ނީލަމް އާއި ގޯވިންދާ --
ބޮލީވުޑްގެ ބަތަލް ގޯވިންދާއާ އެކު ފިލްމު ކުޅެ ހެދި އިރު އޭނާ މީހަކާ އިނދެގެން އުޅޭކަން ނޭނގޭ ކަމަށް ނީލަމް ކޮތާރީ ބުނެފި އެވެ.
ނީލަމްއާ ގޯވިންދާގެ ވާހަކަ ދެކެވުނީ ނީލަމް އަކީ ވަރަށް ލޯބި ވެވުނު މީހެއް ކަމަށް މިފަހުން ގޯވިންދާ މީޑީއާގައި ބުނެފައިވާތީ އެވެ. އޭރު އުޅުނީ އަނބިމީހާ ސުނީތާ އަހޫޖާ އާއި ގުޅިގެން ކަމަށް ގޯވިންދާ ބުނެފައިވެ އެވެ.
އުމުރުން 56 އަހަރުގެ ނީލަމް މީޑިއާގައި ބުނީ 1980 ގެ އަހަރުތަކާއި 1990 ގެ ކުރީކޮޅު ފިލްމު ކުޅުނު އިރު އޭނާ އުމުރުން ވަރަށް ހަގުވާނެ ކަމަށާއި ގޯވިންދާ ކައިވެނި ކޮށްގެން އުޅޭކަން އެނގުނީ ފަހުން ކަމަށެވެ. އޭނާ ބޭނުންވިޔަސް އެ ދުވަސްވަރު މީހަކާއި ރައްޓެހިވުމަކީ ކުރެވެން ނެތް ކަމެއް ކަމަށް ނީލަމް ބުންޏެވެ.
އެއީ އުމުރުން ހަގު ކަމުން ފިލްމު ޝޫޓިންތަކަށް ދާއިރު އަބަދުވެސް އާއިލާގެ މީހަކު ހުންނަ ކަމަށާއި އޭނާގެ މައިންބަފައިންނަކީ ވަރަށް ހަރުކަށި އުސޫޅުތަކެއް ގެންގުޅުނު ބައެއް ކަމަށް ނީލަމް ބުންޏެވެ. އޭނާ ބުނީ އާއިލާއިން އެ އުސޫލު ގެންގުޅުނީ ފިލްމް އިންޑަސްޓްރީ އަކީ ނުރައްކާތެރި ތަނަކަށް ވާތީ ނޫން ކަމަށެވެ.
އޭނާ ބުނީ ގޯވިންދާ އެގޮތަށް ދެކުނު ނަމަވެސް ސެޓުގައި މަސައްކަތް ކުރި އެހެން ތަރިން އޭނާ އާއި މެދު ލޯތްބާއި އެކު އަމަލު ކުރި ކަމަށާއި އެމީހުން ދެކުނީ ނީލަމްއަކީ ކުޑަކުއްޖެއް ގޮތަށް ކަމަށް ބުނެފައިވެ އެވެ.
ގޯވިންދާ މި ފަހުން ނީލަމްއާ ގުޅޭޣޮތުން ދެއްކި ވާހަކައާއި ގުޅިގެން އޭނާގެ އަންހެނުން ރުޅި އައިސްގެން އުޅޭއިރު ނީލަމްގެ ފިރިމީހާ ސަމީރު ސޯނީ ބުނީ މާ ކުރީގެ ވާހަކައަކާ ގުޅިގެން ރުޅި އަންނަން ނޭނގޭ ކަމަށެވެ. އަދި އެ ކަން މިހާޜު ބަލަންވެސް ބޭނުން ނުވާ ކަމަށެވެ.
1990 ވަނަ އަހަރު ސްޓާޑަސްޓް މެގަޒިނަށް ދިން އިންޓަވިއުއެއްގައި ގޮވިންދާ ވަނީ ނީލަމް ދެކެ ވީ ލޯބި ހާމަކޮށްފައެވެ.
ގޮވިންދާ ސުނީތާއާ ކައިވެނިކޮށްގެން ހުރެ ނީލަމް ދެކެ ވީ ލޯތްބާއި އެ ކަމުން ދެ މީހުންގެ ގުޅުމަށް ކުރި ނޭދެވޭ އަސަރުގެ ވާހަކައަކީ ބޮލީވުޑްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ޙާދިސާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް