީ ކެރިއަރު ފަށައި ފިލްމު ކުޅުން ހުއްޓާލި ވިޖޭ އާއި ޓްރިޝާއަކީ އޮން ސްކްރީންގައި ވަރަށް މަގުބޫލު ދެމީހުންނެވެ. އަދި އޮފް ސްކްރީންގައިވެސް ގިނަ ބަޔަކު އެ ދެމީހުންގެ ގުޅުމަށް އެދުނު ނަމަވެސް ވިޖޭ 1999 ވަނަ އަހަރުން ފެށިގެން އުޅެނީ ކައިވެނިކޮށްގެންނެވެ.

ވިޖޭ އާއި އަންހެނުން ސަންގީތާގެ ގުޅުން ގޯސްކަން ފަޅާ އެރީ މިއަހަރުގެ ފެބްރުއަރީ މަހު ވިޖޭ ކައިރިން ވަރިވާން އޭނާ ކޯޓަށް ހުށަހެޅުމުންނެވެ. ސަންގީތާ ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ ވިޖޭ ކައިވެނީގެ ބޭރުން އެހެން އަންހެނަކާއި ގުޅުން ބާއްވާ ކަމަށާއި އެކަން ހުއްޓާލާނެ ކަމަށް 2021 ވަނަ އަހަރު ބުނި ނަމަވެސް ވިޖޭ ގުޅުން ކުރިޔަށް ގެންދާ ކަމަށެވެ.

މި މައްސަލަ ގަނޑުގެ ތެރެއިން ވިޖޭ ޗީފް މިނިސްޓަރުކަމާއި ހަވާލުވި ފަހުން ފާހަގަ ކުރި ފުރަތަމަ މިނިވަން ދުވަހުގެ އެ ރަސްމިއްޔާތުގައި ޓްރިޝާ އިނީ ވީއައިޕީ ގޮނޑިބަރީގައި ވިޖޭގެ މަންމަ އާއި ބައްޕަގެ ކައިރީގައި އެވެ. ހެދުން އަޅައިގެން ތިބި ގޮތަށް ބަލާއިރު އިންޑިއާގެ ދިތަކުގެ ކުލަތައް ތަރުތީބުފެފައިވާގޮތަށް ޓްރިޝާ އޮރެންޖު، ވިޖޭގެ ބައްޕަ ހުދު އަދި މަންމަ ފެހި ކުލަ ލައިގެން ތިބުމުންވެސް ވަނީ ވަރަށް ބޮޑަށް ސަމާލުކަން ހުއްޓިފައި އެވެ.

އަދި ވިޖޭ އާއި ޓްރިޝާ ހަތަރުކަޅި ހަމަވުމާއި އެކު ދެމީހުން ސެލިއުޓް ކޮށްލުން ވަނީ ކެމެރާތަކަށް އަރާފައި އެވެ. މީގެ އިތުރުން ވިޖޭ މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތެކޭ އެއްގޮތަށް މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި އަންހެނުންނާއި ދެ ދަރިން ބައިވެރިނުވުމުންވެސް އެކަން ވަނީ ފާހަގަވެފައި އެވެ.

ޓްރިޝާ ވިޖޭގެ މަންމަ އާއި ބައްޕަ ކައިރީގައި --

ވިޖޭ ޗީފް މިނިސްޓަރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައިވެސް ވީއައިޕީ ގޮނޑިތަކުން ޓްރިޝާއަށް ޖާގަ ދީފައިވެ އެވެ.

ވިޖޭ އާއި ޓްރިޝާގެ ގުޅުމާއި ބެހޭ ގޮތުން ކޮންމެ ވާހަކައެއް ދެއްކިޔަސް އެ ދެމީހުން މިހާތަނަށް އެއްޗެސް ބުނެފައެއް ނުވެ އެވެ. އަދި ސަންގީތާ ވަނީ ވިޖޭ ކައިރިން ވަރިވާން ހުށަހެޅި މައްސަލަވެސް އަނބުރާ ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް