ޝްރުތީ ޗެންނާއީން ގަތް އާ ގެއަށް ބަދަލުވެއްޖެ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝްރުތީ ހަސަން ޗެންނާއީން ގަތް އާ ގެއަށް ބަދަލު ވެއްޖެ އެވެ. އޭނާ އާ އެޕާޓްމެންޓެއް ގަނެ އެ ގެއަށް ދިރިއުޅުން ބަދަލު ކުރިކަން ހާމަކޮށްފައި މިވަނީ މީގެ ދުވަސް ކޮޅެއް ކުރި...

14 Jul 2026 | 01:22
ޝްރުތީ ހަސަން --

ޝްރުތީ ހަސަން --

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝްރުތީ ހަސަން ޗެންނާއީން ގަތް އާ ގެއަށް ބަދަލު ވެއްޖެ އެވެ.

އޭނާ އާ އެޕާޓްމެންޓެއް ގަނެ އެ ގެއަށް ދިރިއުޅުން ބަދަލު ކުރިކަން ހާމަކޮށްފައި މިވަނީ މީގެ ދުވަސް ކޮޅެއް ކުރިން މުމްބާއީގައި ހުންނަ ޝްރުތީގެ, ގެ ޕްރޮގްރާމެއްގައި ދައްކާލާފައި ވަނިކޮށެވެ. ޝްރުތީ އަކީ ޗެންނާއީއަށް އުފަން ޓަމިލް ފިލްމުތަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޝްރުތީ ވަނީ އާ ގެއަށް ބަދަލުވެ ދީނީ އަޅުކަމެއް ފުރިހަމަ ކޮށްފައި އެވެ. އަދި އާއިލާ އާއި އެކު ނަގާފައިވާ އުފާވެރި މަންޒަރުތައް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ލާފައިވެ އެވެ.

ޝްރުތީގެ ގޭގައި ބޮޑު ސިޓީން ރޫމަކާއި މިއުޒިކް ރޫމެއް ހުންނަ ކަމަށްވެ އެވެ. މިއުޒިކް ރޫމްގައި ގިޓާ، ޕިއާނޯ، ފަދަ މިއުޒިކީ ހުރިހާ އާލާތްތަކެއް ބަހައްޓާފައި ހުރެ އެވެ.

އަދި އެންމެ މިޒަމާނުގެ ގޮތްތައް އެ ގެއިން ފެންނަ ކަމަށާއި އިތުރު ހާއްސަ ކަމެއްގެ ގޮތުގައި ގުދުރަތީ އަލި ގެއަށް ވަންނަ ގޮތައް ހުރިކަން ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޝުރުތީ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ކޫލޭ" އިންނެވެ. ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓްރެއިން" އަދި "އާކަސަމްލޯ އޮކާ ތާރާ" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް