ސާރާ އާއި އޮރީ --
ސޯޝަލް މީޑިއާގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އިންޑިއާގެ އޯރްހާން އަވަތުރަމާނީ ނުވަތަ އެންމެން ދަންނަ ނަމުން ނަމަ "އޮރީ" އަނެއްކާވެސް ބޮލީވުޑް އެކްޓްރެސް ސާރާ އަލީ ހާން އާއި ބެހޭގޮތުން ވާހަކަތަކެއް ދައްކައިފި އެވެ.
މި ފަހަކަށް އައިސް އޮރީގެ ކަމަކަށް އޮންނަނީ އޭނާ އާއި ސާރާ އަދި ސާރާގެ އާއިލާގެ މެމްބަރުންނާއި ޖެހިފައިވާ މައްސަލަގަނޑުގެ ވާހަކަ ނުސީދާކޮށްނާއި ސީދާކޮށް ދެއްކުމެވެ. ރިޕޯޓުތައް ބުނާގޮތުގައި އޮރީއާ މައްސަލަ ޖެހިގެން އަސްލު އުޅެނީ ސާރާ ކަމަށާއި މި މައްސަލަ ގަނޑުގައި އެކަކު އަނެކަކަށް މިހާރު ވާހަކަވެސް ނުދައްކާ ކަމަށެވެ.
މި ފަހުން އޮރީ ވަނީ ވަރަށް މަޖާ ވާހަކައެއް ކިޔައިދިނުމުގެ ނަމުގައި މީޑިއާގައި ދިން އިންޓަވިއުއެއްގެ ތެރެއިން އޭނާ ސާރާއާ އެކު ދިޔަ ޕާޓީއެއްގައި އިށީންނާނެ ތަނެއް ނުލިބުމުން ސާރާ، ގޮނޑިއެއްގައި އިން އަންހެނަކު ވައްޓާލި ވާހަކަ ކިޔައިދީފައި އެވެ. އޮރީ ބުނީ ސާރާ ހިންގި އެ ޖަރީމާގެ ޒިންމާ ނަގަން ޖެހުނީ އޭނާއަށް ކަމަށެވެ.
އެއީ ސާރާ އަކީ ވަރަށް މަޝްހޫރު މީހަކަށްވުމުން އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް މީހަކު ގަބޫލު ވެސް ނުކުރީ ކަމަށް ބުންޏެވެ. ގޮނޑިން ވައްޓާލުމުން އަންހެން މީހާ ފުންމައިން ތެދުވެ ހަޅޭއްލަވައިގަތީ އޮރީއާ ދިމާލަށް ކަމަށް ބުނެފައި އެވެ.
އޮރީ ބުނީ އެ ހާދިސާގައިވެސް އޭނާ ތަހައްމަލް ކުރަން ޖެހުނީ ނުކުރާ ކަމެއްގެ ނަތީޖާ ކަމަށެވެ. އެއީ އަބަދުވެސް އޭނާ ސާރާއާ ގާތް ގުޅުން ބޭއްވި އިރު ތަހައްމަލް ކުރަން ޖެހުނު ފަދަ ކަންކަން ކަމަށް ބުނެފައިވެ އެވެ.
އޮރީ މީގެ ކުރިން މީޑިއާގައި ބުނީ އޭނާގެ ހަޔާތުގައި އެންމެ ބޮޑު ހިތްދަތި ކަމެއް ދިނީ ސާރާގެ މަންމަ އަމްރިތާ ސިންގް ކަމަށެވެ. އެކަމުން އަރައިގަތީ އާއިލާ އާއިރައްޓެހިން ދިން ހިތްވަރުން ކަމަށާއި އޭގެ ފަހުން މީހަކު ބުނާހާ އެއްޗަކަށް ދެރަވެ ވިސްނުން އެއީ ދަންނަ ކަމެއް ނޫން ކަމަށެވެ.
ނަމަވެސް އަމްރިތާ އޭނާއާ ދިމާލަށް ބުނި އެއްޗެއް އޮރީ ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް