ދ
ބޮލީވުޑްގެ ފިލްމް "ކޮކްޓެއިލް" ކުޅުމަކީ ހެދުނު ގޯހެއް ކަމަށް އެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ ސައިފް އަލީ ހާން ބުނެފި އެވެ.
އެ ފިލްމު ރިލީޒް ކުރި 2012 ވަނަ އަހަރު އެއީ ސުޕާ ހިޓެކެވެ. ދީޕިކާ ޕަދުކޯން ލީޑް ރޯލުން ފެނިގެން ދިޔަ އެ ފިލްމުގައި ދިޕިކާގެ ރޯލާއި އެކްޓިންއަށްވެސް ގިނަ ބަޔަކު ތާއީދުކުރި އެވެ.
ގަލްފް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ ފިލްމު "ކޮކްޓެއިލް" އަކީ ހަގީގަތުގައި ފަހަތަށް ޖެހިފައިވާ ވިސްނުމެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށާއި އާންމުންގެ ފަރާތުން ފިލްމާއި މެދު ދެކުނީ އެގޮތަށް ކަމަށެވެ. ސައިފް އެ ފިލްމު ކުޅުނީ މަޖުބޫރުވެގެން ކަމަށް ބުނެފައިވެ އެވެ.
ސައިފް އަކީ އެ ފިލްމުގެ ޕްރޮޑިއުސަރެވެ. އޭނާ ބުނީ ފިލްމު އުފެއްދުމުގެ މަސައްކަތް ފެށިފައިވާތީ ފިލްމު ވަކި ކޮޅެއްގައި ޖެއްސުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނީ ކަމަށެވެ. އޭނާ ބުނީ ފިލްމުގައި އޭނާ ކުޅުނު ގޯތަމްގެ ރޯލުވެސް ކަމުނުދާ ކަމަށާއި އެ ފިލްމުގައި އެ ކެރެކްޓާއަށް ލިބިފައި އޮތީ ވަރަށް ވިސްނުން ކޮށި ސްކްރިޕްޓެއް ކަމަށެވެ.
އެ ފިލްމުގައި ކުޅެނުވު ރޯލާއި މެދު ސައިފް ހިތްހަމަ ނުޖެހުނަސް ދީޕިކާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ އެއީ އޭނާގެ ހަޔާތުގައި ކުޅެވުނު ތަފާތު ތަޖުރިބާއެއް ކުރެވުނު ފިލްމެއް ކަމަށް ބުނެފައި އެވެ. ދިރިއުޅުމުގެ ކަންކަމާއި މެދު ވިސްނާ ތަފާތު ހިޔާލު ގެންގުޅެން އެ ފިލްމަށް ފަހު ދަސްވި ކަމަށް ބުނެފައިވެ އެވެ.
އެ ފިލްމު ސުޕާ ހިޓްވީ ފިލްމުގައި ފެނިގެން ދިޔަ ހެއްވާ މަޖާ ކަންކަމުންނެވެ.
މިހާރު އެ ފިލްމުގެ ދެ ވަނަ ބައި ވަނީ ނެޓްފްލިކްސްގައި ރިލީޒް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް