N/A
އިންޑިއާގެ މަޝްހޫރު މޮޑެލް އަދި ބޮލީވުޑް ތަރި މަނުޝީ ޗިއްލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ޕެޓީނާ މޯލްޑިވްސް ރިސޯޓުގައެވެ. ޗުއްޓީގެ ވަގުތުތައް ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އޭނާ ވަނީ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
މަނުޝީ ޗިއްލާ ފިލްމީ ދާއިރާއަށް ނުކުތީ 2022 ވަނަ އަހަރު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާ އެކު ކުޅުނު "ޕްރިތުވީރާޖް" ފިލްމުންނެވެ. އެ ފިލްމުގައި މަނުޝީ ކުޅެފައިވަނީ މަހާރާނީ ސަމްޔުކްތާގެ ރޯލެވެ. އެ ރޯލަށް އޭނާއަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.
ފިލްމީ މަސައްކަތްތަކުގެ އިތުރުން، ފެޝަން، ދުޅަހެޔޮކަން އަދި އިޖްތިމާޢީ ކަންކަމުގައި ވެސް މަނުޝީ ދަނީ ހަރަކާތްތެރިވަމުންނެވެ. އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ބޮލީވުޑްގެ ބޮޑެތި ބެނާތަކުގެ ފިލްމުތަކެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަނުޝީ ޗިއްލާ މިސް ވޯލްޑްގެ ތާޖު ހޯދީ، 17 އަހަރު ފަހުން އިންޑިއާއަށް އެ ޝަރަފު ހޯދައިދީގެންނެވެ. އޭގެ ފަހުން އޭނާ ވެގެން ގޮސްފައިވަނީ އިންޑިއާގެ އެންމެ މަޝްހޫރު ރީތީގެ ރާނީންގެ ތެރެއިން އެކަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް