ޝާހްރުކް ހާންގެ، ގެ މަރާމާތު ކުރުމާއި ދެކޮޅަށް މީހަކު ހުށަހެޅި ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ބޮލީވުޑް ތަރި ޝާހް ރުކް ޚާންގެ ގެ "މަންނަތު" އަށް މަރާމާތުކޮށް ބަދަލުތަކެއް ގެނައުމަށް ދީފައިވާ ހުއްދަ ޗެލެންޖްކޮށް މީހަކު ހުށަހެޅި ޕެޓިޝަނެއް އިންޑިއާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ. ޝާރުކްގެ އ...

14 Jul 2026 | 11:03
ޝާހްރުކް ހާންގެ އާއިލާ --

ޝާހްރުކް ހާންގެ އާއިލާ --

ބޮލީވުޑް ތަރި ޝާހް ރުކް ޚާންގެ ގެ "މަންނަތު" އަށް މަރާމާތުކޮށް ބަދަލުތަކެއް ގެނައުމަށް ދީފައިވާ ހުއްދަ ޗެލެންޖްކޮށް މީހަކު ހުށަހެޅި ޕެޓިޝަނެއް އިންޑިއާގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފިއެވެ.

ޝާރުކްގެ އަގުބޮޑު ގެ ހުންނަނީ މުމްބާއީގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ބަންދްރާގައި އެވެ. އެ ގެ  މަރާމާތު ކުރުމަށް ޝާހްރުކް ބަޔަކާއި ހަވާލު ކުރީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް އެ މަސައްކަތާއި ދެކޮޅަށް މުމްބާއީ ރައްޔިތަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންގައި ބުނީ މި ޕްރޮޖެކްޓަށް ބޭނުންވާ ޤާނޫނީ ހުއްދަތަކާއި ތިމާވެށީގެ މިންގަނޑުތަކަށް ޢަމަލުކޮށްފައި ނުވާ ކަމަށެވެ. ޕެޓިޝަން ހުށަހެޅި ފަރާތުން ބުނީ ތިމާވެށްޓާއި ޖަންގަލި އަދި މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާ (އެމްއޯއީއެފް) ގެ ހުއްދަ މި ޕްރޮޖެކްޓަށް ބޭނުންވާ ކަމަށާއި ފާހަގަކުރި ގަވާއިދާ ޚިލާފުވުންތައް މިހާރުވެސް އެ ގޭގައި ހިނގަމުންދާ ކަމަށެވެ.

ފަސް ކުރޯރު ރުޕީސްއަށްވުރެ ބޮޑެތި ޕްރޮޖެކްޓްތަކަށް މިފަދަ ހުއްދަ ލާޒިމުކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަޑުއެހުމުގެ ތެރޭގައި ސުޕްރީމް ކޯޓުން ޕެޓިޝަނަރުގެ މަޤުޞަދާ މެދުވެސް ސުވާލު އުފައްދާފައިވެއެވެ. އެއީ މަންނަތަކީ އަމިއްލަ ދިރިއުޅުމަށް ބޭނުން ކުރާ ގެއަކަށްވުމުން އެތާނގައި ދިރިއުޅޭ ފަރާތްތަކުން ބަދަލެއް ގެންނަން ނުވަތަ ބަދަލުތަކެއް ގެންނަން ބޭނުންވާނަމަ ޤާނޫނާ އެއްގޮތަށް އެކަން ކުރެވިދާނެ ކަމަށެވެ.

ޝާހްރުކް ހާންގެ އާއިލާއިން އެ ގެއަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ގޯތި ތެރޭގައި ހުންނަ ހަ ފަންގިފިލާގެ އެނެކްސް ބިލްޑިންގަކަށް އިތުރު ދެ ފަންގިފިލާ އިތުރު ކުރުމެވެ.

މި ހުށަހެޅުމުގެ ސަބަބުން ކޯސްޓަލް އަދި ތިމާވެށީގެ ކްލިއަރެންސްތަކާ ބެހޭ ގޮތުން ބަހުސް އުފެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް