އަނަންޔާ ރާއްޖޭގައި އެ އުޅެނީ ފިރިހެނަކާ އެކު ކަމަށް އަންދާޒާކޮށްފި

ބޮލީވުޑް ބަތޮލާ އަނަންޔާ ޕާންޑޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެ އަންނަނީ ފިރިހެނަކާއެކުގައި ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން އަންދާޒާކޮށްފިއެވެ. އަނަންޔާ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް އަޕްލޯ...

14 Sep 2025 | 15:16
އަނަންޔާ ފިރިހެނަކާއެކު -

އަނަންޔާ ފިރިހެނަކާއެކު -

ބޮލީވުޑް ބަތޮލާ އަނަންޔާ ޕާންޑޭ ރާއްޖޭގައި ޗުއްޓީ

ހޭދަކުރަމުން އެ އަންނަނީ ފިރިހެނަކާއެކުގައި ކަމަށް އިންޑިއާގެ ބައެއް

މީޑިއާތަކުން އަންދާޒާކޮށްފިއެވެ.

އަނަންޔާ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް

އަޕްލޯޑްކުރި ފޮޓޯއަކުން ފިރިހެނަކު އަނަންޔާ ކައިރީގައި އިށީނދެ އިންނަ މަންޒަރު

ފެނެއެވެ. އެ ފޮޓޯއާއެކު އެއީ ކާކުކަމާއިމެދު އުފެދޭ ސުވާލުގެ ވާހަކަ

ހޫނުވެފައިވާއިރު އިންޑިއާގެ ބައެއް މީޑިއާތަކުން އަންދާޒާކުރަނީ އެއީ އޭނާގެ ލޯބިވެރިޔާކަމުގައި

އަޑު ފެތުރިފައިވާ ވޯކާ ބްލާންކޯ ކަމަށެވެ. ވޯކާ ބްލާންކޯ އަކީ ކުރިން މޮޑެލް

ކުރުމުގައި ހަރަކާތްތެރިވި ފަރާތެކެވެ.

އަނަންޔާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސައުތު މާލެ

އަތޮޅުގައި އޮންނަ ފަސް ތަރީގެ ރިސޯޓް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.

ޗުއްޓީ ހޭދަކޮށްލުމަށް އޭނާ ރާއްޖެ އައިސްފައިވަނީ

މީގެ ދެ ދުވަސް ކުރިންނެވެ. އަނަންޔާ ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ

ފޮޓޯތަކާއި ޕޯސްޓްތަކަށް އިންޑިއާގެ މީޑިއާގެ ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް