ގްލޯބްޓްރޮޓަރ ގެ ބައެއް ޕޯސްޓަރުތައް -
ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކާއި
ޕްރިޔަންކާ ޗޯޕްރާގެ ސަޕޯޓަރުންނަށް މި ވެގެންދާނީ ބޮޑު ޚަބަރަކަށެވެ.
ހަ އަހަރަށްފަހު ބޮލީވުޑް ފިލްމަކުން ޕްރިޔަންކާ
ފެންނާނެކަން މިވަނީ ކަށަވަރު ވެގެން ގޮސްފައެވެ.
އެ ފިލްމަކީ މަޝްހޫރު އަދި ކުޅަދާނަ ޑިރެކްޓަރު
އެސްއެސް ރާޖަމޯލީގެ ގްލޯބްޓްރޮޓަރ އެވެ.
އެ ފިލްމުގައި ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާއިރު ބަތޮލެއްގެ
ރޯލުން ފެނިގެންދާނީ މަހޭޝް ބާބޫއެވެ.
ޕްރިޔަންކާ ފެންނަ ޕޯސްޓަރެއް އިއްޔެ ރާޖަމޯލީ
އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައިވާއިރު ގްލޯބްޓްރޮޓަރ
ފިލްމު ރަސްމީކޮށް އިޢުލާނު ކުރުމަށް މި ހޮނިހިރު ދުވަހު ހައިދަރުއާބާދުގެ ރާމޯޖީ
ފިލްމު ސިޓީގައި ބޮޑު ރަސްމިއްޔާތެއް ބާއްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް