މާހިރާ ޚާނަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިޢުލާނުކޮށްފި

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ޚާން ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފިއެވެ. ބަނޑުބޮޑުކަން އިޢުލާނުކުރުމަށް މަާހިރާ ޕޯސްޓުކުރީ ހުދުކުލައިގެ ދިގު ހެދުމެއް ލައިގ...

13 Sep 2026 | 06:02
މާހިރާ ހާން --

މާހިރާ ހާން --

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މާހިރާ ޚާން ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފިއެވެ.

ބަނޑުބޮޑުކަން އިޢުލާނުކުރުމަށް މަާހިރާ ޕޯސްޓުކުރީ ހުދުކުލައިގެ ދިގު ހެދުމެއް ލައިގެން ބަނޑު ބޮޑުކަން ދައްކައިލާ ފޮޓޯއެކެވެ. ފޮޓޯގައި ބަނޑުގައި އެއް އަތް ބާއްވައިލައިގެން ހުރި މާހިރާގެ މޫނުމަތީން ފެންނަނީ ހަމަޖެހުމާއި އުފާވެރިކަމެވެ.

އެ ޕޯސްޓާއެކު މާހިރާ ލިޔެފައިވަނީ "އިންސާނާ ރާވާނެއެވެ. މިންވަރުކުރައްވާނީ ﷲ" އެވެ. އެ ޕޯސްޓަށް ގިނަ ސަޕޯޓަރުންނާއި ފޭނުން ތަހުނިޔާ ކިޔައި ލޯބި އޮއްސައިލިއެވެ.

މިއީ އޭނާގެ ދެވަނަ ކައިވެންޏަށް ލިބޭ ފުރަތަމަ ދަރިފުޅެވެ. ވިޔަފާރިވެރިޔާ ސަލީމް ކަރީމްއާ މަހީރާ ކައިވެނިކުރީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ.

މަހީރާގެ ފުރަތަމަ ފިރިމީހާ ޢަލީ ޢަސްކަރީއަށް ލިބިފައިވާ 17 އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. ކަރީމްއާ ކައިވެނިކުރި ދުވަހު ފުރަތަމަ ދަރިފުޅު ޢަޒްލާން ވަނީ މަންމައާ އެކު ހުރިހާ ހަފްލާއެއްގައި ބައިވެރިވެފައިވެ އެވެ.

މާހިރާ މިހާރު ހަރަކާތްތެރިވަމުން ދަނީ 2026 ވަނަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) ގައެވެ. އެ ފެސްޓިވަލްގެ ކޮމިއުނިޓީ އިމްޕެކްޓް ޕްރޮގްރާމިންގައި މާހިރާ ވާހަކައެއް މޮޑަރޭޓް ކޮށްދީފައިވާ އިރު ސިނަމާއަށް އޭނާ ކޮށްދީފައިވާ ޚިދުމަތުގެ އަގު ވެސް ފެސްޓިވަލްގައި ވަނީ ވަޒަންކޮށްފައެވެ.

ޕާކިސްތާނުގެ "ހުމްސަފަރް" ޑްރާމާއިން މަޝްހޫރުކަން ހޯދި މަހީރާ 2016 ވަނަ އަހަރު ޝާހް ރުކް ޚާންއާ އެކު ފިލްމު "ރައީސް" އިން ބޮލީވުޑަށް ތަޢާރަފުވިއެވެ. ނަމަވެސް އޭނާއަށް ޖެހުނީ އިންޑިއާ އާއި ޕާކިސްތާނުގެ ކޯޅުންގަނޑުގައި ބޮލީވުޑްގައި ގިނަ ދުވަހު މަސައްކަތް ނުކުރެވި އިންޑިއާ ދޫކޮށްލަންށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް